Roadha Mihaaru
މިޔަރު އުރަހަތަކެއް ހޯދައި ފުލުހުން މައްސަލަ ބަލަނީ

ލޮނު އަޅާފައި ހުރި މިޔަރު އުރަހަތަކެއް ފުލުހުން ހޯދައި މައްސަލަ ބަލަނީ

09 ސެޕްޓެމްބަރ 2016

ހދ. ކުޅުދުއްފުށީގައި ބަޔަކު ގަވައިދާ ހިލާފަށް ހިފައި، ލޮނު އަޅާފައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ މިޔަރު މަހާއި އުރަހަތަކެއް ފުލުހުން ހޯދައި، އެ މައްސަލަ ބަލަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހދ. ކުޅުދުއްފުށީގައި ބަޔަކު ގަވައިދާ ހިލާފަށް ހިފައި، ލޮނު އަޅާފައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ މިޔަރު މަހާއި އުރަހަތަކެއް ފުލުހުން ހޯދައި، އެ މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުސް އޮފީހުން މިއަދު ބުނިގޮތުގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ފިޝަރީޒް މިނިސްޓްރީންނެވެ.

މިނިސްޓްރީން ބުނީ މި މައްސަލަ ހުށަހެޅުމާ ގުޅިގެން، ކުޅުދުއްފުށީ އުތުރުކޮޅުގައި އޮންނަ ލޮނު މަސްއަޅާ ސަރަހައްދަށް ފުލުހުން ދިޔައިރު، އެތަނުގެ އަށިތަކެއްގެ މަތީގައި 92 އުރަހަ އާއި ގިނަ އަދަދެއްގެ މިޔަރު މަސް، ލޮނުއަޅައި ހިއްކަން ބަހައްޓާފައި ހުރި ކަމަށެވެ.

ވިޔަފާރީގެ ގޮތުގައި ބޭނުން ކުރަން ތައްޔާރުކޮށްފައި ހުރި މިތަކެތި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

މިޔަރުގެ މަސްވެރިކަން ކުރުމާއި އެ ތަކެތީގެ ވިޔަފާރި ކުރުން ރާއްޖޭގައި މަނަލެވެ. އެކަމަކު އޭގެ ކުރިން ކުޅުދުއްފުށީގައި މިޔަރުގެ މަސްވެރިކަން ވަރަށް އާންމެވެ.