02 ޖުލައި 2019
ގދ. ތިނަދޫގައި ހުރި އާސާރީ ގިނަ ތަންތަން "ސުންނާފަތިކޮށްލާފައިވާ" ކަމަށް ވިދާޅުވެ، ބާކީ ހުރި ތަންތަން ހިމާޔަތްކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣްނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ހުވަދޫ ބަހުން މިއަދު ގޮވާލައްވައިފި އެވެ.
ގދ. ތިނަދޫގައި ހުރި އާސާރީ ގިނަ ތަންތަން "ސުންނާފަތިކޮށްލާފައިވާ" ކަމަށް ވިދާޅުވެ، ބާކީ ހުރި ތަންތަން ހިމާޔަތްކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣްނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ހުވަދޫ ބަހުން މިއަދު ގޮވާލައްވައިފި އެވެ.
މިއީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން، ހުވަދޫ ބަހުން ދެ މެމްބަރުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އަދި ރަށު ބަހުރުވައަކުން މެމްބަރަކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރު ވެސް މެ އެވެ. އެގޮތުން މިއަދުގެ ބަހުސްގައި އެންމެ ފުރަތަމަ ހުވަދޫ ބަހުން ވާހަކަ ދެއްކެވީ މުޣްނީ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ސަގާފީ ތަރިކައިގެ ބިލަށް ބަހުސް ކުރައްވަމުން، މުގްނީ ވިދާޅުވީ ތިނަދުއަކީ ދައުލަތަކުން ސުންނާފަތިކޮށްލާފައިވާ ރަށެއް ކަމަށެވެ. އެކަމުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުސްކުޅިން މަރައި އާސާރީ ތަކެތި ހަލާކުކޮށްލީ އިބްރާހިމް ނާސިރުގެ ދައުލަތުގައި. އެހެންވެ، މިފަދަ ބިލެއް މާ ކުރިން އޮންނަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މުޣްނީ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުޣްނީއާ ސަލާމް ކުރައްވަނީ. --ފޮޓޯ/އެމްޑީޕީ
އޭނާ ވިދާޅުވި ގޮތުގައި ތިނަދޫން ނައްތާލި އެއްވެސް އެއްޗެއްގެ ބަދަލު ނުވަތަ ފައިސާ ނުވަތަ ތަކެއްޗެއް ވެސް ލިބިފައެއް ނެތެވެ. އަދި އެ ތަންތަން ހަދަން އެއްވެސް ބަޔަކު މަސައްކަތް ނުކުރުމުގެ ނަތީޖާއަކީ އާސާރީ އެއްވެސް އެއްޗެއް ރަށުގައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ފަހަކާ ޖެހެންދެން ތިނަދޫގައި ހުރި އާސާރީ ވަޅެއް. އެ ވަޅު ވެސް ވޭތުވެދިޔަ ސަރުކާރުން ތަޅާލީ. އެ ތަނުގެ ކައިރީގައި ހުރި މިސްކިތެއް ވެސް ތަޅާލީ ކަޅުވަކަރު މިސްކިތް ގެންނަނީއޭ ކިއާފައި،" ތިނަދޫގައި ހުރި އާސާރީ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދިން ކަން ފާހަގަކުރައްވައި މުޣްނީ ވިދާޅުވި އެވެ.
އެހެންވެ އޭނާ ވަނީ ކައުންސިލްތަކަށް ބަޖެޓު ދީގެން ނަމަވެސް، އާސާރީ ތަންތަން ހިމާޔަތް ކުރުމުގެ މުހިންމު ކަން ފާހަގަކުރައްވައިފަ އެވެ. އަދި އެފަދަ ތަންތަން ހަލާކުކުރާ މީހުންނަށް ފިޔަވަޅު އެޅޭ ގޮތަށް ބިލް ފަރުމާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސަނީފް ވިދާޅުވީ ތިނަދުއަކީ ގުދުރަތީ ގޮތުންނާއި އާސާރީ ގޮތުންނާއި ސަގާފީ ގޮތުން ވެސް ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައި އޮތް ރަށެއް ކަމަށެވެ. އެގޮތުން ތިނަދޫގެ މުޅި އާސާރީ ހަޔާތާއި ތާރީހް ނެތިކޮށްލީ 60 އަހަރު ކުރިން ދައުލަތުގެ ބޮޑު އިހުމާލަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރުމެންނަކީ ވަކި ތަނަކުން ރާއްޖެ އަށް އައި ބައެއް ނޫން. އަހަރުމެންނަކީ ވަކި ދަރިފަސްކޮޅަކަށް އުފަން ރާއްޖޭގެ ރައްޔިތުންތަކެއް،" ---ސަނީފް
ސަނީފް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތިނަދޫގައި ހުންނަ "ހުޑެކުޑޭ" މިސްކިތް ތަޅާލީ އަންހެން ކުއްޖެއްގެ އިއްފަތްތެރިކަން ފޭރުނު ކަމަށް ބުނެ އެވެ. އޭރު އެކަންކަމާ ހަވާލުވެ ތިއްބެވީ މިހާރު ހެރިޓޭޖް މިނިސްޓްރީގައި އިސްކޮށް އުޅުއްވި ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ބަހުސްގައި އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ސަނީފް ވަނީ ތިނަދޫ ބަހަށް "ގައުމީ ލެވަލެއްގެ ދަރަޖަ" ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ ގައުމީ ބަހަކީ ހަމައެކަނި މާލެ ބަސް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރަސްމީ ބަހެއްގެ ގޮތުގައި ހުވަދޫ، ފުވައްމުލަކު އަދި އައްޑޫ ބަސް ހަދަން ޖެހޭ ކަމަށެވެ.
"އަހަރުމެންނަކީ ވަކި ތަނަކުން ރާއްޖެ އަށް އައި ބައެއް ނޫން. އަހަރުމެންނަކީ ވަކި ދަރިފަސްކޮޅަކަށް އުފަން ރާއްޖޭގެ ރައްޔިތުންތަކެއް،" ސަނީފް ވިދާޅުވި އެވެ.
އޭނާ ގޮވާލެއްވީ ތިނަދޫ މީހުން ބޭލި ގޮތް ފިލްމެއްގެ ގޮތުގައި ފަހުގެ ޖީލުތަކަށް ދެއްކުމަށް ކައުންސިލުން އިސް ނަގައިގެން ކުރި މަސައްކަތަށް އެއްބާރުލުން ދިނުމަށެވެ.
ތިނަދޫން މީހުން ބޭލި ހާދިސާގެ މައްޗަށް އުފައްދާ "1962: ތެނަދޫ"ގެ މަސައްކަތް ހުއްޓުވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީންނެވެ. ރާއްޖޭގެ ތާރީހުގެ މުހިއްމު ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމު ޕްރޮޑިއުސްކުރަން އުޅުނީ ކައުންސިލްގެ އިތުރުން ޑައިރެކްޓަރު އަބްދުލް ފައްތާހެވެ.
"ފިކުރެއްގެ ދިރުން"އަށް ފިޔަވަޅުއަޅަން ގޮތެއް ނުނިންމާ
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
49 ޕަސެންޓު މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް
މަޖިލިސް ހަރާބުކުރެއްވި ކަމުގެ ތުހުމަތު އަފީފަށް
ނަފުރަތު ބިލާ އެމްޑީޕީގެ މެމްބަރަކު ވެސް ދެކޮޅު
ބާރުތައް މާލެ އަށް: އެމްޑީޕީގެ މެމްބަރުން ރަތަށް!
ނަޝީދުގެ ފޮޓޯއާ ހެދި އާޒިމާއި ޖަމީލްގެ ކުރިމަތިލުމެއް!
ބަރުލަމާނީ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމް: ނަޝީދު
އަންނަ މަހު އިންކަމް ޓެކްސް ނަގަން ފަށަން ފާސްކޮށްފި
ޝިފްލާ ކަޓުވާލައި އެމްޑީޕީން ބޭނުމީ އަލީ ޔޫސުފް ނަގަން