Roadha Mihaaru
ވާވޭ އަށް އެމެރިކާގައި ވިޔަފާރިކުރަން ހުއްދަދީފި

ވާވޭ އަށް އެމެރިކާ ކުންފުނިތަކާ އެކު ވިޔަފާރިކުރަން ހުއްދަދީފި

30 ޖޫން 2019

ވާވޭ އަށް ދަތިކުރަން އެމެރިކާ ސަރުކާރުން އެޅި ފިޔަވަޅުތަކަށް ގިނަ ދުވަސްތަކެއް ނުވަނީސް އުވާލައިފި އެވެ. ޖަޕާނުގައި މިހާރު ހިގަމުންދާ "ޖީ20" ސަމިޓްގެ އަރިމަތިން، ޗައިނާގެ ރައީސް، ޝީ ޖިންޕިން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވައި، ކުރެއްވި މަޝްވަރާގައި، އެމެރިކާ ކުންފުނިތަކުން ވާވޭއާ އެކު ވިޔަފާރިކުރުން ވަނީ ހުއްދަކޮށްފަ އެވެ. އެކަމަކު، ވާވޭ އަދި ވެސް އޮތީ، އެމެރިކާގެ "ޑިޕާޓްމަންޓް އޮފް ކޮމާސް"އިން އެ ބުނާ "އެންޓިޓީ ލިސްޓް"ގަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވާވޭ އަކީ ނުރައްކާ ކުންފުންޏެއް ކަމަށް އަދިވެސް އެ ވަނީ ލިސްޓްކޮށްފަ އެވެ. ނަމަވެސް، އިންޓެލް، ކުއަލްކޮމް އަދި މައިކްރަން ފަދަ، ޗިޕް އުފައްދާ ކުންފުނިތަކުން އުފައްދާ މުދާ ގަތުމަށް، ވާވޭ އަށް، އެއްވެސް ހުރަހެއް މިހާރަކު ނެތެވެ. ގޫގުލް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމާ ގުޅުން ހުރި ޚިދުމަތްތައް ބޭނުންކުރުމަށް އޮތް ދަތިކަން ވެސް ފިލައިދިޔައީ އެވެ.

އެމެރިކާ ކުންފުނިތަކާ އެކު ވާވޭ ވިޔަފާރިކުރުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްކެވި ވާހަކައިން ދޭހަވަނީ، ވާވޭ އަށް އަދަބު ދޭން ޖެހުނީ ނުރައްކާ ކުންފުންޏަކަށް ވާތީ ނޫން ކަމެވެ. އެއީ ދުނިޔޭގެ ވިޔަފާރި އަށް އަރުވާލި ލޮޅުމެއް ކަމެވެ.

ޗައިނާ އަށް ދަތިވާނެ ކަމަށް ބަލައި، އެމެރިކާ ސަރުކާރުން، ވާވޭ އަށް ޖެއްސުންކުރުމަކީ ހަމައެކަނި ޓްރަޕަށް ފެނިވަޑައިގެންނެވި ގޮތެވެ. މިއީ ދުނިޔެ އަށް ކަމުދިޔަ ގޮތެއް ނޫނެވެ. އެމެރިކާގެ ކުންފުނިތަކުން ވާވޭ އަށް މުދާ ވިއްކުން، ޓްރަމްޕް ސަރުކާރުން މަނާކުރުން ވެފައި ވަނީ އެމެރިކާ ވިޔަފާރިވެރިންނަށް ވެސް ބޮޑު އުނދަގުލަކަށެވެ. އެމެރިކާ ކުންފުނިތަކަށް ލިބެމުން ދިޔަ މާލީ ތަނަވަސްކަމަށް ހިޔަނިއެޅި ވަނީ ގެއްލުންވެފަ އެވެ.

އިންޓެލް، ކުއަލްކޮން އަދި ޒީލިންކް ފަދަ ކުންފުނިތަކަށް ލިބެމުން ދިޔަ މާލީ ތަނަވަސްކަން އަލުން އިއާދަކުރުމަށް ނިޔަތްގަނެ، ވާވޭ އަށް ލުޔެއް ހޯދުމަށް ކަމަށް ބުނެ، މި ކުންފުނިތަކުން ވަނީ އެމެރިކާ ސަރުކާރަށް ޝަކުވާކޮށްފަ އެވެ. މަސްއޫލް ފަރާތްތަކާ ބައްދަލުކޮށް ވަނީ ނުރުން ފާޅުކޮށްފަ އެވެ. ގޫގުލުން ވެސް ބުނީ، ވާވޭ އަށް އެންޑްރޮއިޑް ނުވިއްކައިފި ނަމަ، އެމެރިކާ އަށް އޮތް ބިރުވެރިކަން ވާނީ ބޮޑު ކަމަށެވެ. ޗައިނާއިން ބުނީ ވާވޭ އަށް ލުޔެއް ނުދޭހާ ހިނދު، މަޝްވަރާކުރަން ދަތިކަމަށެވެ.