08 ސެޕްޓެމްބަރ 2019
"ދެން މި މީހުން ވެސް ވާނީ ހަމަ ހުދު ފޮއްްޗަށް. ދެން އަވަހަށް މަގާމު ދިނީމާ ނިމުނީ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޖުމްހޫރީ ޕާޓީއަށް ބަދަލުވުމުން ނުރުހި ހުރި އެމްޑީޕީގެ އެކްޓިވިސްޓަކު ބުންޏެވެ. އޭނާ ތުހުމަތުކުރި ގޮތުގައި އެފަދަ އެތައް ބަޔަކު މިހާރު ވެސް ވަނީ ސަރުކާރަށް އެތެރެ ވެފަ އެވެ.
"ދެން މި މީހުން ވެސް ވާނީ ހަމަ ހުދު ފޮއްްޗަށް. ދެން އަވަހަށް މަގާމު ދިނީމާ ނިމުނީ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޖުމްހޫރީ ޕާޓީއަށް ބަދަލުވުމުން ނުރުހި ހުރި އެމްޑީޕީގެ އެކްޓިވިސްޓަކު ބުންޏެވެ. އޭނާ ތުހުމަތުކުރި ގޮތުގައި އެފަދަ އެތައް ބަޔަކު މިހާރު ވެސް ވަނީ ސަރުކާރަށް އެތެރެ ވެފަ އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ގައި ވެއްޓުނު އިރު އެކަމުގައި ޒިންމާވާން ޖެހޭ ކަމަށް އެ ޕާޓީގެ ހަރަކާތްތެރިން ގަބޫލުކުރާ އެތައް ބަޔަކު މި ސަރުކާރުގައި ތިބުމުން ކުރިން ވެސް ގެންދިޔައީ މިފަދަ ހިޔާލުތައް ފާޅުކުރަމުންނެވެ. އެކަމަކު މިހާރު އެވާހަ އަނެއްކާވެސް ވައިގައި ހިފީ މައިގަނޑު ދެ ސަބަބަކާ ހެދި އެވެ. އެއް ކަމަކީ އެމްޑީޕީގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ބައެއް މީހުން "ވަރަށް ނިކަމެތި ހާލުގައި" އުޅޭ ވާހަކަ ސޯޝަލް މީޑިއާގައި އާއްމުވުމެވެ.
މީގެ އެންމެ ފާހަގަކޮށްލެވޭ އެކަކީ މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށް ލުމަށް ފަހު ނުރައްކާތެރި ހަމުގެ ބައްޔެއް ޖެހުމުން މިނިވަންވި އިބްރާހީމް ރަޝީދެވެ. އޭނާ ވަރަށް ނިކަމެތި ހާލެއްގައި މަގުމަތީގައި އެކަނި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމުން އެކްޓިވިސްޓުންގެ ފާޑުކިއުން އަމާޒްވީ ސަރުކާރަށެވެ.
ދެވަނަ މީހަކީ އެމްޑީޕީގެ "ފްލެގްމޭން" އެވެ. އޭނާ ވެސް ބަލި ހާލުގައި ބާޒާރުމަތީ އެކަނި އިން ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމުން އެ ޕާޓީގެ އެކްޓިވިސްޓުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެވާހަކަ ވައިގައި ހިފައި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހިސާބަށް ދިއުމުން ދެއްވީ ވަރަށް ފިނި ޖަވާބެކެވެ. ވިދާޅުވީ އެމްޑީޕީއަށް މަސައްކަތް ކޮށްދިން އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ޕެޕާ ސްޕްރޭ ޖެހި އެންމެނަށް ކޮންމެވެސް ގޮތެއް އޮތުމަކީ ބޭނުންތެރި ކަމެއް. އަޅުގަނޑަށް އަނެއްކާވެސް އެވަނީ ވަރަށް ލަދުވެތި ވާހަކައަކަށް. ތިމަންނާ އެވެނި ކަމެއް ކުރީމޭ. އެހެން ހެދީމޭ. ތިމަންނައަށް ނެތޭ އެއްވެސް ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެން އިންނެވި ޖަލްސާއެއްގައި ނަޝީދު މިހެން ވިދާޅުވުމުން އެ ވާހަކަފުޅާ މެދު ޚިޔާލް ފާޅުކުރި އެމްޑީޕީގެ ގިނަ މީހުން ހިތްހަމައެއް ނުޖެހުނެވެ. އެމީހުން ދެކޭ ގޮތުގައި ޕާޓީއަށް މަސައްކަތް ކޮށްފައިވާ ބައެއް މީހުންނަށް ވަނީ ހައްގު ނޫން މަގާމުތައް ދީފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ޕާޓީގެ އެންމެންނަށް ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ ހައިސިއްޔަތުން، މިހާރުގެ ސަރުކާރުގެ ވެރިން ދައްކަވަމުން ގެންދެވި އެއް ވާހަކައަކީ ސިޔާސީ މަގާމުތައް ގިނަ ކަމުގެ ވާހަކަ އެވެ. އޭރު ވައުދުވަމުން އައީ މަތިބަރު ނޫން ސަރުކާރެއް ހިންގާނެ ކަމަށެވެ.
