ޑައިރެކްޓަރު އިމްތިއާޒް އަލީ އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.
03 ޖުލައި 2019
ޑައިރެކްޓަރު އިމްތިއާޒް އަލީ އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.
އެ ފިލްމުގެ ނަން ރަސްމީކޮށް އަދި އިއުލާން ނުކުރި ނަމަވެސް މީޑިއާތަކުން ބުނީ ސާރާ އަލީ ހާނާއި ކާތިކް އާރިޔަން އަދި ރަންދީޕް ހޫޑާ މުހިއްމު ރޯލްތައް ކުޅޭ ފިލްމުގެ ނަމަކީ "އާޖް ކަލް" ކަމަށެވެ. އަދި މި ފިލްމަކީ ސާރާގެ ބައްޕަ ސައިފް އަލީ ހާނާއި ދީޕިކާ ޕަދްކޯން 2009 ގައި ކުޅުނު ކާމިޔާބު ފިލްމު "ލަވް އާޖް ކަލް" ގެ ވާހަކައިގެ އިތުރު ބައެއް ކަމަށްވެ އެވެ.
މި ފިލްމަކީ ކާތިކާއި ސާރާ، އިމްތިއާޒާ އެކީ މަސައްކަތް ކުރި ފުރަތަމަ ފިލްމަށް ވިޔަސް، ރަންދީޕް ވަނީ އާލިއާ ބަޓްއާ އެކު 2014 ގައި އިމްތިއާޒް ގެނެސް ދިން "ހައިވޭ" ގައި މަސައްކަތްކޮށްފަ އެވެ.
Kartik Aaryan, Sara Ali Khan and Randeep Hooda... Imtiaz Ali completes filming of his new film [not titled yet] in #HimachalPradesh today... The crew shot for 66 days in #Delhi, #Udaipur, #Mumbai and #HimachalPradesh... 14 Feb 2020 release. pic.twitter.com/sgq1wSCQJ8
— taran adarsh (@taran_adarsh) July 1, 2019
އާ ފިލްމާ އެއްވެސް ތަފުސީލެއް އިމްތިއާޒް މިހާތަނަށް ހާމައެއް ކުރެ އެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވާ ތަންތަނުގެ ތެރޭގައި ނިއު ދިއްލީ، އުދޭޕޫރް، މުމްބާއީ އަދި ހިމާޗަލް ޕްރަދޭޝް ހިމެނެ އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ގަ އެވެ.
އަބަދު ވެސް ލޯބީގެ އަސަރު ގަދަ ފިލްމުތައް ގެނެސް ދޭން ކުޅަނާނަ އިމްތިއާޒް އެންމެ ފަހުން ގެނެސް ފިލްމަކީ ޝާހްރުކް ހާނާއި އަނުޝްކާ ޝަރުމާއާ އެކު 2017 ގައި ގެނެސް ދިން "ހެރީ މެޓް ސޭޖަލް" އެވެ. އެކަމަކު އެއީ އިމްތިއާޒްގެ އެންމެ ބޮޑު ފްލޮޕެވެ.
އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު "މަލާލް" ގެ ޓައިޓްލް ލަވަ ދައްކާލައިފި އެވެ.
Feel the emotions of love with the heart warming, #EkMalaal ❤: https://t.co/51uUGiqpix#SLB @bhansali_produc @sharminsegal @meezaanj @itsBhushanKumar #ShailHada @Prashantingole1 #Malaal
— TSeries (@TSeries) July 1, 2019
މި ފިލްމަކީ ސަންޖޭ ލީލާ ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރުމިން ސޭގަލް އާއި އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅު މީޒާން ޖެފްރީ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމެވެ. ބެލުންތެރިންގެ އުންމީދުތަކާ ގުޅިފައިވާ ދެ ތަރިންގެ ފިލްމު ރިލީޒް ކުރާ ދުވަސް ކައިރިވަމުން އަންނަ ކުރިން ވެސް ވަނީ "މަލާލް" ގެ ބައެއް ލަވަތައް ދައްކާލައިފި އެވެ.
ޓައިޓްލް ލަވަ "އޭކް މަލާލް" ކިޔާފައި ވަނީ ސާހިލް ހަޅާ އެވެ. ލަވައިގެ މިއުޒިކް ހެދީ ބަންސާލީ އެވެ.
"މަލާލް" އަކީ ބަންސާލީގެ ފިލްމު ކުންފުނި ބަންސާލީ ޕްރޮޑަކްޝަނާއި ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
އަންނަ މަހު ރިލީޒް ކުރާ ފިލްމު "ޖަބަރިޔާ ޖޯޅީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
Trailer Out Now!! #JabariyaJodiTrailerhttps://t.co/nKeeVbHs8f@SidMalhotra @ektaravikapoor @RuchikaaKapoor @ShaaileshRSingh #PrashantSingh @ZeeMusicCompany #JabariyaJodiOn2ndAug
— Parineeti Chopra (@ParineetiChopra) July 1, 2019
މި ފިލްމަކީ ޕަރިނީތީ ޗޯޕްޅާ އާއި ސިދާތު މަލްއުތުރާ ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ. ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ޖަބަރިޔާ ޖޯޅީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޖާވިދު ޖެފްރީ، އަޕަރްޝަކްތީ ކުރާނާ، ރުސްލާން މުމްތާޒް، ސަންޖޭ މިޝްރާ އަދި ޗަންދަން ރޯއި ސަންޔާލް ހިމެނެ އެވެ.
މި ފިލްމަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، އަލަަށް ޑައިރެކްޝަނަށް ނުކުތް ޕްރަޝާންތު ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
"ޖަބަރިޔާ ޖޯޅީ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 2 ގަ އެވެ.
ފިލްމު "ޑަންގަލް" އިން ވިދައިލި ޒުވާން ބަޔަތާ ޒާއިރާ ވަސީމް ފިލްމު ކުޅުން ހުއްޓާލަން ނިންމައިފި އެވެ.
5 years ago I made a decision that changed my life and today I’m making another one that’ll change my life again and this time for the better Insha’Allah! :) https://t.co/ejgKdViGmD
— Zaira Wasim (@ZairaWasimmm) June 30, 2019
މި އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު 19 އަހަރު ފުރޭ ބަތަލާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ދިގު ބަޔާނެއްގައި ފިލްމު ކުޅުން ހުއްޓައިލަން ނިންމި ސަބަބުތައް ވެސް ހިއްސާކޮށްފަ އެވެ. "ޑަންގަލް" ގެ އިތުރުން "ސީކްރެޓް ސްޕަސްޓާ" ވެސް ކުޅުނު ބަތަލާއަކީ މުސްލިމް އާއިލާއަކަށް ނިސްބަތްވާ އަދި ކަޝްމީރަށް އުފަން ޒުވާނެކެވެ.
ފިލްމު ކުޅުން ހުއްޓައިލާކަން ޒާއިރާ އިއުލާން ކުރި އިރު، އަންނަ އޮކްޓޯބަރު މަހުގެ 11 ގައި އޭނާގެ ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެ އެވެ. އެއީ ޕްރިޔަންކާ ޗޯޕްޅާ އާއި ފަރުހާން އަހްތަރާ އެކީ ކުޅެފައިވާ ޑައިރެކްޓަރު ސިނާލީ ބޯސްގެ "ދަ ސްކައި އިޒް ޕިންކް" އެވެ.
އޭގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި ވަނީ އެއްކޮށް ނިންމާލައިފަ އެވެ.
ކެޓްރީނާ އާއި ވިކީ އެކުގައި ފިލްމެއް ކުޅެނީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ހުވަފެނަކީ ބަންސާލީގެ ފިލްމެއް: ސާރާ
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބަންސާލީގެ "ހީރާ މަންޑީ" ގެ ބަތަލަކީ ކާތިކް؟