Roadha Mihaaru
15 މިނިޓް ތެރޭ ގައިދީނަށް ފަރުވާދިނިން: ކޮމިޝަނާ

15 މިނިޓް ތެރޭ ގައިދީނަށް ފަރުވާދިނިން: ކޮމިޝަނާ

22 ޖޫން 2019

މާފުށީ ޖަލުގެ ދެ ގޮޅިއަކުން މިދިޔަ ބުރާސްފަތި ދުވަހު ގައިދީން ނެރެ އެ މީހުންގެ ގައިގައި ތެޅުމުން އަނިޔާ ލިބުނުތާ 15 ވަރަކަށް މިނިޓު ތެރޭ ފަރުވާ ދީފައިވާ ކަމަށާއި އަނިޔާކުރި ވަކިވަކި އޮފިސަރުން އަދި ދެނެގަނެވިފައި ނުވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާފުށީ ޖަލުގެ ދެ ގޮޅިއަކުން މިދިޔަ ބުރާސްފަތި ދުވަހު ގައިދީން ނެރެ އެ މީހުންގެ ގައިގައި ތެޅުމުން އަނިޔާ ލިބުނުތާ 15 ވަރަކަށް މިނިޓު ތެރޭ ފަރުވާ ދީފައިވާ ކަމަށާއި އަނިޔާކުރި ވަކިވަކި އޮފިސަރުން އަދި ދެނެގަނެވިފައި ނުވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިރޭ ވިދާޅުވެއްޖެ އެވެ.

ޖަލުގެ ހަމަނުޖެހުންތަކާ ގުޅިގެން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް މުނާޒް ހާޒިރު ކުރުމުން ވިދާޅުވީ އެ ހަމަނުޖެހުންތައް ހިނގީ ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހުން ބަހައްޓާފައި ތިބޭ ޔުނިޓް ހަތަރެއްގައި ކަމަށެވެ.

އެ ހާދިސާ ހިނގީ ކުއްލިއަކަށް ކަމަށާއި އެކަން ހިނގަން މެދުވެރިވީ ޖަލަށް ވެއްދުން މަނާއެއްޗެއް ގެނެސް ދިނުމަށް ގައިދީއަކު އޮފިސަރެއްގެ ގާތުގައި އެދުމުން އެކަން ނުކޮށް ދިނުމުން ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ. ގައިދީއަކު 16 އިންޗީގެ އެނބުރި ދަގަނޑު ގަނޑަކުން އޮފިސަރަކަށް ހަމަލާދިނުމުން އެކަން ހުއްޓުވުމަށް ދިޔަ އޮފިސަރުން ވަނީ ގައިދީންނަށް ވެސް އަނިޔާ ކޮށްފަ އެވެ.

"އަޅުގަނޑު ސުވާލު ކުރިން ގައިދީއާ. އޭނާ އެބަބުނޭ އެހެން މީހުން ވެސް އެބަ ގެނެސްދެއޭ (ޖަލަށް ވެއްދުން މަނާ ތަކެތި). ތިމަންނަ އޭނާ ކައިރި ބުނީމަ އޭނާ ގެނެސް ނުދިނީމަ ރުޅިއައްޔޭ. ގައިދީ ބުނާގޮތުގައި އޭނާ ހިތްހަމަ ނުޖެހޭގޮތަށް (އޮފިސަރުގެ) ވާހަކަތައް ވެސް ހުރީ. ޒުވާބަކަށް ގޮސްގެން ޖެހީ ކަމަށް ގައިދީ ބުނަނީ. އޮފިސަރު ބުނަނީ ތިމަންނަ ނޫނެކޭ ކިޔާފައި އެނބުރުނީމަ ޖެހިއްޔޭ. ތަހުގީގު ނިމުނީމަ ނޫނީ ވީގޮތެއް ނޭނގޭނެ،" މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަނާ ވިދާޅުވި އެވެ.

ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ކޮމިޝަނާ އޮފް ޕްރިޒަންސް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ކޮމިޝަނާ އޮފް ޕްރިޒަންސް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

އެ ހަމަނުޖެހުންތައް ހިނގީ އެ ދުވަހުގެ ހަވީރު 5:45 ކަންހާއިރު ކަމަށާއި އަނިޔާ ލިބުނު ހަ ގައިދީންނަށް 6 ޖަހާކަންހާއިރު ފަރުވާ ދޭން ފަށާފައިވާ ކަމަށް މުނާޒް ވިދާޅުވި އެވެ.

"އެންމެ ޑޮކްޓަރެއް ބެލީ. އެގޮތުން 15 މިނިޓު ފަހުން 10 މިނިޓު ފަހުން ޑޮކްޓަރަށް ދައްކަމުން ގޮސްފައި ހުރީ،" މުނާޒް ވިދާޅުވި އެވެ.

ނަމަވެސް ގައިދީންނަށް ފަރުވާ ނުދެވި ލަސްވި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވި އެވެ.

