Roadha Mihaaru
ޖިންސީ އަނިޔާގެ ތަހުގީގު ރިޕޯޓް ފާސްކޮށްފި

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ތަހުގީގު ރިޕޯޓް ފާސްކޮށްފި

11 ފެބުރުއަރީ 2020

ކުޑަކުުދިންނަށް ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގުކޮށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުޑަކުުދިންނަށް ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގުކޮށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ އޮތް މިންވަަރާއި އެކަމުގައި ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލު އޮތް މިންވަރު ބަލައި، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެކުލަަވައިލި ރިޕޯޓް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހި އިރު ތިއްބެވި 74 މެމްބަރުންގެ އިއްތިފާގުންނެވެ.

ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ތަހުގީގެއް މަޖިލީހުގެ ކޮމިޓީން ފެށީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި އުފެދުނު ކަންބޮޑުވުންތަކުގަ އެވެ. އެ ޖަރީމާ ފަޅާއެރުމާ އެކު ދައުލަތުގެ ކަމާ ބެހޭ ހުރިހާ މުއައްސާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރި އެވެ.

ގއ.ކަނޑުހުޅުދޫގައި ކުޑަކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ޖަވާބުދާރީ ވަނީ.

ގއ.ކަނޑުހުޅުދޫގައި ކުޑަކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ޖަވާބުދާރީ ވަނީ.

ކަމާ ގުޅުން ހުރި މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި މައުލޫމާތު އާއްމުންނަށް ތިލަކޮށްދިން އެ ރިޕޯޓުގައިވާ ގޮތުން، ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ޖިންސީގޯނާގެ 3،135 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު، މީގެ ތެރެއިން ތަހުގީގު ނިމި، (ކުރިން އެޓާނީ ޖެނެރަލްގެ އޮފީހަށް، 2008 ގެ ފަހުން ޕީޖީ އޮފީހަށް) ފޮނުވީ 1،220 މައްސަލަ އެވެ. މީގެ ތެރެއިން ކޯޓުތަކާ ހަމައަށް ފޯރާފައި ވަނީ 1،146 މައްސަލަ އެވެ. ބާކީ ހުރި ގިނަ މައްސަލަތަކުގައި އިންސާފު ނުލިބި ފެންނަން އޮތީ މުއައްސަސާތަކުގެ އިހުމާލެވެ.

އިންކުއަރީ ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަތިކޮށްފައިވާ ހުރިހާ މުއައްސަސާތަކެއްގައި ތިބި އެންމެހާ މުވައްޒަފުންގެ ތަމްރީނު މިހާރު ގާނޫނުން ލާޒިމުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނިޒާމުގެ ގާބިލުކަން އިތުރު ކުރުމަކީ ގާނޫނުން ލާޒިމް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް، ގާނޫނަށް އަމަލުކުރަން ފެށުމުން، އަޅުގަނޑުމެން އެއްވެސް އިދާރާއަކަށް، މި ރައްޔިތުންގެ މަޖިލިސް ހިމެނޭ ގޮތުން، އެއްވެސް ހުއްޖަތެއް އިތުރަށް ދެއްކޭކަށެއް ނެތް،" ޖީހާން ވިދާޅުވި އެވެ.