20 ސެޕްޓެމްބަރ 2016
ލޭ މައްޗަށް ދިއުން ކަރު ތެރޭގެ ކުޑަ އޮޕަރޭޝަނަކުން ހުއްޓުވިދާނެ ކަމަށް އިނގިރޭސި ވިލާތުގެ ސައިންސްވެރިން ބުނެފި އެވެ.
ލޭ މައްޗަށް ދިއުން ކަރު ތެރޭގެ ކުޑަ އޮޕަރޭޝަނަކުން ހުއްޓުވިދާނެ ކަމަށް އިނގިރޭސި ވިލާތުގެ ސައިންސްވެރިން ބުނެފި އެވެ.
މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ ދިރާސާއަކަށް ފަހު ސައިންސްވެރިން ބުނަނީ ލޭ މައްޗަށްދާ މީހުންގެ "ކެރޯޓިޑް ބޮޑީ" ނަގައިގެން ލޭގެ ޕްރެޝަރު މަތިވުން ހުއްޓުވޭނެ ކަމަށެވެ. ކެރޯޓިޑް ބޮޑީ އަކީ ސިކުނޑިއަށް ލޭ ފޮނުވައިދިނުމުގެ ޒިންމާ އަދާކުރާ ކްލަސްޓާ ސެލްތަކެކެވެ. މިއީ ކަރުގެ އެތެރޭގައި ދެ ފަރާތުގައި އިންނަ ހަނޑޫ ފުކެއް ވަރުގެ ކުޑަ ދެ އޯގަން އެވެ.
މިއީ ހައިޕަޓެންޝަން ނުވަތަ ލޭ މައްޗަށް ދިއުން މުޅިން ނައްތާލެވޭ ވަރުގެ "ގޭމް ޗޭންޖާ" އެއް ކަމަށް މި ސައިންސްވެރިން ބުނެ އެވެ.
ސަންޑޭ އެކްޕްރެސްގައި މި ދިރާސާއާ ބެހޭ ގޮތުން ބުނެފައި ވަނީ، މިފަހަރު ސައިންސްވެރިން ހަދާފައިވާ އެކްސްޕެރިމެންޓަކީ ދުނިޔޭގައި ހެދި މިފަދަ ފުރަތަމަ މި ބާވަތުގެ އެކްސްޕެރިމެންޓު ކަމަށެވެ. މި ދިރާސާއިން ދެއްކި ގޮތުގައި، ލޭމައްޗަށް ދިއުން ނުވަތަ ހައިޕަޓެންޝަން ހުންނަ މީހުންގެ ކެރޯޓީޑް ބޮޑީ ނެގުމާ އެކު ވަގުތުން އެމީހުންގެ ލޭ ދަށަށް ދާން ފަށަ އެވެ.
ބްރިޓިޝް ހާޓް ފައުންޑޭޝަންގެ ޕްރޮފެސަރެއް ކަމަށްވާ ޖެރެމީ ޕިއާސަން ފަންޑުކޮށްގެން ހެދި މި ދިރާސާ އިން ދައްކާ ގޮތުން ރެސިސްޓެންޓް ހައިޕަޓެންޝަން ހުންނަ މީހުންގެ ކެރޯޓިޑް ބޮޑީ ނެގުމުން ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކުރެވެ އެވެ. ރެސިސްޓެންޓް ހައިޕަޓެންޝަން އަކީ ލޭމައްޗަށް ދާތީ ކާ ބޭހުގެ ދެ ބާވަތެއް ނުވަތަ އެއަށް ވުރެ ވެސް ގިނަ ބާވަތްތައް ބޭނުންކޮށްގެން ވެސް ޕްރެޝަރު ދަށް ނުކުރެވޭ ހާލަތެވެ.
މި ކްލިނިކަލް ސްޓަޑީ އަކީ މިކަން މިގޮތަށް ކުރެވިދާނެކަން ސާބިތުކޮށްދިން ދިރާސާއެއް ކަމަށްވެ އެވެ. މީގެ ސަބަބުން ކުޑަ އޮޕަރޭޝަނަކުން މި ބައްޔަށް ފަރުވާ ކުރެވުމުގެ އިތުރުން ކެރޯޓިޑް ބޮޑީ އަށް އަމާޒުކޮށްގެން އާ ބޭސްތައް އުފެއްދުމުގެ ފުރުސަތު ހުޅުވިދާނެ އެވެ. އަދި މިހާރު ލިބެން ހުރި ބޭސްތަކުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުކުރެވޭ މީހުންނަށް މީގެ ފައިދާ ކުރާނެކަމަށްވެ އެވެ.
ލޭ މައްޗަށް ދިއުމަކީ ފުރާނައަށް ނުރައްކާވާ ވަރުގަދަ ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުމަށް މެދުވެރިވެދާނެ ވަރަށް އާންމު ސަބަބެކެވެ.
ކެރޯޓީޑް ބޮޑީސްގެ ރޯލަކީ ލޭގައި އޮކްސިޖަންހުރި މިންވަރު ދެނެގަނެ އޮކްސިޖަން މަދުވަމުންދާ ނަމަ ނޭވާލާ މިންވަރު އިތުރުކުރުމަށާއި ލޭގެ ޕްރެޝަރު މަތިކުރުމަށް ސިކުނޑިއަށް ސިގްނަލް ފޮނުވުމެވެ.
ލޭގެ ޕްރެޝަރު މައްޗަށް ދިއުމަކީ ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމަށް މެދުވެރިވާ ސަބަބެއް
އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ ޖާނަލް ބޭސިކް ޓު ޓްރާންސްލޭޝަން ސައިންސްގައި ޝާއިއުކޮށްފައިވާ މި ސްޓަޑީގައި ލަފާދީފައި ވަނީ މި ކުޑަކުޑަ ގުނަވަންތަކަށް އަމާޒުކޮށްގެން ވަރަށް އެކަށީގެންވާ ރަނގަޅު ފަރުވާއެއް ފޯރުކޮށްދެވިދާނެ ކަމަށެވެ.
ބްރިސްޓޯލް ޔުނިވަސިޓީގެ ޕްރޮފެސަރު ޖޫލިއަން ޕޭޓޮން ވިދާޅުވި ގޮތުގައި ކެރޯޓިޑް ބޮޑީއަށް ފަރުވާދީގެން ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަކީ ހަގީގަތުގައި ވެސް ސިއްހީ ބޮޑު އިންގިލާބެކެވެ. ލޭމައްޗަށްދިއުމަށް މެދުވެރިވާ މުހިއްމު ސަބަބުތައް ދެނެގަތުމުގެ ބަދަލުގައި މިހާރު ފަރުވާ ދެނީ އެކަމުގެ ސަބަބުން ގެއްލުން ލިބޭ ހިތް، ކިޑްނީ އަދި ލޭ ހޮޅިތައް ފަދަ އެތެރެހަށީގެ ބައިތަކަށް އަމާޒުކޮށްގެން ކަމަށް ވެސް ޕްރޮފެސަރު ވިދާޅުވި އެވެ.
އެހެންކަމުން މިފަހަރުގެ ހޯދުމުން އެންޓީ-ހައިޕަޓެންޝަންގެ ފަރުވާ ދިނުމުގެ ރަނގަޅު ގޮތްތައް ކަނޑައެޅުމަށް މަގުފަހިވެއްޖެކަމަށާއި މިއީ ފާއިތުވީ 15 އަހަރުތެރޭ މިކަމާ ގުޅޭ ގޮތުން ހޯދުނު އެންމެ ބޮޑު ކުރިއެރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ހެދި ދިރާސާގެ ޕައިލެޓް ޓްރައަލްގައި، ލޭމައްޗަށްދާ ބަލި ހުރި 15 މީހެއްގެ ކަރުގެ އެއް ފަރާތުން ކެރޯޓިޑް ބޮޑީ ނެގި އެވެ. އަދި އޭގެ ފަހުން އެމީހުންގެ ހިތް ރެސްޓްކުރާ ގަޑީގައި މާ ރަނގަޅަށް ނޭވާލެވުމުގެ ނަތީޖާއެއްގެ ގޮތުން ދައުރުވަމުންދާ ލޭގައި އޮކްސިޖަން ހުރި މިންވަރު ދަށްވި އެވެ.
ލޭމައްޗަށްދާ މީހުން ބޭސް ކާން ރަނގަޅީ ކޮން ވަގުތެއް؟
ޒުވާނުންގެ ކުއްލި މަރުތަކާއެކު ޑޮކްޓަރުންގެ ކަންބޮޑުވުން
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ގިނައިރު އިށީނދެއިނުން ވަރަށް ނުރައްކާ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ
ކަޅު ސައި ބުއިން ހުއްޓާލާނެކަމެއް ނެތް
ކިވީން ވެސް ބަރުދަން ލުއިކޮށް ދޭނެ
ކަޅު ސަޔަށް ވުރެ ގްރީން ޓީ މާ ރަނގަޅު
ސްޓްރޯކް: ރާއްޖޭގައި އާއްމުވަމުން ދާ ނުރައްކަލެއް