11 ޖުލައި 2019
ރާއްޖެ އަށް އާމްދަނީ ހޯދުމުގައި ބައިވެރި ނުވާ ބަޔަކު ތިބުމަކީ އެކަމުގެ ސަބަބުން އިގުތިސާދަށް ލޮޅުން އަރާނެ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް އާމްދަނީ ހޯދުމުގައި ބައިވެރި ނުވާ ބަޔަކު ތިބުމަކީ އެކަމުގެ ސަބަބުން އިގުތިސާދަށް ލޮޅުން އަރާނެ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މަސައްކަތް ކުރާ އުމުރުގެ އާބާދީ ބޮޑުވުމަކީ ތަރައްގީ އަށް އޮތް ފަހި ފުރުސަތެއް ކަމަށެވެ. އެހެން ނަމަވެސް މަސަައްކަތެއް ނުކޮށް މައިންބަފައިންގެ އެހީގައި ދިރިއުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުން ދިއުމަކީ ހިތާމައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ގައުމީ އާމްދަނީގައި ހިއްސާ ނުވާ ބަޔަކު ތިބުމަކީ އިގުތިސާދަށް ލޮޅުން އަރާނެ ކަަމެއް. ތަފާސްހިސާބުތަކަށް ބަލާއިރު މަތީ ސާނަވީ ނިންމާ އަންހެން ދަރިވަރުންނަށް ވުރެ ފިރިހެން ދަރިވަރުންގެ އަދަދު 2010 ވަނަ އަހަރުން ފެށިގެން ދަނީ މަދުވަމުން. އަދި އަހަރުން އަހަރަށް އެ ފަރަގު ބޮޑުވަމުން ދިއުމަކީ ގައުމީ ތަރައްގީ އަށް އެޅޭ ވަރަށް ބޮޑު ހިޔަންޏެއް،" ރައީސް ވިދާޅުވިި އެވެ.
އެމަނިކުފާނު ވިދާޅުވީ މަސައްކަތް ކުރާ އުމުރުގެ މީހުން ގިނަވުމަކީ އޮޓަމެޓިކުން ގައުމު ތަރައްގީވާނެ ސަބަބެއް ނޫން ކަމަށާއި ގައުމު ތަރައްގީ ވާނީ ވީހާ ގިނަ ބަޔަކު އަމަލީ މައިދާނަށް ނިކުމެގެން ކަމަށެވެ. އަމަލީ މައިދާނަށް ނުކުންނަ މީހުން އަމިއްލަ މަސައްކަތްތައް ކުރުމަށް މަގު ފަހިކޮށްދިނުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިކަންތައްތައް ކުރުމަށް ޓަކައި އެންމެ މުހިއްމު އެއް ކަމަކީ ރަސްމީ ތައުލީމީ ނިޒާމާއި މަތީ ތައުލީމީ ނިޒާމާ އެކު އެކީގައި މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ ސިޔާސަތު ހަރުދަނާ ކުރުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެނޫން ގޮތަކަށް މަސައްކަތްކޮށްގެން އާބާދީއާ ފައިހަމަވާ މިންވަރަށް އިގުތިސާދު ކުރި ނޭރުވޭނެ ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މީހުންގެ ސަބަބުން ވެސް އިގުތިސާދަށް ފައިދާތަކެއް ކުރާ ކަމަށާއި އެހެން ނަމަވެސް އެ މީހުންގެ ސަބަބުން އާމްދަނީގެ ބޮޑުބައެއް ރާއްޖޭން ބޭރަށް ގެންދެވޭ ކަމަށެވެ. އެއީ ހައްލެއް ހޯދަން ޖެހިފައިވާ ކަމެއްގެ ގޮތުގައި ރައީސް ފާހަަގަކުރެއްވި އެވެ.
"ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަ ކުރާނެ ދިވެހިންތަކެއް އުފެދިގެން ނޫނީ ރާއްޖެ އަށް ލިބޭ އާމްދަނީ ގާދޫކޮލުން ބޭރުވިޔަ ނުދީ ހިފެހެއްޓޭނެ ގޮތެއް ނެތް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީ އާއި ތަރައްގީ އަށް އައިސްފައިވާ ބަދަލުތަކާ ބެހޭ ގޮތުން އެކުލަވާލާފައިވާ ރިޕޯޓެއް މިރޭގެ ޖަލްސާގައި ރައީސް އިފްތިތާހުކޮށްދެއްވި އެވެ.
އިކޮނޮމިކް ސްޓިމިއުލަސް އަކީ ކޮބާ؟
އާމްދަނީ ބޭރަށް ދާ މައްސަލަ ހައްލުކުރަން ޖެހޭ
އިގުތިސާދު ދިރޭނީ ޒުވާނުންގެ ދައުރު ފުޅާކޮށްގެން:ރައީސް
އަމްރަށް ގޯސްވި މިސްރާބަށް މާލީއިދާރާތަކުން ތައުރީފްކުރި
"ޒުވާނުން ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ"
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ސަގާފީ ޓޫރިޒަމަށް ވިސްނަން ރައީސް އެދިވަޑައިގެންފި
މިނިމަމް ވޭޖާއެކު، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި
އިތުރު ވަޒީފާތައް ގެއްލި، ކުދި ވިޔަފާރިތައް ފުނޑިދާނެ
ދައުލަތް ދަރާފާނެ ކަމަށް އިހުސާސް ކުރެވޭ: ނަޝީދު