Roadha Mihaaru
އޮޅުން ބޮޅުން: ހިންގުމުގެ ދޯދިޔާކަން

އޮޅުން ބޮޅުން: ހިންގުމުގެ ދޯދިޔާކަން

09 ޖުލައި 2019

ސަރުކާރުގެ ތަފާތު މުއައްސަސާތަކުގެ ހިންގުމުގެ ދޯދިޔާކަން މިހާރު ވަރަށް ގިނައިން އަޅުގަނޑުމެންނަށް ފެންނަމުން އެބަ ދެ އެވެ. ނަމަވެސް މި ޒަމާނުގައި ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރަނީ ކުރިއާ ޚިލާފަށް މި ޒަމާނުގެ ތަޢުލީމުގެ ތަފާތު ކޯސްތައް ހަދާފައި ތިބި މީހުންނެވެ. އެންމެ ކުޑަމިނުން ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށްފައި ތިބި މީހުންނެވެ. ޑިގްރީ ކޯސް ހަދާފައި ތިބި މީހުން ވެސް އޮފީހުގެ މަސައްކަތުގައި ވަރަށް ގިނަ އެވެ. ޑަބަލް ޑިގްރީ ކޯސް ހަދައިފައި ތިބި މީހުން ވެސް ވަރަށް ގިނަ އެވެ. ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައި ތިބި މީހުން ވެސް ބައިވަރެވެ. ވަޒީފާތަކަށް މީހުން ނަގަނީ މި ހުރިހާ ކަމަކަށް ބަލައިފަ އެވެ. މިހެންވުމާ އެކު ސަރުކާރުގައި މަސައްކަތް ކުރާ މީހުންގެ އިލްމީ ހުނަރު ވެރިކަން ވަނީ ކުރީގެ ދުވަސްތަކާ އަޅާބަލާ އިރު ސަތޭކަ ޕަސެންޓް އިތުރުވެފަ އެވެ. ކުރީ ޒަމާނުގައި މަސައްކަތުގެ މާޙައުލުގައި އުޅޭ ގިނަ މުއައްޒަފުންނަކީ ސަނަދު ނަގައިގެން ވަޒީފާ ހޯދާ މުވައްޒަފުންނެވެ. މިހެންވުމާ އެކު އެ މީހުންގެ މަޢުލޫމާތުގެ މުއްސަނދިކަމާ މެދު ވަރަށް ގިނަ ފަރާތްތަކުން ދެކެމުން ދިޔައީ ހަމައެކަނި އެ މީހުން އެ ހޯދާ ސެޓްފިކެޓް ހާސިލްކުރެވޭ ވަރަށް މަޢުލޫމާތު ލިބިފައި ހުންނަ ކަމަށެވެ. އޭގެ މާނަ އަކީ ވަށައިގެންވާ މަޢުލޫމާތު އެނގުމުގެ އުނިކަމެއް ހުންނަ ކަމެވެ. އެހެންނަމަވެސް އެ މީހުންގެ ވަފާތެރިކަމާއި، ހަވާލުކުރެވޭ މަސައްކަތެއް ކުރުމަށް ފަރުވާ ބެހެއްޓުމާއި، އެ މީހުންގެ ވެރިންނަށް އިޙްތިރާމް ކުރުމާއި، ގަޑިއަށް ފަރުވާ ބެހެއްޓުމާ މެދު އެއްވެސް މީހަކު އެ މީހުންނާ ދިމާއަށް އިނގިލި ދިއްކުރުމުގެ ފުރުސަތެއް ނުދެ އެވެ. އެ ޒަމާނުގައި މިހެން ވާން ޖެހޭ ސަބަބަކީ ވަޒީފާތައް މަދުވުމާ އެކު ވަޒީފާ ގެއްލިއްޖެ ނަމަ އަލުން ރަނގަޅު ވަޒީފާއެއް ހޯދުމުގެ ދަތިކަން ބޮޑުކަމުން ކަމަށް ވެސް ވެދާނެ އެވެ. ނޫން ނަމަ އެ ޒަމާނުގައި އެމީހުންގެ ޢާއިލާ އިން ބަންދު ވެފައި އޮތް މުޖުތަމަޢުއެއްގައި އެ މީހުން ބޮޑުކޮށްފައި ހުރި ހަރުކަށި އަހުލާގީ މިންގަނޑުގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ.

