25 ޖުލައި 2019
ށ. ޅައިމަގު ބޯޓެއްގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން ބިދޭސީން ކުށަށް އިއުތިރާފްވުމަށް ފަހު އެކަމަށް ފަހުން އިންކާރު ކޮށްފައިވާތީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
ށ. ޅައިމަގު ބޯޓެއްގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން ބިދޭސީން ކުށަށް އިއުތިރާފްވުމަށް ފަހު އެކަމަށް ފަހުން އިންކާރު ކޮށްފައިވާތީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އޭނާއާ އެކު އެ ބޯޓުގައި އުޅުނު ތިން ބިދޭސީން ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަހްތަރު ހުސައިންގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. އެ ކުށަށް ކުރިން އެ މީހުން އިއުތިރާފްވެ، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ސޮއި ކުރިޔަސް، ފަހުން އެ މީހުން ވަނީ ކޯޓުގައި އެކަމަށް އިންކާރުކޮށްފަ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ނިންމީ އެ ތިން މީހުން ވެސް ކުށަށް އިއުތިރާފްވެފައިވާތީ އިއުތިރާފްގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި އިތުރު 30 ދުވަހުގެ މުއްދަތެއް ދިނުމާ އެކު، މިހާރު ކޯޓުގައި އޮތް މައްސަލަ ބާތިލްކުރަން ކޯޓުން ވަނީ ނިންމައިފަ އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން އަދަބު ލުއިކޮށް ދިނުމަށް ޝަރުތުކޮށް، އިއުތިރާފްގެ އެއްބަސްވުމެއް ދައުލަތާއި ތުހުމަތު ކުރެވޭ މީހާއާ ދެމެދު ހެދިދާނެ އެވެ. އެކަމަކު އިބްތިދާއީ އަޑުއެހުންތަކުގައި އެ އެއްބަސްވުމަށް ދައުވާލިބޭ މީހާ އިންކާރުކޮށްފި ނަމަ އަދި ތަހުގީގު ފުރިހަމަ ކުރަން އިތުރު ފުރުސަތު ދޭންޖެހޭ ނަމަ، އެ ފުރުސަތު ކޯޓުން ދޭން ޖެހޭނެ އެވެ. އެގޮތަށް ފުރުސަތު ދިނުމުން އަލުން ތަހުގީގުކޮށް، އެ މައްސަލަ ކޯޓަށް ހުށަހެޅޭނެ އެވެ.
އެނގިފައިވާ ގޮތުގައި، މައްސަލަ ކޯޓަށް ފޮނުވީ ހަށިގަނޑުގެ ޑީއެންއޭ ނުހަދައި، އެއީ ކާކުގެ ހަށިގަނޑެއްކަން ކަށަވަރު ނުކޮށެވެ. ހަށިގަނޑު ފެނުނީ ކަނޑަށް ފައްތާފައި އޮއްވަ އެވެ. ފެނުނު އިރު އޮތީ ކަށިތައް އެކަންޏެވެ.
އާބިދުގެ މައްސަލަ:ހެއްކަކު ދޮގުހެކި ދިންކަމަށް ތުހުމަތު
ލުތުފަރުގެ މަރަށް ދެމީހަކު އިންކާރު؛ ޝަރީއަތް ކުރިއަށް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
ޝެފަކު މަރާލި މައްސަލާގައި މުހިންމު ހެކިން ނުހޯދުނު
ކުއްޖަކު އެއްލާލި މައްސަލަ ކުރިއަށް ގެންދަން ނިންމައިފި
ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި
ނައީމާ މަރާލުމުގެ ދެ މީހުން ދައުވާއަށް އިންކާރު
ރެސްޓޯރެންޓެއްގައި މީހަކު މަރާލި މައްސަލަ ނިމުމަކާގާތަށް
ޔާމީންގެ މަރު: ދެ އަހަރު ފަހުން އިސްތިއުނާފް ފަށައިފި