13 ޖޫން 2019
ގާހިރާ، މިސްރު (ޖޫން 13) - އެފްރިކަން ކަޕަށް މިސްރުން ތައްޔާރީތައް ފެށިފަހުން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ޓީމާ ގުޅުނީ އޭނާ އަށް ހާއްސަ ގޮތެއް ޓީމުގައި ހަމަޖެހިފައި އޮތުމުން ނޫން ކަމަށް މިސްރުގެ ކޯޗު ހަވިއޭ އަގީރޭ ބުނެފި އެވެ.
ގާހިރާ، މިސްރު (ޖޫން 13) - އެފްރިކަން ކަޕަށް މިސްރުން ތައްޔާރީތައް ފެށިފަހުން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ޓީމާ ގުޅުނީ އޭނާ އަށް ހާއްސަ ގޮތެއް ޓީމުގައި ހަމަޖެހިފައި އޮތުމުން ނޫން ކަމަށް މިސްރުގެ ކޯޗު ހަވިއޭ އަގީރޭ ބުނެފި އެވެ.
މި މަހު 21 ވަނަ ދުވަހު މިސްރުގައި ފަށާ އެފްރިކަން ކަޕަށް އެ ޓީމުން މި މަހު ކުރީކޮޅުގައި ފަރިތަކުރުންތައް ފެށިއިރު، ސަލާހް ޕްރެކްޓިހުގައި ބައިވެރިވާން ފެށީ އިއްޔެ އެވެ. މިސްރު ޓީމުގެ މެނޭޖަރު އިހާބް ލެހެތާ ބުނީ ސަލާހާއި އާސެނަލްގެ މިޑްފީލްޑަރު މުހައްމަދު އެލްނެނީ އަށް އިތުރު ޗުއްޓީއެއް ދޭން ނިންމީ އެ ދެ ކުޅުންތެރިންނަށް ސީޒަން ނިމުނީ ފަހުން ކަމަށްވާތީ ކަމަށެވެ.
މިދިޔަ އޮގަސްޓް މަހު އަގީރޭ މިސްރު ޓީމާ ހަވާލުވުމަށް ފަހު އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އަގީރޭ ވަނީ މީގެ ކުރިން ސަލާހަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. އިއްޔެ މިސްރުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި އަގީރޭ ބުނީ އޭނާގެ ޓީމުގައި ހުރިހާ ކުޅުންތެރިންނަށް ވެސް އޮންނާނީ ހަމަހަމަ ފުރުސަތެއް ކަމަށެވެ.
"ސަލާހަކީ ތަރިއެއް. އެކަމަކު ސްކޮޑުގައި ތިބޭ އެހެން ކުޅުންތެރިންނެކޭ އަހަންނަށް ހަމަހަމަވާނީ. އެއީ މިއީ ޓީމެއްގެ ގޮތުގައި ކުޅޭ ކުޅިވަރެއް. ސަލާހަށް އެކަނި ހުރިހާ ކަމެއް ނުކުރެވޭނެ. އަހަރެމެން އޭނާ އަށް އެހީތެރިވާން ޖެހޭ،" ދެކުނު އެމެރިކާގެ ޓީމުތަކަށް ކުރިން ކޯޗުކޮށްދިން އަގީރޭ ބުންޏެވެ.
އޭނާ ބުނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކާމިޔާބީއާ އެކު ސަލާހު ގައުމީ ޓީމަށް އަންނައިރު ހުންނާނީ ރަނގަޅު ފޯމެއްގައި ކަމަށް ގަބޫލުކުރާކަމަށާއި އޭގެ ބޭނުންހިފަން ބޭނުންވާ ކަމަށެވެ.
"މިދިޔަ އަހަރު ވޯލްޑް ކަޕަށް ސަލާހު އައީ އަނިޔާއަކުން ރަނގަޅުވެގެން މާޔޫސްވެ ހުރެފައި. އެކަމަކު މި ފަހަރު ތަފާތު. އޭނާ އަކީ ޔޫރަޕްގެ ޗެމްޕިއަނެއް. އިނގިރޭސި ރަން ބޫޓު މި ސީޒަނުގައި ވެސް ހާސިލްކޮށްފި. މިއީ މިސްރަށް ލިބޭނެ ފައިދާތަކެއް. އޭނާގެ ފޯމު ރަނގަޅުވާނެ،" އަގީރޭ ބުންޏެވެ.
އެފްރިކަން ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް 24 ޓީމާ އެކު ކުޅޭ މި މުބާރާތުގެ ކުރިން މިސްރުން ދެ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން މިއަދު ޓެންޒޭނިއާ އާއި ކުޅުމަށް ފަހު އާދިއްތަ ދުވަހު ގިނާއާ ބައްދަލުކުރާނެ އެވެ. އެފްރިކަން ކަޕްގައި މިސްރު އޮތީ ޒިމްބާބްވޭ އާއި ކޮންގޯ އަދި ޔޫގާންޑާއާ އެއް ގްރޫޕެއްގަ އެވެ.
ސެމީ ފައިނަލުގައި މިސްރާއި ކެމަރޫން ވާދަކުރަން ޖެހިއްޖެ
މުހިއްމީ ފެއިލްވި ސަބަބު ހޯދުން: ސަލާހު
ސަލާހުގެ ގޯލާ އެކު މިސްރު ދެ ވަަނަ ބުރަށް
ލިވަޕޫލް ލީޑުގައި، ސަލާހު ވެސް ފަރުވާއަށް ގެންނަނީ
ސަލާހަށް ދެން ކުޅެވޭނީ މިސްރު ކުއާޓާ އަށް ގޮސްގެން
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް
ސަލާހުގެ މިސްރަށް އިންތިޒާރެއް، ސެނެގާލް ކޮލިފައިވެއްޖެ
މާނޭ، ފުރަތަަމަ ފަހަރަށް އެފްރިކަން ކަޕް ހޯދައިދީފި
ޕެނަލްޓީގައި ކެމަރޫން ކަޓުވާލައި މިސްރު ފައިނަލަށް
ޕެނަލްޓީން މޮޅުވެ މިސްރާއި ގިނީ ކުއާޓާ އަށް