ގިނަ މައުލޫމާތު ހޯދައި އުނގެނުމަށް ފަހު ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތް ކުރާ މީހުންގެ ހިންގުމުގެ ފެންވަރުން ގިނަ ރައްޔިތުންނަށް އެ މީހުން އެދޭ ފަދަ ބަދަލެއް ފެންނަ ކަމަކަށެއް ނުވެ އެވެ. ޚާއްސަކޮށް ޚިދުމަތް ދިނުމުގަ އެވެ. ހިންގުމުގެ ކުޅަދާނަކަމެއް ފެންނަން ވާނީ ރައްޔިތުންނަށް އެ މީހުން ދޭ ޚިދުމަތުންނެވެ. އަވަސް މިނުންނެވެ. ބޭނުމަކު ދިއުމުން އެކަމެއް ކުރެވޭނެ ގޮތް އެއްފަހަރާ ސާފު ކޮށްދިނުމުންނެވެ. ތެދުފުޅެކެވެ. ބައެއް ތަންތަނުން އިލެކްޓްރޯނިކް ކޮށް ފޯމްތައް ލިބެން ހުރެ އެވެ. އަދި ބޭނުންވާ ތަކެއްޗާ އެކު ފޯމް ހުށައެޅެން އޮވެ އެވެ. އެ އަށް ފަހު އެ ހުށައަޅާ ފޯމެއްގެ ޖަވާބު ލިބެނީ "ބަގަލާ ބޯޓަކުން ދަތުރު ކުރާ" ގޮތަށެވެ. އެހާ ލަހުން އެތައް ދުވަހަކުންނެވެ. ނުވަތަ އެތައް މަހަކުންނެވެ.

ސަރުކާރުގެ އޮފީހަކަށް ސިޓީއެއް ލިޔެގެން އަޅުގަނޑަށް ކުރެވުނީ ވަރަށް ހިތި ތަޖުރިބާއެކެވެ. އެއް ސިޓީ ލިއުނީ ފުލުސް އޮފީހަށެވެ. އަޅުގަނޑު ސިޓީ ލީ ފަހުން މަދުވެގެން ހަތަރު ފަހަރު ނުވަތަ ފަސް ފަހަރު ޕޮލިސް ކޮމިޝަނަރު ވަނީ ބަދަލުވެފަ އެވެ. އަޅުގަނޑުގެ ކައިރިިން ހޭ ވެސް އަހާ ނުލަ އެވެ. ހަމަ އެކަމާ ގުޅިގެން އަޅުގަނޑު މިނިސްޓްރީ އަށް ސިޓީއެއް ލީމެވެ. އަޅުގަނޑަށް ޖަވާބެއް ނުދެއްވަ އެވެ. ސަރުކާރު ބަދަލުވުމުން މިނިސްޓަރާއި އޭނާގެ އިސް އޮފިސަރުން ވެސް ވަނީ އެހެލައިފަ އެވެ. އެކަމަކު އަޅުގަނޑަށް އޭނާ ޖަވާބެއް ނުދެއްވި ގޮތަށް އަމަލީ ގޮތުން ކަންތައް ކުރެއްވި ހެން ހިއެއްނުވެ އެވެ. އަޅުގަނޑު އެދުނު ގޮތާ ދިމާ އިދިކޮޅަށް ކަންތައް ކުރެއްވުމެވެ.

އޮފީސްތަކަށް ފޯނުން ގުޅޭނެ ނަންބަރެއް ވަރަށް ގިނަ ތަންތަނުން ދެ އެވެ. އެ ނަންބަރަށް ފޯނު ކުުރުމުން ބައެއް ތަންތަނުގައި ޖަވާބު ދިނުމުގެ ކިޔޫއެއްގައި ވަރަށް ގިނައިރު ވާންދެން އިންތިޒާރު ކުރަން ޖެހެ އެވެ އެެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވަނީ ފޯނު ރިންގްވާ އަޑު އެތައް މިނެޓެއް ވާންދެން އިވޭ އިރު ވެސް ފޯނަށް ޖަވާބު ނުދިނުމުގެ މައްސަލަ އެވެ. ކީއްވެތޯ އެވެ؟

ފަހަކަށް އައިސް ވަރަށް ގިނައިން އިވޭ އަޑަކީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެ ބޭފުޅުންގެ ވަޒީފާ އަށް ނުކުމެވަޑައިނުގެން މުސާރަ ނަންގަވާ ވާހަކަ އެވެ. ޚަބަރުތަކުން ފެންނަ ގޮތުގައި ނުސީދާކޮށް ކުށްވެރިއަކަށް ހަދަނީ ހައްގު ނޫން މުސާރަ ނަގާ ވެރިޔާ އެވެ. ޚަބަރު ލިޔެފައި އޮންނަނީ ނުވަތަ ޚަބަރު ކިޔަނީ އޭނާގެ ބޮލުގައި އިލްޒާމް އެޅޭ ގޮތަށެވެ. ސަރުކާރުގެ ގަވައިދުތައް ބުނާ ގޮތުން އޮފީހަށް ނުނުކުން ނަމަ، ނުނުކުންނަ މަޤްބޫލު ސަބަބު ދައްކަން ޖެހެ އެވެ. މަޤްބޫލު ސަބަބެއް ނުދައްކާ އޮފީހަށް ހާޒިރު ނުވެއްޖެ ނަމަ ސަރުކާރުގެ އާއްމު ގަވައިދު ބުނާ ގޮތުން އެ ދުވަހު އޭނާ އޮފީހަށް ހާޒިރެއް ނުވެ އެވެ. އޮފީހަށް ހާޒިރުނުވާ މީހަކަށް މުސާރަ ލިބިގެން ނުވާނެ އެވެ. މިނިވަން މުއައްސަސާއެއްގައި މަސައްކަތް ކުރައްވާ ދެ ވެރިއަކަށް އޮފީހަށް ޙާޒިރު ނުވެ އެތަކެއް މަހެއް ވާންދެން މުސާރަ ދިން ކަމަށް ވެ އެވެ. އެއީ ތެދު ވާހަކައަކަށް ވާ ނަމަ މުސާރަ ދިނުމުގެ ކަންތަކާ ހަވާލުވެގެން ތިބި ވެރިންގެ ކިބައިން އެ ގެއްލުނު ރައްޔިތުންގެ ފައިސާ ސަރުކާރަށް ހޯދަން ޖެހެ އެވެ. އެ ގޮތަށް ކަންތައް ހިނގި ނަމަ އެކަން އެގޮތަށް ހިނގީ އޮފީހުގައި އިސް ވެރިއަކަށް ހުރި މީހެއްގެ ވެސް އިހުމާލުންނެވެ. އޭނާއާ މެދު ވެސް ފިޔަވަޅު އެޅެން ޖެހެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ދިން ނާޤާބިލު ކަމުގެ ޕެންޝަން، މި ސަރުކާރުން އަދި ދޭން ނުފަށާތީވެ އެފަދަ ޕެންޝަނެއް ވެސް ވެރިއަކަށް ދީފައި ގެއަށް ފޮނުވާ ލެވޭކަށް ނުއޮންނާނެ އެވެ. ގަވައިދާ ޚިލާފަށް ކަންތައް ކުރާ ފަރާތްތަކާ މެދު ކަނޑައެޅިފައި އޮންނަ ގޮތަށް ފިޔަވަޅު އެޅެންވީ އެވެ. ޕާޓީއެއް ރައްޓެއްސެއް، އަވައްޓެރިއެއް، ތިމާގެ މީހެއް، ބެލުމެއް ނެތި އެވެ. އެ ގޮތަށް ކަންތައްތައް ނުހިނގާހާ ހިނދަކު ސަރުކާރުގައި މަސައްކަތް ކުރާ މީހުން މަސައްކަތުގައި ފަރުވާ ކުޑަކުރުމާއި އުފުލަން ޖެހޭ ޒިއްމާ އުފުލުން ހަރުދަނައެއް ނުވާނެ އެވެ. ރައްޔިތުންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ލިބޭ ގެއްލުން ކުޑައެއް ނުވާނެ އެވެ.

