ސީރިޔާގެ ހަނގުރާމަ އަށް ފަހު، އެކި ކޭމްޕްތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
04 ޖުލައި 2019
ސީރިޔާގެ ހަނގުރާމަ އަށް ފަހު، އެކި ކޭމްޕްތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސީރިޔާ އަށް ގެންދިޔަ ގިނަ ދިވެހި އަންހެނުންނާއި ކުޑަކުދިންގެ ތެރޭގައި މަޖުބޫރުން ގެންދިޔަ މީހުން ވެސް ހިމެނޭ ކަމަށާއި އެ މީހުން އަނބުރާ ގެންނަން ޖެހޭ ކަމަށެވެ. އަދި އދ. އާއި އެހެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ސަރުކާރުން އެކަން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަމަކު އެއީ ކިހާ އަދަދެއްކަން އަޅުގަނޑަކަށް ވެސް، ސަރުކާރަކަށް ވެސް ނޭނގޭ،" ރައީސް ވިދާޅުވި އެވެ.
ސީރިއާގައި ހިނގަނީ ދާޚިލީ ހަނގުރާމައެއް ކަމަށާއި އެއީ ގައުމުތަކުގެ ބާރު ހިނގާ ސަރަހައްދެއް ނޫން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކެމޭޕްތަކުގައި ތިބި ދިވެހިންނާ ސަރުކާރުން ވާހަކަ ދައްކަމުން ދިޔައީ އާއިލާތައް މެދުވެރިވެ ފޯނުގެ ޒަރިއްޔާ އިން ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ސީރިއާގައި ތިބި ދިވެހިން ރާއްޖެ ގެނެސް މުޖުތަމައަށް އަނބުރާ ނެރޭނީ ހޭލުންތެރިކޮށްފައި ކަމަށް ރައީސް ވިދާޅުވި.
ރައީސް ވިދާޅުވި ގޮތުގައި އާއިލާތަކުން ދޭ މައުލޫމާތުތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމާއަތްތަ ވާހަކަ ދައްކައިގެން ވެސް ސީރިއާގައި ތިބި ދިވެހިންގެ މައުލޫމާތު އަންނަނީ ހޯދަމުންނެވެ. އެ މީހުން، އދ. ނުވަތަ ދިވެހި ސަރުކާރުގެ ބާރުފޯރާ ސަރަހައްދަކަށް ގެނެވޭތޯ ވެސް މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި އެވެ.
ސީރިއާގެ އެކި ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނާއި އަންހެނުން ގެނައުމަށް އޮތް ދައްޗަކީ ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ކުރިން ބުނެފައިވާ ގޮތުގައި، ކޮން ބައެއް ކަން އެނގޭނެ ފަދަ ލިޔެކިޔުންތައް ނެތުމެވެ. އެތަނުގައި ތިބި ކުދިންނަކީ ދިވެހި ރައްޔިތުންކަން ކަނޑައެޅުމުގައި ވެސް ދަތިތައް އެބަހުރި ކަމަށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފައިވެ އެވެ.
ރައީސް ވިދާޅުވީ އެ މީހުން ގެނެސް މުޖުތަމައަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ލަފާ ދެމުން އަންނަ ކަމަށެވެ.
"އެ މީހުން ގެނެވެން އޮތް ގޮތެއް ބަލައި އެންމެ އަވަހަކަށް ގެނެވޭތޯ މަސައްކަތްތަކެއް އެބަކުރަން. އަދި ޔޫއެންއެޗްސީއާރުން ވެސް އަދި އެހެން ގައުމުތަކުން ވެސް ބުނަނީ އެ މީހުން ގެނެސް ޑީރެޑިކަލައިޒްނުކޮށް ދޫކޮށްލުމަކީ މުޅި މުޖުތަމައަށް އޮތް ނުރައްކަލަކޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސީރިއާ އިން ގެންނަ މީހުން މުޖުތަމައަށް ނެރުމުގެ ކުރިން ހޭލުންތެރިކުރުމަށް ތަނެއް ހަދައި މީހުން ވެސް އަންނަނީ ތަމްރީން ކުރަމުންނެވެ.
ސީރިއާގެ ހަނގުރާމައިގައި ގިނަ އަދަދެއްގެ ދިވެހިން މަރުވެފައިވެ އެވެ. އެކަމަކު ސައްހަ އަދަދެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ވެސް މިހާތަނަށް ސާފެއް ނުވެ އެވެ.
ސީރިއާގައި ތިބި ދިވެހިން ހަތް މަސް ތެރޭ ގެންނަނީ
ރައީސް ވިދާޅުވަނީ ހަރުކަށި ފިކުރަށް ދޫދެއްވުމެއް ނެތް ކަމަށް
ސީރިޔާގައި ދިން އިންޓަވިއުއާ އެކު އިމްރާންގެ އިންޒާރެއް
ހަނގުރާމައަށް ދިވެހިން ފޮނުވާ މީހަކު ހައްޔަރުކޮށްފި
ޓެރަރިޒަމްގެ މައުލޫމާތު ސިއްރު ކުރުން ކުށަކަށް ހަދަނީ!
މަރާލި ޒުބޭރު ސީރިއާއަށް ދިޔައީ އާއިލާ ވެސް ގޮވައިގެން
ސީރިއާ އަށް ދާން އުޅުނު މީހަކު މާލޭ ބަންދަށް
ދިވެހިން ބައިވެރިވެގެން ދިވެއްސެއްގެ ބޯ ކަނޑާލައިފި
އިޒްރޭލުން ގޯލާން އާބާދުކުރުން ރާއްޖޭން ކުށްވެރިކޮށްފި
ސީރިޔާ-ތުރުކީއަށް ރާއްޖެއިން އެއް މިލިއަން މަސް ދަޅު