31 ޖުލައި 2019
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެންސްޕާ ހިންގަން ޖެހެނީ ހެލްތު މިނިސްޓްރީންނެވެ. އެކަމަކު، މި ސަރުކާރު ވެރިކަމަށް އައިސް އެންސްޕާގެ ހިންގުން ވަނީ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އެގޮތަށް އަމަލު ކުރަމުން އަންނަނީ ކަމާ ގުޅޭ ގާނޫނަށް އިސްލާހު ނުގެނެސް އެވެ.
އެންސްޕާ ހިންގުން ޖެންޑާ މިނިސްޓްރީގެ ބަދަލު ކުރުމާ ގުޅޭ އިސްލާހު، އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގާނޫނަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހާރޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލްގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.
އެންސްޕާ އަކީ އިޖުތިމާއީ ރައްކާތެރިކަން ދިނުމަށް ސަރުކާރުން ހިންގާ ގިނަ ކަންތައްތައް ކުރަން އުފައްދާފައިވާ އެެޖެންސީ އެކެވެ. އެ އިދާރާ އިން ދޭ ހިދުމަތްތަކުގެ ތެރޭގައި ހުސްނުވާ އާސަންދަ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންނަށް މާލީ އިނާޔަތް ދިނުން ހިމެނެ އެވެ.
އެންސްޕާ، ޖެންޑާގެ ދަށުންހިންގަން މަޖިލިހުން ފާސްކޮށްފި
އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް
ސަރުކާރު އޮފީސްތަކުގައި ކުދިން ބެލޭނެ ތަނެއް ހަދަނީ
ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!
މަލީހު، އިމްތިޔާޒު ކޮމިޓީއަށް ވެސް ގޮންޖައްސަވައިފި
ޑޮލަރު ހިފަހައްޓަން ގޮވާލައި މަޖިލީހަށް ގަރާރެއް
ޝިދާތާގެ ރުޅި އެމްޑީޕީއަށް: ވޯޓަށް އަދާލަތު މުހިއްމުވޭ
ޖިންސީ އަނިޔާގެ ތަހުގީގު ރިޕޯޓް ފާސްކޮށްފި
އައިޝާއަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
ވަޒީރުންގެ ނުރުހުން: ސީއެސްސީއާ ހެދި ހިންގަން ދަތި!