03 ސެޕްޓެމްބަރ 2019
ބީޗް ވިލާތަކާއި ވޯޓާ ވިލާތަކަށް ފަހު ޔޮޓު ވިލާ ޖުމެއިރާ ވިޓަވެލިން ތައާރަފު ކޮށްފި އެވެ.
ބީޗް ވިލާތަކާއި ވޯޓާ ވިލާތަކަށް ފަހު ޔޮޓު ވިލާ ޖުމެއިރާ ވިޓަވެލިން ތައާރަފު ކޮށްފި އެވެ.
"މައި ވިއްޓަވެލި"ގެ ނަމުގައި ތައާރަފު ކުރި މި ވިލާ އަކީ އެ ރިސޯޓަށް ދާ ޓޫރިސްޓުންނަށް އިންޑިއާ ކަނޑުގެ ހިތްގައިމުކަން ކައިރިން އިހުސާސް ކޮށްދިނުމުގެ ބޭނުމުގައި ތައާރަފުކުރި ވިލާއެއް ކަމަށް ވިޓަވެލިން ބުންޏެވެ.
މި ޔޮޓު ވިލާގައި 85 ފޫޓު ހުންނައިރު ތިން ޑެކާއި ހަތަރު ކެބިން ހުރެ އެވެ. މީގެ ތެރޭގައި މާސްޓާ ކެބިން އަކާއި ވީއައިޕީ ކެބިންއެއްގެ އިތުރުން ޓުވިން ކެބިން ހިމެނެ އެވެ. މާސްޓާ ކެބިންގައި ކިންގް ސައިޒް އެނދެއް ހުންނައިރު ވީއައިޕީ ކެބިންގައި ހުންނާނީ ކުއީން އެނދެކެވެ.
ޔޮޓު ވިލާ ތައްޔާރުކޮށްފައި ވަނީ ހުރިހާ މޫސުމެއްގައި ވެސް ފަސޭހައިން ދުއްވާލެވޭނެހެން-- ފޮޓޯ: ޖުމެއިރާ ވިޓަވެލި
މި ވިލާގައި ބާބަކިއު ހެދުމަށް ހާއްސަ އޭރިއާއަކާއި މަސާޖް ބާތު ޓަބެއްގެ އިތުރުން އެއްފަހަރާ ހަތަރު މީހުންނަށް ބޭނުން ކުރެވޭނެ ޖަކޫޒީއެއް ހުރެ އެވެ. މީގެ އިތުރުން ވައިފައި އާއި ޓީވީ ގެ ހިދުމަތުގެ އިތުރުން ބްލޫޓޫތު ބޭނުންކޮށްގެން ލަވަ ވެސް ޖަހާލެވޭނެ އެވެ.
އިންޑިއާ ކަނޑުގެ ރީތިކަން ކައިރިން ބަލާލުމުގެ އިތުރުން މޫދު ކުޅިވަރުތަކަށް ލޯބި ކުރާ ފަރާތްތަކަށް ޖެޓް ސްކީ ވެސް ދުއްވޭނެ އެވެ. މައި ވިއްޓަވެލި ވިލާގައި ޓޫރިސްޓުންގެ ހިދުމަތުގައި ތިބޭނީ ކަމަށް ގާބިލް ތަޖުރިބާކާރު މުވައްޒަފުންކަމަށް ޖުމެއިރާ ވިޓަވެލިން ބުންޏެވެ.
ޖުމައިރާ ވިޓަވެލިން ތައާރަފު ކޮށްފައިވާ ޔޮޓު ވިލާގައި އެމްޓީޔޫ ބްރޭންޑުގެ 1500 ހޯސް ޕަވަރުގެ ދެ އިންޖީނު ހުރެ އެވެ. މި ވިލާ ތައްޔާރުކޮށްފައިވަނީ ކޮންމެ މޫސުމެއްގައި ވެސް ޓޫރިސްޓުންނަށް ފަސޭހަ ދަތުރެއް ތަޖުރިބާ ކުރެވޭނެހެން ކަމަށް ޖުމެއިރާ ވިއްޓަވެލިން މައުލޫމާތު ދެއެވެ.
އޯފް ސީޒަންގެ ވިޔަފާރި ދަށްވެ ރިސޯޓްތަކުން އީދު ޕެކޭޖް
އިންޓަނޭޝަނަލް ބްރޭންޑެއްގެ ޖީއެމްއަކަށް ދިވެއްސެއް
އެޓްމޮސްފިއާގެ ރިސޯޓެއްގެ ގޮތުގައި ވިޓަވެލި ހުޅުވަނީ
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި