Roadha Mihaaru
ލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރަން އަންހެނުން

ލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރަން އަންހެނުން ތަމްރީންކުރާނެ

18 މާޗް 2024

ސްރީ ލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރަން އަލުން ފަށާ ނަމަ، ކުށްވެރިން ދަންޖެއްސުމުގެ ވަޒީފާއަށް މިހާރު ނަގާފައި ތިބި ފިރިހެނުންގެ ބަދަލުގައި އަންހެނުން ތަމްރީނުކުރަން ވިސްނާނެ ކަމަށް ސްޓޭޓް މިނިސްޓަރު އޮފް ޖަސްޓިސް އެންޑް ޕްރިޒަން އެފެއާޒް އަނޫރާދާ ޖަޔަރަތުނޭ ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރަން އަލުން ފަށާ ނަމަ، ކުށްވެރިން ދަންޖެއްސުމުގެ ވަޒީފާއަށް މިހާރު ނަގާފައި ތިބި ފިރިހެނުންގެ ބަދަލުގައި އަންހެނުން ތަމްރީނުކުރަން ވިސްނާނެ ކަމަށް ސްޓޭޓް މިނިސްޓަރު އޮފް ޖަސްޓިސް އެންޑް ޕްރިޒަން އެފެއާޒް އަނޫރާދާ ޖަޔަރަތުނޭ ވިދާޅުވެއްޖެ އެވެ.

ލަންކާއިން 2019 ވަނަ އަހަރު ވަނީ ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރުމަށް ދެ މީހަކު ވަޒީފާއަށް ނަގައިފަ އެވެ. އެކަމަކު މިދިޔަ 44 އަހަރު ތެރޭ ވެސް ލަންކާގައި މަރުގެ ހުކުމެއް ތަންފީޒުކޮށްފައި ނުވާއިރު އެ މުވައްޒަފުން ތިބީ މަސައްކަތެއް ނެތިފަ އެވެ.

ދަންޖައްސައިގެން މީހުން މެރުމުގެ މަސައްކަތަށް ނެގި ދެ މުވައްޒަފުންގެ މުސާރަ އަކީ މަަހަކު 24،450 ރުޕީސް (80 ޑޮލަރު) އެވެ. އުމުރުން ސާޅީހަަކަށް އަހަރުގެ މި ދެ މީހުން ވަޒީފާއަށް ނެގި ނަމަވެސް އެއީ އެ ކަމުގެ ތަމްރީނެއް ވެސް އަދި ދީފައި ނެތް މީހުންނެވެ.

"މި ވަޒީފާގައި އަންހެނުން ނުތިބެންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. މިކަންތައް ކުރިއަށް ނުދާތީ، މި ސުވާލު ވެސް އަދި ނާންނަނީ. އެކަމަކު ކުރިއަށް އޮތް ތަނުގައި މީހުން ދަންޖައްސަން ފަށައިފި ނަމަ އެކަން ކުރުމަށް، ގާބިލް އަންހެނުން ނެރޭނަން،" ބުރާސްފަތި ދުވަހު އޮތް ޕްރެސް ބްރީފިންއެއްގައި ޖަޔަރަތުނޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލަންކާގައި އަންހެނުންނާއި ފިރިހެނުންނާ މެދު އަމަލުކުރަނީ އެއް ހަމަޔަކުން ކަމަށާއި އެހެންވެ މި ވަޒީފާ ވެސް އަންހެނުންނަށް އަދާކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މީހުން ދަންޖެއްސުމުގެ ވަޒީފާއަށް މީހުން ހޯދަން 2019 ވަނަ އަހަރު އިއުލާނުކުރި އިރު ސަރުކާރުން އިއުލާނުކުރީ އެ މަގާމަށް ފިރިހެނުން ހޯދުމަށެވެ.

ޕްރިޒަންސް ޑިޕާޓްމަންޓުން މި މަގާމަށް މީހުން ހޯދުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ކުރީކޮޅު ފެށީ ދަންޖެއްސުމުގެ މަސައްކަތްކުރާ މީހާއަށް، އެކަން ކުރުމަށް ކަނޑައަޅާފައި ތަން ފުރަތަމަ ފަހަރަށް ފެނުމާ އެކު ސްޓްރެސްވެ އެކަމުގައި ދެމިހުންނަން ބޭނުން ނުވާ ކަމަށް ބުނެ 2014 ވަނަ އަހަރު ވަޒީފާއިން ވަކިވުމުންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ވަޒީފާއަށް ނެގި މީހާ އޮފީހަށް ހާޒިރު ވެސް ނުވި އެވެ.