ޕާޓީއަށް މަސައްކަތް ކޮށްދިން މީހުންނަށް ގޮތެއް ހޯދައި ނުދީގެން މީހުން ކުރި ޝަކުވާއަށް ނަޝީދު އެފަދަ ޖަވާބެއް ދެއްވި އިރު ސަރުކާރުން ވަނީ ގިނަ އެކްޓިވިސްޓުންތަކަކަށް ވަޒީފާ ވެސް ދީފަ އެވެ. މިނިސްޓްރީތަކުގައި އުފެއްދި "އެގްޒެކެޓިވް ޑިރެކްޓަރުންގެ އިތުރުން" ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ލީ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރުންނާ ހަމައަށެވެ.
އެނގިފައިވާ ގޮތުގައި ރައީސް އޮފީހުން ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް ފޮނުވި އެކްޓިވިސްޓުންގެ އަދަދު ވެސް 100 އަށް ވުރެ ގިނަ އެވެ.
ނަމަވެސް ޕާޓީ އެކްޓިވިސްޓުންނަށް މޮޅު ގޮތް ނުވެގެން ކަންބޮޑުވުން ފާޅުކުރާ ސަބަބެއް އެބަ އޮތެވެ. އެމީހުންގެ ޝަކުވާއަކީ ވަޒީފާތައް ބެހުމުގައި އިންސާފެއް ނެތުމެވެ. ބޮޑެތި އަނިޔާ ލިބި ބޮޑެތި ގުރުބާނީތައް ވީ މީހުންނަށް ވުރެ އެހެން ބަޔަކު އިސްވުމުވެ.
"ފްލެގްމޭން މެން، ނައީމާ ދައްތަމެންނަށް ވަޒީފާ ނުދީ ދެން ކޮން ބަޔަަކަށްތޯ އެމްޑީޕީ އިސްވެ އޮންނަ ސަރުކާރަކުން ގޮތެއް ހޯދައިދޭންވީ؟ އެކަމަކު ބަލާ ރަށްރަށުގައި އެބަ ތިބި ވެރިކަން ބަދަލުވި ފަހުން އެމްޑީޕީއަށް ވަން މީހުންނަށް ވެސް މަގާމު ދީފައި،" އެމްޑީޕީގެ މެމްބަރެއް ކަމަށްވާ އަބްދުއް ރަހީމް ބުންޏެވެ.
އެއް ބައެއްގެ ނަޒަރުގައި ނަޝީދު ވިދާޅުވީ ރަނގަޅު ވާހަކަފުޅެކެވެ. ސިޔާސީ ގޮތުން ވަކި ޕާޓީއަކަށް މަސައްކަތްކޮށްދޭ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ސިޔާސީ ހަރަކާތްތަކަކީ އެމީހެއްގެ ފިކުރަށް ހިންގާ ކަމެކެވެ. އެހެންކަމުން ވަކި ވަޒީފާއެއް ލިބޭނެކަމުގެ ޔަގީންކަމުގައި، ކޮންމެ ފަހަރަކު މުޒާހަރާއަށް ނުކުތަސް، އެހެން ނުވާ ފަހަރު ގިނަވެދާނެ އެވެ.
