01 އޯގަސްޓް 2019
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ދަތުރު ކުރަމުން ދިޔައީ ސިންގަޕޫރުގެ ޓަގު ބޯޓެއްގައި ކަމަށާއި އެކަން ފަޅާ އަރުވާލީ އެ ޓަގުގެ ފަޅުވެރިއެއް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ދަތުރު ކުރަމުން ދިޔައީ ސިންގަޕޫރުގެ ޓަގު ބޯޓެއްގައި ކަމަށާއި އެކަން ފަޅާ އަރުވާލީ އެ ޓަގުގެ ފަޅުވެރިއެއް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނިކޮށް ޓަގު ބޯޓެއްގައި ފިލައިގެން ރާއްޖެއިން ބޭރަށް ދަތުރު ކުރަނިކޮށް އިންޑިއާގެ ޓުޓިކޮރިން ބަނދަރުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިއަދު ވަނީ އޭނާ ހިފަހައްޓައިފަ އެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އަދީބު ދަތުރުކުރި ބޯޓަކީ ސިންގަޕޫރުގައި ރަޖިސްޓްރީ ކޮށްފައިވާ ބޯޓެއް ކަމަށާއި އެ ބޯޓު ރާއްޖެއިން ފުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައިވެ އެވެ. އެ ބޯޓުގައި އިންޑިއާގެ ފަޅުވެރިއަކާއި އިންޑޮނިޝިއާގެ އަށް މީހަކު ފަޅުވެރިންގެ ގޮތުގައި ތިބި ކަމަށާއި އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައީ އޭގެ ތެރެއިން އިންޑިއާގެ ފަޅުވެރިޔާ ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ.
"އިންޑިއާ ފަޅުވެރިޔާ ޓަގު ބޯޓުގެ އޭޖެންޓަށް އެންގީ މިކަމުގެ މައުލޫމާތު،" ފުލުހުންގެ އިސް އޮފިސަރަކާ ހަވާލާދީ އެ ނޫހުގައިވެ އެވެ.
އެކަމުގެ މައުލޫމާތު ލިބުމާ އެކު، އިންޑިއާގެ ކަސްޓަމްސާއި ކޯސްޓްގާޑުގެ އިތުރުން އިންޓެލިޖެންސް އިދާރާތަކުން އެ ބޯޓަށް އެރީ ކަމަށް އެ ނޫހުގައިވެ އެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އަދީބު އެ ބޯޓަށް އެރީ ކިހިނެތްތޯ އާއި އެކަމުގައި އެހީތެރިވީ ކޮން ބައެއްތޯ ބެލުމަށާއި އޭނާ ދަތުރުކުރަމުން ދިޔައީ ކޮން ތަނަކަށްތޯ ބެލުމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭނާ ފިލަން އެހީތެރިވި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.
އިންޑިއާގެ ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ، އަދީބު އެ ގައުމަށް އެތެރެވާން އުޅުނީ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތި އަދި އިންޑިއާގެ ހުއްދައެއް ވެސް ނެތި ކަމަށެވެ. އޭނާ އިންޑިއާ އަށް އެތެރެވާން އުޅުނީ ޓަގު ބޯޓުގެ ކްރޫއަކަށް ހެދިގެން ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އަދީބު ދަތުރުކުރީ އިންޑިއާ އިން ބޮޑު ހިލަ ހުސްކުރުމަށް ފަހު އެނބުރި އެ ގައުމަށް ދިޔަ ބޯޓެއްގަ އެވެ. ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި އެ ޓަގު ބޯޓު ފާސްކުރީ ކަނޑުމަތިން ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
އަދީބުގެ މައްޗަށް ކުރިން އިއްވި ހުރިހާ ހުކުމްތަކެއް ބާތިލް ކޮށްފައި ވިިޔަސް، އޭގެ ތެރެއިން އެއް މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އެ ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.
އަދީބު ދާދިފަހުން ސަރުކާރުގެ ހުއްދައާ އެކު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށް ފަހު، އެނބުރި ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
އަދީބު ޓަގަށް އަރާވަޑައިގަތީ ކިހިނެއް؟
އަދީބު އަދިވެސް ޓަގް ބޯޓްގައި
އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް އެބަކުރަން: ޕޮލިސް
އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
ރޫހާނީ ފަރުވާދޭ ކަމަށް އިސްތިހާރުކުރި މީހުން ޑީޕޯޓް
ބެނާ ނަގަން އަމުރު ނެރެދިން ގާޒީއަށް އިންޒާރު
އަނބިމީހާގެ ގަޔަށް ވަޅިހެރީ ނިދާފައި އޮއްވައި
އިންޑިއާ ހައިކޮމިޝަން ގޮއްވާލަން ބުނިމީހާ ހައްޔަރުކޮށްފި
މިސްކިތުގައި ހަމަލާދިން މީހާގެ ބަންދަށް 10 ދުވަސް