ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވަކީލުން ތަމްސީލް ކުރައްވާ މެމްބަރަކަށް އަބްދުލްމާނިއު ހުސައިން މިއަދު އައްޔަން ކުރައްވައިފި އެވެ.
31 ޖުލައި 2019
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވަކީލުން ތަމްސީލް ކުރައްވާ މެމްބަރަކަށް އަބްދުލްމާނިއު ހުސައިން މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖޭއެސްސީގެ މެމްބަރުކަމަށް ހއ. އިހަވަންދޫ އަންބަރީގެ، މާނިއު އައްޔަން ކުރައްވާފައިވާ ކަމަށެވެ. ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މާނިއުއާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސެވެ.
މީގެ ކުރިން، ޖޭއެސްސީގައި ވަކީލުން ތަމްސީލް ކުރެއްވީ ލަތީފާ ގާސިމެވެ. ނަމަވެސް، ގާނޫނީ ފަންނުގެ ބިލް މިދިޔަ މަހުގެ 27 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާ އެކު، އޭނާގެ މަގާމު ވަނީ ހުސްވެފަ އެވެ.
ޖޭއެސްސީގެ މެމްބަރަކަށް އަލަށް އައްޔަން ކުރެއްވި މާނިއު، ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ބާ ކައުންސިލަށް ވެސް ކުރިން ކުރިމަތިލެއްވި އެވެ. ނަމަވެސް އެއް ވޯޓުގެ ތަފާތުން އެ ގޮނޑި ކާމިޔާބުކުރެއްވީ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމެވެ.
މާނިއު މިއަދު ރައީސް އޮފީހުގައި: ޖޭއެސްސީގެ މެމްބަރުކަމަށް މިއަދު އޭނާ ވަނީ އައްޔަން ކުރައްވާފައި.---ފޮޓޯ: ރައީސް އޮފީސް
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ހަ ވަކީލަކު ވާދަކުރެއްވިއިރު އެ އިންތިޚާބު މާނިއު ކާމިޔާބުކުރެއްވީ 199 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވަކީލް އަލީ ރަޝީދަށް 124 ވޯޓު ލިބިވަޑައިގަތެވެ.
މާލެ އާއި އައްޑޫގައި ބޭއްވި އިންތިޚާބުގައި 404 ވަކީލުން ވޯޓު ދެއްވިއިރު ވަކީލުންގެ ދަފްތަރުގައި 1،600 އަށް ވުރެ ގިނަ ވަކީލުން ހިމެނެ އެވެ.
ޖޭއެސްސީގައި ތިއްބަވަނީ ވަކީލުންގެ ތެރެއިން މެމްބަރަކާއި އާންމުންގެ މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި މަޖިލީހުގެ ރައީސާއި ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ.
ޖޭއެސްސީއަށް މުޖްތާޒް އައްޔަންކުރައްވައިފި
ވަކީލުންގެ މެންބަރު ވަކިކުރަން ޕެޓިޝަނެއްގައި ސޮއިކުރަނީ
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި
ކަންބޮޑުވުންތަކާ އެކު ވަކީލުން ޖޭއެސްސީ އަށް
ފަރުހާދު، ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަންކޮށްފި
ޖޭއެސްސީގެ މެމްބަރުކަމުން މާނިއު އިސްތިއުފާ ދެއްވައިފި
ޖުޑީޝަރީގެ ދެ ބިލެއް އަނެއްކާވެސް އަނބުރާ ކޮމެޓީއަށް
"ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ"
ހާއްސަ ހުއްދައެެއް އޮތުމުން ބާ އެގްޒާމް ބޭނުމެއް ނުވޭ
ޗެއިންއާ ގުޅޭ ޕްރެކްޓިސް ޑައިރެކްޝަނަށް ނުރުހުން