27 ޖުލައި 2019
މާދަމާ ހަވީރު އޮންނަ، މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ނިމުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފް، މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ އެންމެ ވިދުންގަދަ ކުޅުންތެރިޔާ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އަށް ދީފި އެވެ.
މާދަމާ ހަވީރު އޮންނަ، މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ނިމުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފް، މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ އެންމެ ވިދުންގަދަ ކުޅުންތެރިޔާ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އަށް ދީފި އެވެ.
އެކަން އިއުލާންކުރައްވައި، ތިން ރަން މެޑަލް ހޯދި އުމުރުން 11 އަހަރުގެ ދީމާއާ ދިވެހި ދިދަ ހަވާލުކުރެއްވީ މިރޭ ބޭއްވި ރާއްޖޭގެ މެޑަލް ޕާޓީގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ.
ދީމާ ވެގެންދާނީ މި ފަދަ ޝަރަފެއް ލިބޭ ރާއްޖޭގެ އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. މި ފަހަރުގެ ގޭމްސްގައި ހޯދި ރިން ރަން މެޑެއްޔާ އެކު ދީމާ ވެފައިވަނީ ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަށެވެ. ވިމެންސް ސިންގަލްސް ރަން މެޑަލް މިއަދު ހޯދުމުގެ އިތުރުން ދީމާ ހިމެނިގެން ވިމެންސް ޑަބަލްސް ރަން މެޑެއްޔާއި ވިމެންސް ޓީމު އިވެންޓް ރަން މެޑަލް ރާއްޖޭން ވަނީ ހޯދައިފަ އެވެ.
ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލީ ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ޒަބީރެވެ.
މާދަމާ އޮންނަ ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތުގައި، 2023 ވަނަ އަހަރުގެ ގޭމްސް ބާއްވާ ގައުމުގެ ގޮތުން ރާއްޖެއާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފެޑެރޭޝަނުގެ ދިދަ ހަވާލުކުރާނެ އެވެ. ރާއްޖޭގެ ފަރާތުން ދިދައާ ހަވާލުވެވަޑައިގަންނަވާނީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ.
ރާއްޖޭގެ ކޮންޓިންޖެންޓް އެނބުރި ގައުމަށް ދިއުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ މެންދުރުފަހު، މޯލްޑިވިއަންގެ ހާއްސަ ބޯޓެއްގަ އެވެ. ރާއްޖޭން ވަނީ އަމާޒުކުރި ގޮތަށް 15 މެޑަލް ހޯދައިފަ އެވެ. އެއީ ހަތަރު ރަން މެޑެއްޔާއި ހަތަރު ރިހި މެޑަލް އަދި އަށް ލޯ މެޑެއްޔެވެ.
ޕްރެޝަރާ ކުރިމަތިލީ ޕްރޮފެޝަނަލުންގެ ގޮތުގައި: ކޯޗު
ސިންގަލްސް ރަން މެޑަލް ހޯދައި ދީމާ ތާރީހުގެ ތެރެއަށް
ރަފާ އާއި ދީމާ ފައިނަލަށް! ރަނާއި ރިހި ވެސް ކަށަވަރުވެއްޖެ!
ސިންގަލްސް ބައިން ރަފާ އާއި ދީމާ ސެމީ އަށް
ދީމާ: މަންމަ އާއި ބައްޕަގެ ގުރުބާނީގެ އަގު ރަނުން!
"މިއަދު އެންމެ ބާރަށް ވިކެނީ ޓީޓީ ބޯޅަޔާ ރެކެޓާޔޯ!"
ރަނާއި ރިހިން ޖަރީވެ އަންހެން ޓީޓީ ތާރީހުގެ ތެރެއަށް
އައިއޯއައިޖީ: ޓީޓީގެ އަންހެން ދެ ޕެއާ ވެސް ކުއާޓާއަށް
ދީމާގެ މަންމަ އާއި ބައްޕަ: އަބަދުވެސް އެންމެ ގާތުގައި
ރަން މެޑަލް ދީމާ އަށް ރަފާ އަށް ރިހި