އެމްޑީޕީގެ އާންމު ބައެއް މެމްބަރުންގެ ޝަކުވާތަކެއް ހުއްޓަސް، އެ ޕާޓީއަށް ނިސްބަތްވާ އެކްޓިވިސްޓުންނަށް ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވެސް އަންނަނީ ވަޒީފާ ދެމުންނެވެ. އަދި ރަށްރަށުގެ އިސް ބައެއް އެކްޓިވިސްޓުންނަށް ހާއްސަކޮށްގެން މަގާމުތައް އިއުލާންކޮށްފައި ވެސް އެބަ ހުއްޓެވެ. އެހެންކަމުން ސޯޝަލް މީޑިއާގައި ދެތިން މީހެއްގެ ހާލަތު ބަޔާންކޮށް، ކަންބޮޑުވުން ފާޅުކުރިޔަސް، ގިނަ މަގާމުތަކެއް އެމްޑީޕީއަށް ހާއްސަނުކުރެއެކޭ ބުނެވޭކަށް ނެތެވެ.
އެމްޑީޕީގެ އެކްޓިވިސްޓުންގެ ގޮތުގައި ނޫޅުނަސް، އެމްޑީޕީއަށް އެކި ގޮތްގޮތުން، އެ ބައެއްގެ ދާއިރާގެ ތެރެއިން މަސައްކަތްކޮށްދިން އެތައް ބަޔަކު ވެސް ސަރުކާރުގެ ވަޒީފާތަކުން ފެނެ އެވެ. އެއީ ވެސް ހަގީގަތުގައި، އެމްޑީޕީއަށް ސަރުކާރުން ދޭ ސްލޮޓް ތެރެއަށް ވަންނަ ވަޒީފާތަކެވެ.
ދެން އޮތީ ކުރީ ސަރުކާރު ބަދަލުކުރަން ދެއްކި ވާހަކަތަކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކްޓިވިސްޓުންނާއި ޕީޕީއެމްއަށް އެހެން ގޮތްގޮތުން މަސައްކަތްކޮށްދިން އެތައް ބަޔަކަށް، އަލުން ވަޒީފާ އުފައްދައިގެން ނަމަވެސް، ދިނެވެ. އެކަމާ ދެކޮޅަށް އަޑު އުފުލީ މިހާރު ސަރުކާރުގައި ތިބި މީހުންނާއި، އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީންނެވެ. ޔާމީން ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެ، އާ ބަޔަކަށް ވެރިކަން ދިނީ އެ ހުރިހާ ކަމެއް ރަނގަޅުކުރާށެވެ. ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ވެސް، އެ ބައެއްގެ ނިސްބަތުން ސަރުކާރުގައި ހިއްސާކުރާށެވެ.
ކޯލިޝަންގައި ހިމެނޭ ބައެއް މީހުން ބުނާ ގޮތުގައި ސަރުކާރުގެ ހުރިހާ ވަޒީފާތަކެއް އެމްޑީޕީއަށް ލިބިގެންނުވާނެ އެވެ. އެންމެން ގުޅިގެން ކުރި މަސައްކަތާއި، އެއްބަސްވެވުނު ކަންކަމަށް އެމްޑީޕީގެ އާންމު މެމްބަރުން ވެސް އިހުތިރާމްކުރަން ޖެހޭނެ ކަމަށް، އެ މީހުން ދެކެ އެވެ.
އެކަމަކު ކޮންމެ ފަހަރަކު ވެސް ވެރިކަމުގެ މައި ޕާޓީން ކޯލިޝަންގެ އެހެން ޕާޓީތަކާއި މީހުންގެ މަތިން ހަނދާން ނައްތާލުމަކިީ، ރާއްޖޭގެ އާ ޑިމޮކްރަސީގެ އެއް ސިފަ އެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް ވީ އެހެންނެވެ. އަދި ޔާމީންގެ ވެރިކަމުގައި ވެސް ފެނުނީ އެ މަންޒަރެވެ. ދެން މިހާރު އަނެއްކާވެސް އެމްޑީޕީގެ ބައެއް މީހުން އިއްވަމުން އެ ގެންދަނީ ހަމަ އެ އަޑެވެ.
މެމްބަރުންގެ ބަސް: ހިޔާނާތްތައް ބެލުމުގައި ފެއިލްވެއްޖެ
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ނަޝީދުގެ ކެމްޕޭން ޓީމުގެ ތުހުމަތު: ވަގު ވޯޓު އެޅި!
އެމްޑީޕީގެ ޕްރައިމަރީ: ތިލަފަތް ބަރީ ކޮން ކޮޅަކަޅަށް؟
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ނަތީޖާ
ނަޝީދު، ޕްރައިމަރީގައި ވާދަކުރައްވަނީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހު 28 ގައި
މިފަހަރު ރައީސަށް ތާއީދު ކުރެވޭކަށް ނެތް: ނަޝީދު