27 ޖޫން 2019
ގާހިރާ، މިސްރު (ޖޫން 27) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު މެޗުގައި މުހައްމަދު ސަލާހު ޖެހި ގޯލާ އެކު 2-0 އިން ކޮންގޯ ބަލިކޮށް މިސްރުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފި އެވެ.
ގާހިރާ، މިސްރު (ޖޫން 27) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު މެޗުގައި މުހައްމަދު ސަލާހު ޖެހި ގޯލާ އެކު 2-0 އިން ކޮންގޯ ބަލިކޮށް މިސްރުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފި އެވެ.
ހަވިއޭ އަގީރޭގެ ކޯޗުކަމުގައި ކުޅެމުން އަންނަ މިސްރުން އެއް މެޗު ބާކީ އޮއްވައި ދެ ވަނަ ބުރު ކަށަވަރުކުރީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތީ ރޭ ޒިމްބާބްވޭއާ 1-1 އިން އެއްވަރުވި ޔޫގެންޑާ އެވެ. ޔޫގެންޑާ އަށް ދެ މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޒިމްބާބްވޭ އަށް އެެއް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ކޮންގޯ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ފުރަތަމަ މެޗުގައި ޒިމްބާބްވޭއާ ދެކޮޅަށް މިސްރަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ޖެހުނީ އެންމެ ގޯލެކެވެ. އެކަމަކު ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މިސްރުން ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައިފަ އެވެ. މެޗުގެ 25 ވަނަ މިނިޓްގައި ސަލާހު ނަގައިދިން ހުރަހަކުނ އޭރިއާ ތެރެއިން ލިބުނު ބޯޅަ އަކުން މިސްރުގެ ފުރަތަމަ ގޯލު ޖެހީ އަހުމަދު އެލްމުހައްމަދީ އެވެ.
ފުރަތަމަ ހާފް ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ލިވަޕޫލްގެ ފޯވާޑް ސަލާހު ވަނީ މިސްރުގެ ލީޑުފުޅާކޮށްފަ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ސަލާހު ވަނީ ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ. ކޮންގޯ އިން ވެސް ވަނީ މި މެޗުގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. މާސެލް ޓިސެރަންްޑް ޖެހި ދެ ބޯޅަ ވެސް އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
މި މެޗުގެ ކުރިން މިސްރުން ވަނީ އެ ޓީމަށް ކުޅެމުން އަންނަ ވިންގް އަމްރު ވަރްދާ ޓީމުން ވަކިކޮށްފަ އެވެ. އެއީ އެކި އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ލީކްވުމާ ގުޅިގެންނެވެ. މިސްރުގެ އެފްއޭ އިން ބުނީ އަމްރު ޓީމުން ބާކީކުރީ އަހުލާގީ އެ ފަދަ މައްސަލަތަކަށް މިސްރުން އަމަލުކުރަމުން އަންނަނީ ޒިރޯ ޓޮލަރެންސް ކަމަށްވާތީ ކަމަށެވެ.
ރޭގެ މެޗަށް ފަހު މިސްރު ކޯޗު އަގީރޭ ބުނީ އެ ފަދަ ނިންމުންތަކުގެ ސަބަބުން ޓީމުގެ ހަރުދަނާކަން އިތުރުވެގެންދާ ކަމަށެވެ.
"އަހަރެމެން ތިބީ މާޔޫސްވެފައެއް ނޫން. މި ޓީމު މި އާއިލާގެ އެއް މެމްބަރަކު ދާން ޖެހުނީމަ. ޓީމު ކުޅުނީ 90 މިނިޓް ވެސް އެއް ފޯކަސްއެއްގައި. އެހެން ކުޅުންތެރިޔަކު ބާކީވުމުން މިސްރު ޓީމަށް އަސަރެއް ނުކުރާނެ." އަގީރޭ ބުންޏެވެ.
އޭނާ ބުނީ ފަހު މެޗުގައި ވެސް ބޭނުންވަނީ މޮޅުވުމަށް ކަމަށާއި މެޗަކަށް ފަހު މެޗެއް ޓީމުގެ ލެވެލް ރަނގަޅު ކުރުމަކީ މުބާރާތް ކާމިޔާބުކުރަން އެޅޭ ބިންގަލަކަށްވާނެ ކަމަށެވެ. މިސްރުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2010 ވަނަ އަހަރު އެވެ. އެ ޓީމު ވަނީ 2017 ވަނަ އަހަރުގެ ފައިނަލުގައި ބަލިވެފަ އެވެ.
ސެމީ ފައިނަލުގައި މިސްރާއި ކެމަރޫން ވާދަކުރަން ޖެހިއްޖެ
މުހިއްމީ ފެއިލްވި ސަބަބު ހޯދުން: ސަލާހު
ސަލާހަށް ހާއްސަ ގޮތެއް ނޯންނާނެ: މިސްރު ކޯޗު
ލިވަޕޫލް ލީޑުގައި، ސަލާހު ވެސް ފަރުވާއަށް ގެންނަނީ
ސަލާހަށް ދެން ކުޅެވޭނީ މިސްރު ކުއާޓާ އަށް ގޮސްގެން
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް
ސަލާހުގެ މިސްރަށް އިންތިޒާރެއް، ސެނެގާލް ކޮލިފައިވެއްޖެ
މާނޭ، ފުރަތަަމަ ފަހަރަށް އެފްރިކަން ކަޕް ހޯދައިދީފި
ޕެނަލްޓީގައި ކެމަރޫން ކަޓުވާލައި މިސްރު ފައިނަލަށް
ޕެނަލްޓީން މޮޅުވެ މިސްރާއި ގިނީ ކުއާޓާ އަށް