24 ޖޫން 2019
އަންނަ މަހު މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމުގެ ފުރުސަތު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ހޯދައިދެއްވައިފި އެވެ.
އަންނަ މަހު މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމުގެ ފުރުސަތު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ހޯދައިދެއްވައިފި އެވެ.
ރަސްމީ ދަތުރެއްގައި މި ވަގުތު ސާބިއާގައި ހުންނެވި ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވަނީ މިއަދު ސާބިއާގެ ސްޕޯޓްސް މިނިސްޓަރު އުޑޯވިޗިޗްއާ ބައްދަލުކުރައްވައިފަ އެވެ. ރާއްޖޭގެ ކުޅިވަރު ކަންތައްތަކާ ބެހޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެއްވުމަށް ފަހު މިނިސްޓަރު މަހުލޫފް ވަނީ ގައުމީ ފިިރިހެން ޓީމަށް މީގެ ކުރިން ނުލިބި އޮތް ފަދަ ބޮޑު ފުރުސަތެއް ހޯދައިދީފަ އެވެ.
"މިއީ ރާއްޖޭގެ ގައުމީ ޓީމެއް ޔޫރަޕްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރާނެ ފުރަތަމަ ފަހަރު. ސާބިއާގައި ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕްގެ ހުރިހާ އެހީތެރިކަމެއް އެ ގައުމުގެ ސަރުކާރުން ފޯރުކޮށްދޭނެ. ގައުމީ ޓީމަށް ފެންވަރު ރަނގަޅު މެޗުތަކެއް ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެ،" މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓްގައިވެ އެވެ.
މިނިސްޓަރުގެ މި ދަތުރުގައި ރާއްޖޭގެ އެހެން ކުޅިވަރުތައް ވެސް ތަރައްގީކުރަން ކުރެވެން ހުރި އެކި ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ކުޅިވަރުގެ ގައުމީ ޓީމުތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދޭން ބޭރުގެ ގައުމުތަކާ މަޝްވަރާކޮށް މިނިސްޓަރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
Had a very productive meeting with my Serbian counterpart Mr. @VanjaUdovicic. Our Men’s National Volleyball team will travel to Serbia for a training camp before IOIG. This will be the first time one of our national team’s undertake training in Europe. ????? pic.twitter.com/1tjI3EgIUc
— Ahmed Mahloof (@AhmedMahloof) June 24, 2019
މި އަހަރު ޖެނުއަރީ މަހުން ފެށިގެން ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން އަންނަނީ އައިއޯއައިޖީ އަށް ތައްޔާރުވަމުންނެވެ. މީގެ ކުރިން މުބާރާތްތަކަށް އެންމެ ގިނައިން ރާއްޖޭން ޓްރެއިނިން ކޭމްޕް ޖެހީ ތައިލެންޑްގެ އިތުރުން ސްރީ ލަންކާގައި ވެސް ވަނީ ޓްރެއިނިންތަކެއް ފުރިހަމަކޮށްފަ އެވެ.
މީގެ ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ކާއްޓޭ ބުނީ އައިއޯއައިޖީގެ ކުރިން ރަނގަޅު ޓްރެއިނިން ކޭމްޕެއް ލިބިއްޖެ ނަމަ މެޑަލެއް ހޯދަން ޓީމު ހޯދަން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށާއި ބޭނުންވަނީ ރަނގަޅު މެޗުތަކެއް ލިބޭ ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަން ކަމަށެވެ. އަދި ކުރިން ޓްރެއިނިން ކޭމްޕް ފުރިހަމަކުރަމުން ދިޔަ ތަންތަނަށް ވުރެ ރަނގަޅު ތަނެއްގައި ޓްރެއިނިން ފުރިހަމަ ކުރުމަށް ބޭނުންވާ ކަމަށް ބުންޏެވެ. އެއީ ފެންވަރު ރަނގަޅު މެޗުތަކެއް ކުޅެލުމުގެ ވިސްނުމުގަ އެވެ.
ސާބިއާގެ ޓްރެއިނިން ކޭމްޕް އޮންނާނީ އަންނަ މަހު 3-14 އަށެވެ. ސާބިއާ އަކީ ވޮލީބޯޅައިގެ ވަރުގަދަ ގައުމެކެވެ. އެ ޓީމުން 2011 ވަނަ އަހަރު ޔޫރަޕްގެ އެއް ވަނަ ހޯދިއިރު، އެންމެ ފަހުން އޮތް ޔޫރަޕްގެ މުބާރާތުގައި ސާބިއާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.
މޮރިޝަސްގައި އަންނަ މަހު 19-29 އަށް އޮންނަ އައިއޯއައިޖީ އަށް ރާއްޖޭގެ ކޮންޓިންޖެންޓް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 18 ގަ އެވެ.
ރާއްޖެއާ ދެކޮޅަށް ލަންކާ އިން ވަރުގަދަ ޓީމެއް
ފިރިހެން ވޮލީ ޓީމަށް ލިބުނީ ރަނުގެ ފުރުސަތެއް: ކޯޗު
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
މާޒިޔާ އަށް މިނިސްޓްރީން އެއް މިލިއަން ރުފިޔާ ދީފި
ގައުމީ ޓީމުތަކަށް ހާއްސަ "އަރުތަ ޖިމް" ހުޅުވައިފި
ވޮލީގެ ބޮޑު ދެ މުބާރާތް އަންނަ އަހަރު ރާއްޖޭގައި
ހަސަންގެ އިސްލާހަށް އެސޯސިއޭޝަންތަކުގެ ކަންބޮޑުވުން
ގައުމީ ކޯޗުގެ ކޮންޓްރެކްޓްވަނީ ހަމަވެފައި: ވީއޭއެމް
"ކުޅިވަރު މުބާރާތްތައް މި އަހަރު ބޭއްވޭތޯ ބަލާނަން"
ހުޅުމާލޭގެ ބީޗްވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފި