21 ޖުލައި 2019
ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 21) - އެޑެން ހަޒާޑް، ރެއާލް މެޑްރިޑް ފަދަ ކްލަބަަކަށް އަންނަން ލަސްނުވާ ކަމަށާއި މިސާލު ނަގަންވީ ޒިނެދިން ޒިދާންގެ ކިބައިން ކަމަށް އޭނާ ބުނެފި އެވެ.
ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 21) - އެޑެން ހަޒާޑް، ރެއާލް މެޑްރިޑް ފަދަ ކްލަބަަކަށް އަންނަން ލަސްނުވާ ކަމަށާއި މިސާލު ނަގަންވީ ޒިނެދިން ޒިދާންގެ ކިބައިން ކަމަށް އޭނާ ބުނެފި އެވެ.
އުމުރުން 28 އަހަރުގެ ހަޒާޑްގެ ސޮއި ރެއާލުން ހޯދީ 112 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ވަކި ކަންތައްތަކެއް ފުރިހަމަވެއްޖެ ނަމަ އިތުރު 44 މިލިއަން ޑޮލަރު ދޭން އެއްބަސްވެގެންނެވެ. ހަޒާޑް ހޯދަން މީގެ ކުރިން ވެސް ރެއާލުން ގިނަ މަސައްކަތްތަކެއް ކުރިއިރު، އޭރު އޭނާގެ ކްލަބް ޗެލްސީން ވިއްކާލަން ބޭނުމެއް ނުވި އެވެ.
ހަޒާޑް ރެއާލަށް ބަދަލުވުމުގެ ފަހަތުގައި އޮތް އެއް ސަބަބަކީ އޭނާގެ އައިޑަލް ޒިދާނާ އެކު މަސައްކަތްކުރުމެވެ. ޒިދާން ބުނީ ހަޒާޑަކީ އޭނާގެ ލެވެލަށް ދެވިދާނެ ފަދަ ކުޅުންތެރިއެއް ކަމަށާއި ބޭނުންވަނީ ރަނގަޅަށް މަސައްކަތްކުރަން ކަމަށެވެ.
"މީހުން އެބަބުނޭ ހަޒާޑް ރެއާލް ކަހަލަ ބޮޑު ޓީމަކަށް އައީ މާ ލަހުންނޭ. އެކަމަކު އެއީ އަހަރެން ގަބޫލުކުރާނެ ވާހަކައެއް ނޫން. އެއީ ރެއާލަށް އަހަރެން އައިއިރު އުމުރަކީ 29 އަހަރު. ހަޒާޑް މިހާރު އެ ހުރީ 28 އަހަރުގައި. އަހަންނަށް ރެއާލުގައި އެހެން ހަރުފަތަކަށް ދެވުނު. ހަޒާޑަށް ވެސް އެ ލެވަލަށް ދެވޭނެ. އެ ފަދަ ހުނަރު އެބަހުރި،" ޒިދާން ބުންޏެވެ.
ޒިދާން ބުނީ ހަޒާޑްގެ ބޭނުންހިފާނީ މުޅި ޓީމަށް ފައިދާވާ ގޮތަށް ކަމަށާއި އޭނާ ފަދަ ކުޅުންތެރިއަކު ލިބުމުން ރެއާލްގެ ކުޅުންތެރިން ވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ.
"މީގެ ކުރިން ވެސް ރެއާލުގައި ހަޒާޑްގެ ވާހަކަ ދެކެވުނު. މިހާރު އޭނާ މި ޓީމުގައި ހުރުމަކީ މުޅި ކްލަބަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މި ޓީމަށް ހަޒާޑާ އެކު ގިނަ ކާމިޔާބީތަކެއް ހޯދޭނެ،" ޒިދާން ބުންޏެވެ.
ރެއާލަށް ހަޒާޑް ކުޅެދިން ފުރަތަމަ މެޗުގައި ރޭ ވަނީ ބަޔާން މިއުނިކް އަތުން 3-1 އިން ބަލިވެފަ އެވެ. ބަޔާނުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ކޮރެންޓިން ޓޮލީސޯ، ރޮބަޓް ލެވަންޑޯސްކީ އަދި ސާޖް ގްނަބްރީ އެވެ. ދެ ވަނަ ހާފުގައި ރެއާލުގެ ހަމައެކަނި ގޯލު ޖެހީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ރޮޑްރީގޯ އެވެ. މި މެޗުގައި ބަޔާނުގެ ގޯލްކީޕަރު ސްވެން އުލްރިއޭ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
ހަޒާޑްގެ ދިފާއުގައި ޒިދާން ވާހަކަ ދައްކައިފި
ހަޒާޑަށް ވަގުތު ބޭނުންވޭ، ތަފާތު ދައްކާނެ: ޒިދާން
ރެއާލުގެ ޓްރާންސްފާ ބަޖެޓަކީ 500 މިލިއަން ޔޫރޯ
100 މިލިއަނަށް ގެނައި ހަޒާޑް ރެއާލުން ދޫކޮށްލައިފި
ހަޒާޑަކީ އަދިވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއް
ކްލަބު ދޫކޮށްލީ އިތުބާރުނެތްކަމަށް އިހްސާސްވާތީ: ޒިދާން
ނާކާމިޔާބު ސީޒަނަށް ފަހު ޒިދާން ވަކިވަނީ
އެހެން ކޯޗަކާއެކު ރެއާލް މާ ވަރުގަދަ ވެދާނެ: ޒިދާން
ޕެނަލްޓީ މައްސަލައިގައި ޒިދާން ރުޅިގަދަ ވެއްޖެ
ފާޑުކިޔުން އަމާޒުވުމުން ހަޒާޑް މާފަށް އެދިއްޖެ