Roadha Mihaaru
ބޭލް އަށް ދެ ގޯލާއި ރަތެއް، ރެއާލަށް ޕޮއިންޓެއް

ބޭލް އަށް ދެ ގޯލާއި ރަތެއް، ރެއާލަށް ޕޮއިންޓެއް

02 ސެޕްޓެމްބަރ 2019

މެޑްރިޑް (ސެޕްޓެމްބަރު 2) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލާ ރެއާލް މެޑްރިޑް 2-2 އިން އެއްވަރުވިއިރު، މި މެޗުގައި ރެއާލުގެ ދެ ގޯލު ޖެހި ވޭލްސްގެ ތަރި ގަރެތު ބޭލް އަށް މެޗުގެ އިތުރު ވަގުތުގައި ރަތް ކާޑެއް ދައްކައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ސެޕްޓެމްބަރު 2) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލާ ރެއާލް މެޑްރިޑް 2-2 އިން އެއްވަރުވިއިރު، މި މެޗުގައި ރެއާލުގެ ދެ ގޯލު ޖެހި ވޭލްސްގެ ތަރި ގަރެތު ބޭލް އަށް މެޗުގެ އިތުރު ވަގުތުގައި ރަތް ކާޑެއް ދައްކައިފި އެވެ.

ބޭލް އަކީ މިދިޔަ ވިއްސަކަށް އަހަރު ތެރޭގައި ރެއާލް މެޗެއްގައި ދެ ގޯލު ޖެހުމަށް ފަހު ރަތް ކާޑެއް ދެއްކި ދެ ވަނަ ކުޅުންތެރިޔާ އެވެ. އެންމެ ފަހުން އެ ގޮތަށް ދަނޑުން ފައިބަންޖެހުނު ރެއާލްގެ ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ރެއާލް އޮތީ ލީގުގެ ފަސް ވަަނައިގަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލް ދޫކޮށްލާނެ ކަމަށް ބެލެވުނު ބޭލް އެ ޓީމުގައި މަޑުކުރުވިއިރު، ރޭގެ މެޗުގައި އޭނާ ޖެހި ގޯލަކީ ލީގުގައި 169 ދުވަހަށް ފަހު ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. ބޭލް އަށް ރަތް ކާޑު ދެއްކީ އިތުރު ވަގުތުގައި ގާތްގާތުގައި ކުރި ދެ ފައުލަކާ ގުޅިގެންނެވެ.

ރޭގެ މެޗަށް ފަހު ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނީ ރަތް ކާޑު ދެއްކި ނަމަވެސް ބޭލްގެ ކުޅުމާ މެދު ހިތްހަމަޖެހޭ ސަބަބުތައް ގިނަ ކަމަށެވެ.

"އޭނަގެ ގޯލުތައް ވަރަށް މުހިއްމު މި ޓީމަށް. ދެން ހުރި ކަންތައްތަކާ ވިސްނަންވީ ފަހުން. މި ވަގުތު ބޭލްއާ އެކު އިތުރު ޓްރެއިނިންތަކެއް ދެން ހެދޭކަށް ނެތް. އެއީ ގައުމީ ޓީމާ އެކު އޭނާ ވެސް ދާނެ މެޗުތައް ކުޅެން،" ޒިދާން ބުންޏެވެ.

ވިޔަރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޖެރާޑް މޮރޭނޯ އެވެ. ރެއާލުން ފުރަތަމަ ފަހަރަށް އެއްވަރުކުރި ގޯލު ބޭލް ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އޭނާ މި ލަނޑު ޖެހީ ޑެނީ ކާވަހާލް ދިން ބޯޅައަކުންނެވެ.

މެޗުގައި ވިޔަރެއާލުން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 74 ވަނަ މިނިޓްގައި މޮއީ ގޯމޭޒް ޖެހި ގޯލުންނެވެ. ބޭލް ދެ ވަނަ ފަހަރަށް ރެއާލަށް އެއްވަރުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ހުއްޓަ އެވެ.

ފަހަތުން އަރައި 3-2 އިން އެއިބާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ވެސް ވަނީ އެ ޓީމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. ސްޕެނިޝް ލީގުގައި މި ފަހަރު މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައި އޮތް ހަމައެކަނި ޓީމަކީ އެތުލެޓިކޯ އެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ.