31 މާޗް 2023
ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އެތުލީޓުންނަށް ހާއްސަކޮށްގެން ސްޕޯޓްސް މިނިސްޓްރީން ހުޅުމާލޭގައި ގާއިމްކުރި "އަރުތަ ޖިމް" ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އެތުލީޓުންނަށް ހާއްސަކޮށްގެން ސްޕޯޓްސް މިނިސްޓްރީން ހުޅުމާލޭގައި ގާއިމްކުރި "އަރުތަ ޖިމް" ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
ކުޅުންތެރިންނާއި އެތުލީޓުންނަށް ޓްރެއިނިން ފުރުސަތު ދިނުމަށް މިނިސްޓްރީން ފެށި "އަރުތަ ޕްރޮގްރާމް" ވެސް ވަނީ ރޭ ރަސްމީކޮށް ފަށައިފަ އެވެ. ގިނަ އަދަދެއްގެ ކުޅުންތެރިންނާއި އެތުލީޓުންގެ ހާޒިރުވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނީ އިޓަލީގެ ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ މި ޖިމް ހުޅުވުމާ އެކު، އަމިއްލަ ޖިމްތަކުގައި ކުޅުންތެރިންނާއި އެތުލީޓުން ތަމްރީނު ހަދަން އުޅެންޖެހުނު ދަތިހާލު ނިމުމަކަށްގެނެވުނީ ކަމަށެވެ. ސްޕޯޓްސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ބުނީ، އެއްވެސް ކުޅިވަރެއް އިސްތިސާނުކޮށް، ހުރިހާ ކުޅިވަރެއް ހިމެނޭހެން ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި އެތުލީޓުންނަށް މިތަން ބޭނުންކުރެވޭނެ ކަމަށެވެ.
"އަރުތަ ޖިމް" ގައި އެތުލީޓަކު ކަސްރަތުކުރަނީ. --ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ހުޅުމާލޭގައި ކުރީ ސަރުކާރުން ބިނާކުރި ސްވިމިން ޕޫލް ކޮމްޕްލެކްސްގައި، ހެދި މި ޖިމްގައި އެންމެ ފަހުގެ ވަސީލަތްތައް ހުރެ އެވެ. މި ޖިމް މެނޭޖްކުރާނީ ބޮޑީބިޑިން ފެޑެރޭޝަނުންނެވެ. އެ ފެޑެރޭޝަނާ އެކު ރޭ މިނިސްޓްރީން ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި ޖިމްގައި އިންޖަރީ ރިހެބިލިޓޭޝަން އެންޑް ރިވަކަރީ ބައެއް ވެސް ހިމެނެ އެވެ.
ކުރިން މިފަދަ ހިދުމަތްތައް އެސޯސިއޭޝަންތަކުން ހޯދަން ޖެހެނީ އަމިއްލަ ޖިމްތަކަށް ފީ ދައްކައިގެންނެވެ. އަދި ކުޅިވަރުތަކަށް ހާއްސަ ތަނެއް ނެތުމުން، ބޭނުންވާ ވަގުތުތަކުގައި އެ ހިދުމަތް ހޯދަން ދަތިވެ އެވެ.
ރޭ ލޯންޗުކުރި އަރުތަ ޕްރޮގްރާމުގެ ދަށުން މިހާރު ވެސް ބައެއް އެތުލީޓުން އަންނަނީ ރާއްޖޭން ބޭރުގައި ތަމްރީނު ހަދަމުންނެވެ. އިތުރު އެސޯސިއޭޝަންތަކާ އެކު އެއްބަސްވުން ހަދައި އެތުލީޓުން ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މާޒިޔާ އަށް މިނިސްޓްރީން އެއް މިލިއަން ރުފިޔާ ދީފި
ހަސަންގެ އިސްލާހަށް އެސޯސިއޭޝަންތަކުގެ ކަންބޮޑުވުން
"ކުޅިވަރު މުބާރާތްތައް މި އަހަރު ބޭއްވޭތޯ ބަލާނަން"
ހުޅުމާލޭގެ ބީޗްވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފި
ސްޕޯޓްސް ކޯޕަރޭޝަނުގެ ބައިވެރިވުން މުހިއްމު: މަހުލޫފް
ރާއްޖެއާ ދެކޮޅަށް ލަންކާ އިން ވަރުގަދަ ޓީމެއް
އައިއޯއައިޖީގެ މަަސައްކަތުގައި މިނިސްޓަރުން ގައުމުތަކަށް
ތަމްރީންތަކަށް ގައުމީ ޓީމެއް ފުރަތަމަ ފަހަރަށް ޔޫރަޕަށް
އައިއޯއައިޖީ ބާއްވަން ކުރާ މަސައްކަތް ވަރުގަދަކުރަނީ
ޝަރަފުވެރި އެވޯޑް ދިން އިރު ވެސް އޮތީ ހިޔާނާތް!