06 ޖުލައި 2019
ކޮލަމްބޯ (ޖުލައި 6) - ލަންކާގައި މަރުގެ އަދަބު ދިނުން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ފަސް ކުރަން އެ ގައުމުގެ ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ކޮލަމްބޯ (ޖުލައި 6) - ލަންކާގައި މަރުގެ އަދަބު ދިނުން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ފަސް ކުރަން އެ ގައުމުގެ ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުން މި ގޮތަށް ނިންމި އިރު ލަންކާގައި މަރުގެ އަދަބު ދިނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ވަނީ 10 ޕެޓިޝަން ހުށަހަޅައިފަ އެވެ.
ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ހަތަރު މީހަކަށް މަރުގެ އަދަބު ދިނުމުގެ ލިޔުމުގައި ސޮއި ކުރައްވައިފަ އެވެ. ނަމަވެސް ކޯޓަށް ހުށަހެޅި ބައެއް ޕެޓިޝަންތަކުގައި ބުނެފައި ވަނީ އެންމެ ހަތަރު މީހަކަށް މަރުގެ އަަދަބު ދިނުމަކީ އެންމެންނާ މެދު އެއްހަމައަކުން ކަންކުރުމަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާ ޚިލާފު ކަމެއް ކަމަށެވެ.
އެޓާނީ ޖެނެރަލްގެ ބަދަލުގައި ސުޕްރީމް ކޯޓުގައި ތަމްސީލް ކުރެއްވި ޑިޕިއުޓީ ސޮލިސިޓާ ޖެނެރަލް ވިދާޅުވީ މަރުގެ އަދަބަކީ ސްރީ ލަންކާގެ ގާނޫނުތަކުގައި ކަނޑައަޅާފައިވާ އަދަބެއް ކަމަށެވެ. އެހެންވެ ރައީސްގެ ނިންމެވުން އަސާސީ ހައްގަކާ ޚިލާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ޕެޓިޝަންތަކާ މެދު އޮކްޓޯބަރު މަހު 29 ވަނަ ދުވަހު ގޮތެއް ނިންމުމަށެވެ. އެހެންވެ އޮކްޓޯބަރު 30 ގެ ކުރިން މަރުގެ އަދަބު ތަންފީޒް ނުކުރަން ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
ސިރިސޭނާގެ އޮފީހުގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒް ކުރަން ރައީސް ބޭނުންފުޅު ވަނީ ޑްރަގު ވިޔަފާރި ކުރާ މީހުންނަށް ވަރުގަދަ މެސެޖެއް ދިނުމުގެ ގޮތުން ކަމަށެވެ.
ސިރިސޭނާ ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ 200،000 މީހުން ލަންކާގައި އެބަތިބި ކަމަށާއި ލަންކާގެ ޖަލުތަކުގެ އާބާދީގެ 60 ޕަސެންޓަކީ ޑްރަގާ ގުޅޭ ކުށްވެރިން ކަމަށެވެ.
ސްރީ ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒްކޮށްފައި ވަނީ، މީގެ 43 އަހަރު ކުރިން، 1976 ވަނަ އަހަރު އެވެ.
ލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރަން އަންހެނުން
ލަންކާގައި މަރުގެ އަދަބު ދިނުން އަނެއްކާވެސް ފަސްކޮށްފި
ސިރިސޭނާގެ ވެރިކަމުގައި މަރުގެ އަދަބު ދެވޭ ގޮތެއް ނުވި
ލަންކާގެ ގިނަ މީހުން މަރުގެ އަދަބަށް ތާއީދުކުރޭ: ސިރިސޭނާ
މަރުގެ އަދަބު އުވާލުމަކީ، ކުށްވެރިންނަށް ގައުމު ދިނުން
އަމިއްލަ ނަފްސު ވަނީ ނުރައްކަލުގެ ތެރޭގައި: ސިރިސޭނާ
މަރުގެ އަދަބާ ގުޅިގެން ސިރިސޭނާގެ ހަމަލާތައް އދ.އަށް
ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅު: ރަނިލް
ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅަށް ޕެޓިޝަނެއް
މަރުގެ އަދަބު ދިނުމުގެ އަމުރުގައި ސިރިސޭނާ ސޮއިކޮށްފި