28 އޯގަސްޓް 2019
މާބަނޑު ދުވަސްވަރު އަންނާރު ޖޫސް ބޯ ނަމަ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް އެހީވެދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
މާބަނޑު ދުވަސްވަރު އަންނާރު ޖޫސް ބޯ ނަމަ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް އެހީވެދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޕްލޮސް ވަންގައި ޝާއިއުކޮށްފައިވާ އެމެރިކާގެ ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުން ހަދަމުން އަންނަ ދިރާސާއެއްގެ ފުރަތަމަ ނަތީޖާތަކުން ދައްކާ ގޮތުގައި މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅު ބޮޑުވާންޖެހޭ ވަރަށް ބޮޑު ނުވެ ނުވަތަ އިންޓްރޯޓެރީން ގްރޯތު ރެސްޓްރިކްޝަން (އައިޔޫޖީއާރް) ދިމާވުމަކީ ދަރިފުޅުގެ ސިކުނޑި ވެސް ތަރައްގީވާން ހުރަސްއަޅާ ކަމެކެވެ.
ނަމަވެސް މާބަނޑު ދުވަސްވަރު އަންނާރު ޖޫސް ބުއިމުން އެކަން ހައްލުކޮށްދޭން ބާރުއަޅާ ކަމަށް ދިރާސާގައި ބުންޏެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ކޮންމެ ދުވަހަކު މަދުވެގެން 8 އައުންސްގެ ތާޒާ އަންނާރު ޖޫސް ބުއިމުން، ދަރިފުޅުގެ ސިކުނޑި އަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދެން އެހީއަކަށްވެ އެވެ. އެ ގޮތުން އަންނާރު ޖޫހުން ދަރިފުޅުގެ ބްރެއިން މެކްރޮސްޓްރަކްޗާ އާއި މައިކްރޮސްޓްރަކްޗްރަލް އޮގަނައިޒޭޝަންގެ އިތުރުން ފަންކްޝަނަލް އެކްޓިވިޓީ ރަނގަޅުކޮށްދޭން އެހީވެ އެވެ.
މި ދިރާސާ އިން މިފަދަ ނަތީޖާއެއް ދައްކާފައިވާތީ، މިކަމާ ގުޅޭ އިތުރު ހޯދުންތަކެއް ހޯދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
މާބަނޑު މީހަކު އަންނާރު ޖޫސް ބޮނީ.
"ދިރާސާގެ ވަރަށް ކުރީކޮޅުގައި މިފަދަ ނަތީޖާއެއް ދައްކާފައިވާތީ އަހަރެމެން މިހާރު އަންނަނީ މިކަން އިތުރަށް ކަށަވަރުކުރުމަށް ދިރާސާގެ ދެވަނަ މަރުހާއެއް ކުރިއަށް ގެންދަނުން،" ދިރާސާ ޓީމްގައި ހިމެނޭ ބްރިގަމްގެ ޕީޑިއަޓްރިކް ނިއުބޯން މެޑިސިން ޑިޕާޓްމަންޓްގެ ޗެއާ ޓެރީ އިންޑާ ވިދާޅުވި އެވެ.
ދިރާސާގައި ބުނިގޮތުގަައި އަންނާރަކީ ޓެނިކް އެސިޑާއި އެލަޖިޓެނިންސް ފަދަ މޮލެކިއުސްތަކުން މުއްސަނދިވެފައިވާ ޕޮލިފެނޮލްސްއަކަށްވާތީ މީގެ ސަބަބުން ސިކުނޑި އަށް ލޭދައުރުކޮށް ދޭން ބާރުއަޅަ އެވެ.
އެއްމާބަނޑު ކުދިން އުފަންވުން އިތުރުވެއްޖެ
ދަރިމައިވުމުގެ ރޭޓާ އެކު ދުނިޔޭގެ އާބާދީ ކުޑަވަނީ!
މާބަނޑުއިރު ޕޮޓޭޓޯ ޗިޕްސްއާ ދުރުވާންޖެހޭ
ދޭތެރެ ދުރުކުރަން މަހަކު އެއްފަހަރު ކާ ބޭހެއް
ޖައްވު ނުސާފުވުމުގެ ނުރައްކާ މާބަނޑު މީހުންނަށް
ސަޔަކީ ސިކުނޑި ވަރުގަދަކޮށްދޭ އެއްޗެއް
ދަރިފުޅު މަރުވުމުން އަލުން ބަލިވެއިނުން އަވަސްކުރެވިދާނެ
ފިރިހެނުންނަށް ވުރެ އަންހެނުންގެ ސިކުނޑި ޒުވާން
ތުއްތު ދަރިފުޅު ގާތުން ބޯން ބާރުއަޅާނެ ކަމެއް
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް