Roadha Mihaaru
އެމްއޭސީއެލްގެ 10 މުވައްޒަފަކު ހައްޖަށް ފޮނުވަނީ

އެމްއޭސީއެލްގެ 10 މުވައްޒަފަކު ހައްޖަށް ފޮނުވަނީ

30 ޖުލައި 2019

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެ ކުންފުނީގެ 10 މުވައްޒަފަކު ހައްޖަށް ފޮނުވަން ނިންމައި އެކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެ ކުންފުނީގެ 10 މުވައްޒަފަކު ހައްޖަށް ފޮނުވަން ނިންމައި އެކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.

ހައްޖަށް ދާން ހޮވި ފަރާތްތަކާ ލިޔުންތައް ހަވާލުކުރީ ރޭ މާބުލް ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ.

މިއީ އެމްއޭސީއެލް އިން އެ ތަނުގެ މުވައްޒަފުން ހައްޖަށް ގެންދާ ހަތަރު ވަނަ އަހަރެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އަލީ ހުޒައިމް ވިދާޅުވީ މި އަހަރު ހުޅުވާލި ފުރުސަތުގައި 165 މުވައްޒަފުން ކުރިމަތިލާފައިވާ ކަމަށެވެ. އެއީ 155 ފިރިހެނުންނާއި 10 އަންހެނުންނެވެ. ކުރިމަތިލި މުވައްޒަފުންގެ ތެރެއިން، އެ ކުންފުންޏަށް 10 އަހަރު ވަންދެން ހިދުމަތް ކޮށްދީފައި ނުވާތީ ހަތް މުވައްޒަފެއްގެ ފޯމު ބާތިލުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...އަޅުގަނޑުމެން ޕޮއިންޓް ދިނުމުގައި މި ބަލަނީ މީހާގެ އުމުރާއި ކުންފުންޏަށް ހިދުމަތް ކޮށްދީފައިވާ މުއްދަތަށް. އެއިން ލިބޭ ޕޮއިންޓުން އެއްވަރުވެއްޖެ ނަމަ މި ބަލަނީ ސެޓްފިކެޓާ ނުލައި ސަލާމް ބުނާ މުވައްޒަފުންނަށް. މީގެ ތެރެއިން ވެސް އެއްވަރު ވެއްޖެ ނަމަ ސަލާމާ އެކު މުވައްޒަފުން ކުންފުންޏަށް ހިދުމަތްކުރި މުއްދަތަށް ބަލައި 10 މުވައްޒަފުން ހޮވާފައި މިވަނީ،" އަލީ ހުޒައިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއޭސީއެލްގެ މުވައްޒަފުން ހައްޖަށް ފޮނުވުމަށް 10 ޖާގަ ލިބިފައިވަނީ އެ ކުންފުންޏަކީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏަކަށް ވާތީ އެވެ.