03 އޯގަސްޓް 2019
ރާއްޖޭގެ ރަށްވެހިކަން ބޭރުގެ މީހުންނަށް ދޭން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ރާއްޖޭގެ ރަށްވެހިކަން ބޭރުގެ މީހުންނަށް ދޭން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އެ މީހުންގެ ފާޑުކިޔުން އައީ، ރާއްޖޭގެ އާބާދީ މަދުވުމުގެ ސަބަބުންނާއި އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ނުލިބޭ ކަމަށް ބުނެ، ބޭރުގެ މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ އެވެ.
މި މައްސަލަ ފެންމަތިވީ، ބޭރު ގައުމުތަކުގެ ބައެއް މީހުން ރާއްޖޭގައި ދިރިއުޅޭތާ 30 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ ކަމަށް ވިދާޅުވެ، އެމީހުންގެ ދިފާއުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.
There are foreigners who have been living in the Maldives for more than 30 years having become proud grandparents here. What do you think of granting citizenship to such 'foreigners'?
— ??? ???? (@aliaazim) August 2, 2019
އަލީ އާޒިމް ރޭ ކުރެއްވި ޓުވީޓު.
އާޒިމްގެ ޓުވީޓުގައި ވިދާޅުވީ ބޭރު ގައުމުތަކުގެ ބައެއް މީހުން ރާއްޖޭގައި ދިރިއުޅޭތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެމީހުން ވެފައި ވަނީ ފަހުރުވެރި ކާފައިންނާއި މާމައިންނަށް ކަމަށެވެ. އެފަދަ މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުން ކިހިނެއް ވާނެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
Dhivehin noon bayakah dhivehiraajjeyge citizenship dhinumakee mi kudakuda mujthamauge eh naslehkamaa eh dheenakah ulhumaa eh ehbahakun vaahaka dhekkumaa mihurihaa kamakah dhuru musthaqbalga iaadhanukureveyne gellunthah vaanekameh. Siyaaseekankamuge mahchah Qaumiyyathu iskuramaa. https://t.co/Gtd65mhfh5
— Dr Mohamed Muizzu (@MMuizzu) August 3, 2019
މުއިއްޒު މިއަދު ކުރެއްވި ޓުވީޓު.
އެ ޓުވީޓާ ގުޅިގެން، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހިން ނޫން ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ މި ކުޑަ މުޖުތުމައުގެ ނަސްލެއް ކަމާއި އެއް ދީނަކަށް އުޅުމާއި އެއް ބަހަކުން ވާހަކަ ދެއްކުން ފަދަ ހުރިހާ ކަމަކަށް ދުރު މުސްތަގުބަލެއްގައި އިޔާދަ ނުކުރެވޭ ގެއްލުންތަކެއް ވާނެ ކަމެއް ކަމަށެވެ.
ސިޔާސީ ކަންކަމުގެ މައްޗަށް ގައުމިއްޔަތު އިސް ކުރުމަށް ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިސްޓަރު ކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ ގާނޫނުއަސާސީ އަށް އެމްޑީޕީން ގެންނަން އުޅޭ، ތިނެއް ނޫނީ ހަތަރު އިސްލާހުގެ ތެރޭގައި ރާއްޖޭގެ ރަށްވެހިކަން ބޭރު މީހުންނަށް ލިބޭ ގޮތަށް ހެދުން ހިމެނޭ ކަމަށެވެ. މިއީ ސިޔާސީ ކަމަކަށް ވުރެ، ގައުމީ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވެ، ޝިޔާމް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.
"ހަގީގަތުގައި މި ސަރުކާރުން އެފަދަ އިސްލާހެއް ގެނައުމުގެ ބޭނުމަކީ ބޭރު މީހުންނަށް ވޯޓުލެވޭ ގޮތް ހެދުން. މިއީ ކުރަން އެއްގޮތަކަށް ވެސް ހެޔޮވާ ވަރު ކަމެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ބޭރު މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ލިބޭ ގޮތަށް ހަދައިފި ނަމަ، ގައުމުގެ މަސްލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ އެވެ. އެއީ، ތާއަބަދު ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީން އޮންނަން ބޭނުންވާތީ ކުރާ ކަމެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ވަކި ގައުމެއްގެ ބަޔަކަށް މިކަން ކުރުމުގެ ފުރުސަތު ދޭން އުޅޭ ތަން މި ފެންނަނީ،" ޝިޔާމް ވިދާޅުވި އެވެ.
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
ބޭރުގެ އެހީގެ ތަފްސީލު ހޯދަން މަޖިލީހަށް މައްސަލައެއް
ޕީޕީއެމާއި ޕީއެންސީން އިންޑިއާ ސަފީރާ ބައްދަލުކޮށްފި
މަޖިލީހަށް ސިފައިން ވައްދާކަށް ނޭދެން: ނަޝީދު
ޝިޔާމްގެ ރާގު ބަދަލުވެ އެމްޑީޕީ މެމްބަރުންނަށް ސުވާލެއް
ވަޒީފާތައް ގެއްލުނީ މަޓީއާ މަޝްވަރާ ނުކުރުމުން:އިދިކޮޅު
އެމްޑީއެން އޮތީ ސަރުކާރު ތެރެއަށް މޫލާފައި: އިދިކޮޅު
"ވަކިގައުމަކަށް ބަރޯސާނުވެ މިނިވަންކަން ދަމަހައްޓާނަން"
މުއިއްޒަށް ކާމިޔާބުވާން އެންމެ ބޭނުންވަނީ ޔާމީން:ޝިޔާމް
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!