24 ޖޫން 2019
ކުރިއަށް އޮތް ބޮޑު އީދުގެ ކުރިން، ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ނިންމައި ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ބޮޑު އީދުގެ ކުރިން، ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ނިންމައި ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ބޮޑު އީދު ޗުއްޓީ އަންނަ އޮގަސްޓު މަހު 12ގައި ފެށޭއިރު، ދަތުރުތައް ފަށާނެ ތާރީހު މިނިސްޓަރު އިއުލާން މި ކުރެއްވީ، ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުގައި ދޫނި ގިނަވެ ފްލައިޓްތަކަށް ނުރައްކާވެދާނެ ކަމަށް ސިވިލް އޭވިއޭޝަނުން ބުނެފައި ވަނިކޮށެވެ.
ކުޅުދުއްފުށީ އެއާޕޯޓު ހަދާފައިވަނީ ކުޅިއެއް އޮންނަ ސަރަހައްދެއްގައި ކަމަށް ވާތީ އެ ހިސާބުގައި ދޫނި ވަރަށް ގިނަ އެވެ. މިއީ ފްލައިޓްތަކަށް ނުރައްކާވެދާނެ ކަމަކަށް ވާތީ ސިވިލް އޭވިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް ކަމާ ބެހޭ އިދާރާތަކަށް ސިޓީއެއް ފޮނުވާފަ އެވެ. މިކަން ހައްލުކޮށްގެން ނޫނީ ދަތުރުތައް ފެށުން ރައްކާތެރި ނޫން ކަމަށް އެ އިދާރާތަކުން އެ ރަށު ކައުންސިލަށް ވަނީ އަންގާފަ އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެތަނުގެ ޓާމިނަލްގެ 90 ޕަސެންޓް މަސައްކަތް ނިންމާފައިވާއިރު، ފަޔަ ބިލްޑިންގުގެ ބޮޑުބައެއް ވެސް ނިމިފައިވުމުން ބޮޑު އީދުގެ ކުރިން ދަތުރުތައް ފެށޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ނަހުލާ ވިދާޅުވީ އެއާޕޯޓު ކައިރީގައި ދޫނި ގިނަވުމަކީ އެކަމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުން އެކަށީގެންވާ ކަމަކަށް ވާތީ ކޮންމެ އެއާޕޯޓެއްގައި ވެސް "ވައިލްޑް ލައިފް ކޮންޓްރޯލް" ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން ދޫނިތައް މަދުކޮށް، ބާޑްސްޓްރައިކަށް ހައްލު ހޯދޭނެ ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް އާ ސަރުކާރުން ވެސް ކުރިއަށް ގެންދަން މި އަހަރުގެ ބަޖެޓުގައި 5.7 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި
އިތުރު ފަސް އެއާޕޯޓަކަށް މިއަހަރު ދަތުރުތައް ފަށާނެ
ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް އަލުން ފަށައިފި
ފެނުނީ ވަޒަނެއްކަން ޔަގީންވޭ، މީހާ ދޫކޮށްލައިފި!
ފުރަން ދިޔަ މީހެއްގެ އަތުން ވަޒަނެއް ފެނިއްޖެ
ޓްރާންސްޕޯޓުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށްފި
އެއާޕޯޓްގައި ޕްރެޝާ ފެޑްތައް ބޭނުންކުރުން ހުއްޓާލައިފި
އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ މާލެ ގެނެސްފި
އެއާޕޯޓްގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ
ޑޮމެއިންއާ ގުޅޭ މުއާމަލާތުތައް ހުއްޓާލަން އަންގައިފި