ވަޒީފާ އަށް ޙާޒިރު ނުވެ މުސާރަ ނެގި ކަމަށް ބުނާ މައްސަލަ އަކީ ތެދު މައްސަލައަކަށް ވާ ނަމަ އެ ކަމުގައި ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއްގެ އިހުމާލު ވެއެވެ. އޯޑިޓު އޮފީސް ހިމޭނުން އޮތީ ކީއްވެތޯ އެވެ؟ އެހާ ގިނަ ދުވަސް ވާންދެން އެ ގޮތަށް އެކަން ހިނގި ކަމަށް ވާ ނަމަ ފައިނޭންސް މިިނިސްޓުރީގެ ކޮންމެވެސް ބަޔަކަށް ވެސް އެކަން އެނގިފައި އޮތުން އެކަށީގެން ވެއެވެ. އެ ގޮތަށް އެކަން ނުހިނގާ ނަމަ ބައެއްގެ އަބުރަށް އަރައި ގަތުމަކީ ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. ފައިބައިގެންދާ "ކަތީބު" ފަލީހަތް ކުރަން ޖެހި މަޅީގައި އެމީހުން މަސައްކަތް ކުރި އޮފީސްތައް މިއޮތީ ރަނގަޅަށް ޖެހިފަ އެވެ. އެ އޮފީސްތަކުގައި މަސައްކަތް ކުރަނީ ސަރުކާރުގެ މަސައްކަތް ކުރަން ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށްތޯ ބަލަން ޖެހޭ ފަރާތްތައް އިހުމާލުވެފައިވާ ކަން މި އޮތީ ފަޅާއަރާފަ އެވެ. މި ފަހަރު މި ކަމުގައި ހިމެނޭ ކަމަށް އަޅުގަނޑުމެންނަށް ޚަބަރު ލިބިފައި މި ވަނީ މުސްތަޤިއްލު ދެ މުއައްސަސާއެކެވެ. މިހެން ވުމާ އެކު އެ ތަންތަނުގައި ކަންތައްތައް ހިނގަނީ ރަނގަޅަށްތޯ ބަލަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ކަމަށް ބައެއް މީހުންނަށް ހީވެ ދާނެ އެވެ. ރައްޔިތުންގެ މަޖިލީހުން ބަލަނީ ވަކި ކަހަލަ ކަންތައްތަކެވެ. ދުވަހުން ދުވަހަށް އެތަން ތަނުގައި ހިނގާ ކަންތައްތައް ހިނގަނީ ސަރުކާރުގެ ޢާއްމު ޤަވައިދުތަކާ އެއްގޮތަށްތޯ ބެލުމަކީ އެކަން ކަން ރަނގަޅަށް ހިނގާތޯ ބެލުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އޮފީސްތަކުގެ ޒިއްމާއެކެވެ.

އަޅުގަނޑުމެން ގޮވާލަނީ މި މައްސަލައިގައި ޝާމިލުވާ އޮފީސްތަކުގެ މަސައްކަތުގެ ރަނގަޅު އޯޑިޓެއް ކުރުމަށެވެ. އޮފީހުގެ މަސައްކަތަށް ނުނުކުންނަ މީހުންނަށް މުސާރަ ދޫކުރި އޮފީސްތަކާ މެދު ހަވާލުކުރި މަސައްކަތަށް އިހުމާލު ވުމުގެ ފިޔަވަޅު އެޅުމެވެ. އަދި ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ އިން ހައްގު ނޫން ފަރާތްތަކަށް މުސާރަ ދިން ފަރާތްތަކުން އެ ފައިސާ އަނބުރާ ހޯދުމަށް ޝަރީޢަތަށް ފޮނުވުމެވެ. މިކަހަލަ ކަންތައްތައް ތަކުރާރު ވިޔަ ނުދިނުމަށެވެ.