26 ޖޫން 2019
ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެމްބަރު ކަން ކުރެއްވި ރުކްޝާނާ އިބްރާހިމް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާ ކުރުމަށް ފަހު 84 މާކްސް ދީފި އެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެމްބަރު ކަން ކުރެއްވި ރުކްޝާނާ އިބްރާހިމް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާ ކުރުމަށް ފަހު 84 މާކްސް ދީފި އެވެ.
ރުކްޝާނާގެ ނަން ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ރިޕޯޓުގައިވާ ގޮތުން އެ ކޮމިޝަނަށް ކުރިމަތިލި 26 މީހުންގެ ތެރެއިން އެންމެ ގާބިލީ ރުކްޝާނާ އެވެ. ކޮމިޓީގެ މެމްބަރުން މާކްސް ދިނުމުން އޭނާ އަށް ލިބިވަޑައިގަތީ 84.33 މާކްސް އެވެ.
ރިޕޯޓްގައިވާ ގޮތުން، އެންއައިސީ އަށް އައްޔަންކުރުމަށް ގާބިލް ފަރާތެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންނެވެ. ކޮމިޝަނަށް ކުރިމަތިލެއްވި ހަތަރު ބޭފުޅަކަށް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނެވެ.
އެގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ މެމްބަރު އަލީ މުހައްމަދު މަނިކަށް 78.83 މާކްސް، އެންއައިސީގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދަށް 75.30 މާކްސް އަދި ރާއްޖެ އިން ޔޫއޭއީ އަށް ކުރިން ކަނޑައެޅި ސަފީރު އައިޝަތު ޝެހެނާޒް އާދަމަށް 77.57 މާކްސް ލިބިވަޑައިގެންނެވި އެވެ.
މާކްސް ދިނުމުގައި ބަލާފައިވަނީ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ގާބިލުކަމާއި ހުނަރަށެވެ.
އެންއައިސީގެ މެމްބަރުކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި މެމްބަރު މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމުންނެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ފަރުހާދު އައްޔަން ކުރުމުގެ ކުރިން މަސައްކަތް ކުރެއްވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގަ އެވެ.
އެންއައިސީގައި މިހާރު ތިއްބެވީ ހަތަރު މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ. ފަސް މެމްބަރުން ހިމެނޭ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަނީ ފަސް އަހަރު ދުވަހަށެވެ.
ސަރުކާރުން އެންއައިސީ އުފެއްދީ، ފުލުހުންގެ މައްސަލަތައް ބެލުމަށް ކުރިން އޮތް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އުވާލުމަށް ފަހު އެވެ. އަދި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން އައި މައްސަލަތަކާއި އިމިގްރޭޝަން އަދި ކަރެކްޝަނަލް ސާވިސްގެ މައްސަލަތައް ވެސް މިހާރު ބަލަނީ މި ކޮމިޝަނުންނެވެ.
ރުކްޝާނާ ޕީއައިސީގެ މެމްބަރު ކަމަށް ވަޑައިގެންނެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީއައިސީ އުވާލައި، އެންއައިސީ ނަމުގައި އާ ކޮމިޝަނެއް އުފެއްދެވުމުގެ ކުރިންނެވެ. އެގޮތުން، ރުކްޝާނާ އެ މަގާމަށް އައްޔަން ކުރެއްވީ ވެސް ޔާމީންގެ ވެރިކަމުގަ އެވެ.
އެންއައިސީގެ މެމްބަރުކަމަށް ޝިފާގެ ފިރިކަލުން
އެންއައިސީއަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ކޮމިޓީއަށް
އެންއައިސީ އަށް އަލުން ކުރިމަތިލާން ހުޅުވާލަން ލަފާދެނީ
އެންއައިސީގެ މެމްބަރުންގެ މުސާރަ ބޮޑު ކުރަން ފާސްކޮށްފި
އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
"ޑްރަގް އެތެރެކޮށްގެން މިހާތަނަށް ޑީޕޯޓްކޮށްލީ އެކަކު"
އެންއައިސީގެ ރައީސް ސުލައިމާން ވަކިކުރަން ފާސްކޮށްފި
އެންއައިސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި
މުޅި ނިޒާމް ބޮއްސުންލާފައި، ރަނގަޅުކުރާނީ ކިހިނެއް؟
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!