16 ޖުލައި 2019
ތ. ކިނބިދުއަށް ކުރިން ވެސް އުދަ އަރަ އެވެ. އެކަމަކު އިއްޔެގެ އުދައިގެ ލޮނުގަނޑު ބޮޑުކަމާއި، ރަށުތެރެއަށް ފެތުރުނުލެއް ވަރުގަދަކަމުން، ރަށު ރައްޔިތުންގެ ހިތުގައި އުފެދުނީ މީގެ 15 އަހަރު ކުރިން ކުރިމަތިވި ސުނާމީގެ ބިރުވެރިިކަމެވެ.
ތ. ކިނބިދުއަށް ކުރިން ވެސް އުދަ އަރަ އެވެ. އެކަމަކު އިއްޔެގެ އުދައިގެ ލޮނުގަނޑު ބޮޑުކަމާއި، ރަށުތެރެއަށް ފެތުރުނުލެއް ވަރުގަދަކަމުން، ރަށު ރައްޔިތުންގެ ހިތުގައި އުފެދުނީ މީގެ 15 އަހަރު ކުރިން ކުރިމަތިވި ސުނާމީގެ ބިރުވެރިިކަމެވެ.
"އުދަ އެރުމަކީ އާއްމު ކަމެއް. އެކަމަކު ސުނާމީގެ ފަހުން މި ވަަރަށް ރާޅު އެރި މިއީ ފުރަތަމަ ފަހަރު. އެވަގުތު ރައްޔިތުން ބިރުން އުޅުނު،" ކިނބިދޫ ކައުންސިލްގެ ރައީސް ހަސަން މުހައްމަދު ވިދާޅުވި އެވެ.
އިއްޔެ ހެނދުނު 10 އާއި މެންދުރު ފަހު 1:00 އާ ދެމެދު އެރި އުދައިގެ ލޮނުގަނޑު ރަށުގެ މެދަކާ ހިސާބަށް ފެތުރުނެވެ. އެ ލޮނުގަނޑާ އެކު ކުދި މިޔަރުތައް ވެސް ރަށުގެ ބައެއް ހިސާބުތަކުން ފެނުނެވެ.
ނަމަވެސް އުދަ އަރާފާނެތީ ރައްޔިތުން ތައްޔާރުވެފައި ތިބިލެއް ރަނގަޅުކަމުން ލިބުނު ގެއްލުން ކުޑަ އެވެ. ރަށު ކައުންސިލުން ބުނީ 40 އަކަށް ގޭގެ ގޯތިތެރެއަށް ލޮނުގަނޑު ވަނަސް، ވެލިބަސްތާތައް ޖެހުމުން، ގެއްލުންތަކުން ސަލާމަތްވެވުނު ކަމަށެވެ.
"ގޭގެ އަށް ފެން ވަނަނުދިނުމަށް އަޅުގަނޑުމެން ތިބީ ފިޔަވަޅު އަޅައިގެން،" ކިނބިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ނާޒިމް ވިދާޅުވި އެވެ.
"މި ރަށުގައި ތިބޭ ފުލުހުންނާއި ރައްޔިތުން ނުކުމެ ވެލި ބަސްތާ ޖަހީ. އެހެންވެ ގޭގެ އަށް ފެން ވަނަނުދީ ހުއްޓުވުނު."
— Kinbidhoo (@kibidhoo) July 15, 2019
ކިނބިދުއަށް އުދަ އެރި މަންޒަރު ފެންނަ ވީޑިއޯތައް ހިމެނޭ ޓްވީޓެއް
ކިނބިދޫގެ އިތުރުން ތ. އަތޮޅުގެ އެހެން ރަށްރަށަށް ވެސް އިއްޔެ އުދަ އެރި އެވެ. އޭގެ ތެރޭގައި ތިމަރަފުށި، ދިޔަމިގިލި އަދި މަޑިފުށި ހިމެނެ އެވެ.
ތިމަރަފުށީ ކައުންސިލުން ބުނީ އެ ރަށުގެ އެއާޕޯޓްގެ ރަންވޭ އާއި ބައެއް މަގުތަކުގައި ވެސް އުދައިގެ ސަބަބުން ފެން ބޮޑުވި ކަމަށެވެ.
ތިމަރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިބްރާހީމް ވިދާޅުވި ގޮތުގައި އުދަ އަރާނެ ކަމަށް ބެލެވުމުން އެރަށުގައި ވެސް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އޮތީ އަޅައިފަ އެވެ.
އުދަ އެރުމުގެ ސަބަބުން ތިމަރަފުށީގައި ފެން ބޮޑުވެފައި
"މިރަށުގައި މިވަގުތު އެބަ އޮތް އެމްޓީސީސީގެ ހައިމާކެއް [އެކްސްކަވޭޓަރެއް]، އެހެންވެ ރައްކާތެރި ފިޔަވަޅު އަޅަން ފަސޭހަވި. އުދަ އަރާނެ ކަމަށް ބެލެވޭ ދިމަ ދިމާގައި އަޅުގަނޑުމެން ވެލިފުނި ޖެހިން،" އޭނާ ވިދާޅުވި އެވެ.
ދިޔަމިގިއްޔަށް އެރި އުދާގައި ވެސް އެއްވެސް ގެއެއްގެ ތެރެއަށް ލޮނު ވަދެފައެއް ނުވެ އެވެ.
މަޑިފުށީ ކައުންސިލުން ބުނީ އެރަށުގައި އަލަށް ހިއްކައި، ނަމަވެސް މީހުން ދިރިއުޅެން ނުފަށާ އޮތް ސަރަހައްދުގެ 200 ވަރަކަށް ފޫޓު އެއްގަމަށް އުދަ އެރި ކަމަށެވެ. އެކަމަކު މީހުން ދިރިއުޅޭ ހިސާބަށް އުދައިގެ އަސަރެއް ނުކުރެ އެވެ.
ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އިއްޔެ މެދުރާއްޖެ ތެރެ އާއި ދެކުނުގެ އަތޮޅުތަކުގެ 20 ރަށަކަށް އުދަ އެރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެންމެ ބޮޑަށް އުދަ އެރިކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް ރިޕޯޓްކޮށްފައި ވަނީ ފ. ނިލަންދޫ، ތ. ތިމަރަފުށި، ކިިނބިދޫ، ގދ. ރަތަފަންދޫ އަދި އެ އަތޮޅު ފަރެސްމާތޮޑާ އިންނެވެ.
"ބައެއް ރަށްރަށުގެ މަދު ގެތަކަކަށް ފެން ވަން ކަމަށް މައުލޫމާތު ލިބިފައި ވަނީ. އެކަމަކު ގެއްލުމުގެ ތަފުސީލުތައް އަދި އަޅުގަނޑުމެންނަކަށް ނުލިބޭ. ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަކަށް ރިޕޯޓްކޮށްފައެއް ނެތް،" ހިސާން ވިދާޅުވި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓުން ލަފާކޮށްފައި ވަނީ މިއަދު ވެސް ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށެވެ.
ތ. އަތޮޅުގެ ބައެއް ރަށްރަށުން މިހާރު ވެސް ވަނީ އުދަ އަރާފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.
ތ. އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ
އޮކްސިޖަން ނުލިބިގެން މީހަކު މަރުވި މައްސަލައެއް ބަލަނީ
ތ. އަތޮޅު ކޮވިޑް ހާލަތު: ތިމަރަފުށިން ބަލި ފެނިއްޖެ
ކޮވިޑާއެކު ތ. އަތޮޅު ހާސްކަމުގެ ތެރެއަށް
ތިން އަތޮޅެއްގެ ރަށްތައް ގުޅާލަން އިއުލާންކޮށްފި
ވިއްސާރާގައި 43 ގެޔަކަށް ފެން ވަދެފައިވޭ: ޑީއެމްއޭ
ކިނބިދޫ-ވޭމަންޑޫ ގުޅާލަން ރައީސަށް ހަނދާންކޮށްދީފި
ރައީސް ޔާމީން ތ. އަތޮޅަށް މާދަމާ ވަޑައިގަންނަވަނީ
ޕްލާސްޓަރު ނައްޓާލަދޭން އާދޭސްކުރިން: އަަލަމް
ހޮސްޕިޓަލްގެ އިހުމާލެއްވާކަމަށް ގަބޫލެއް ނުކުރޭ