Gaidheenah ekasheegenvaa faruva nudhee lasvi: Imran

Gaidheenah ekasheegenvaa faruva nudhee lasvi: Imran

The most trusted news source in the Maldives

Mihaaru

ގައިދީންނަށް ފަރުވާ ނުދެވި ލަސްވި ކަމަށް މިނިސްޓަރު ވިދާޅުވުން--

އަނިޔާ ލިބުނު ގައިދީންގެ އަތާއި ބުރަކަށީގެ ތަންތަން ކަނޑައިގެން ދިއުމުގެ އިތުރުން މޭމަތީގެ ބައެއް ތަންތަން ނޫފައިގެންފައިވާ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ. ގައިދީން ޖަލު އޮފިސަރަށް ހަމަލާދީފައި ވަނީ 16 އިންޗީގެ ދަގަނޑު ބުރިއަކުން ކަމަށްވާއިރު އެ ދަގަނޑު ބުރި އަތުލުމަށް އޮފިސަރުން އުޅުމުގެ ތެރޭގައި ގައިދީންނަށް އަނިޔާވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ތަނެއް ބިންދައިގެން ގޮސްފައެއް ނެތް. ބޮޑު ތަނެއް ފަޅައިގެން ގޮސްފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އަނިޔާވި ގައިދީންނަށް އާއިލާތަކަށް ގުޅުމަށް ފޯން ކޯލް ދިނުމާއި ބައްދަލު ކުރުމަށް ފުރުސަތު ދިނުމަށް އަންގާފައިވާ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

އަނިޔާވި އޮފިސަރުގެ ކަނާތު ކަންފަތް ކައިރިން ކަނޑައިގެން ދިއުމުގެ އިތުރުން ކަނދުރާ އަށް ތަދުވެފައިވާ ކަމަށް މުނާޒް ވިދާޅުވި އެވެ. ހަމަނުޖެހުން ހުއްޓުވަން ދިޔަ އޮފިސަރަކަށް ވެސް އަދި އެ މީހުން ބޭނުންކުރި ތަކެއްޗަކަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލު އޮފިސަރަށް ލިބިފައިވާ ގެއްލުންތައް ހޯމް މިނިސްޓަރާއި ކަރެކްޝަނަލްގެ ކޮމިޝަނާ ބައްލަވާލައްވަނީ-- ފޮޓޯ: ހޯމް މިނިސްޓްރީ

ޖަލު އޮފިސަރަށް ލިބިފައިވާ ގެއްލުންތައް ހޯމް މިނިސްޓަރާއި ކަރެކްޝަނަލްގެ ކޮމިޝަނާ ބައްލަވާލައްވަނީ-- ފޮޓޯ: ހޯމް މިނިސްޓްރީ

ޖަލުގައި ހުންނަ ޑޮކްޓަރު ގައިދީން އިތުރަށް ޑޮކްޓަރަށް ދެއްކުމަށް ލަފާ ނުދޭ ކަމަށާއި ނަމަވެސް އިތުރަށް ޑޮކްޓަރަށް ދައްކަން ގައިދީން ބޭނުންވާތީ މާދަމާ އިން ފެށިގެން ޑޮކްޓަރަށް ދައްކައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގައިދީނާ ސުވާލު ކުރެއްވި ކަމަށާއި ބިޑިއަޅުވާފައި ޕެޕާސުޕްރޭ ޖެހި ކަމަށް އެއްވެސް ގައިދީއަކު ނުބުނާކަމަށް ކޮމިޝަނާ ވިދާޅުވި އެވެ. ގައިދީންގެ ބޯބޭލުވި ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ކޮމިޝަނާ ވިދާޅުވީ ގެޒެޓްކޮށް 2015 އިން އަމަލު ކުރާ ގަވައިދު ބުނާގޮތުން ޖަލުގައި ތިބޭ ގައިދީންގެ ބޯ ދެ ސެންޓި މީޓަރު ތުނިކޮށް ކޮށާފައި ބަހައްޓަން ޖެހޭއިރު ތުނބުޅި ދެ އިންޗިއަށް ތުނި ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ހާދިސާއާ ގުޅިގެން އެކަން ކުރުމުން އެއީ ގޯހެއްކަން ގަބޫލު ކުރައްވާ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

ކޮމިޝަނާ ވިދާޅުވީ ހާދިސާ ހިނގީ ސަރުކާރުގެ ސިޔާސަތު ގޯސްވެގެން ނޫން ކަމަށެވެ. ހާދިސާ ހިނގީ ހާދިސާ ކޮންޓްރޯލް ކުރަން ދިޔަ އޮފިސަރުން ގަވައިދާ ހިލާފަށް އަމަލު ކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ. ފިޔަވަޅު އަޅަން ޖެހެނީ ވަކިވަކި ފަރުދުންނާމެދުގައި ކަމަށާއި އެޅޭނެ ފިޔަވަޅުތައް އެބަހުރި ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

"މިއީ އެއްވެސްގޮތަކަށް ނިޒާމުގެ ތެރެއިން ކަމެއް ހަމަޖެހިފައި ނެތުމުން ދިމާވެގެން އުޅޭ ކަމެއް ނޫން. ޖަލުގައި އިމަޖެންސީ ހާލަތެއް ދިމާވީމަ އަމަލު ކުރާގޮތް ވަރަށް ސާފުކޮށް ލިޔެފައި އެބަހުރި. ހަމައެކަނި ލިޔުމަކުން ނޫން އެއީ ޕްރެކްޓިސް ކުރަމުންދާ އެއްޗެއް. އެހެންވީމަ ނޭނގިގެން ކުރެވިގެން އުޅޭ ކަމެއް ނޫން މިއީ،" މުނާޒް ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު ސަސްޕެންޑް ކުރި ސަބަބާ ގުޅޭގޮތުން ކޮމިޝަނާ ވިދާޅުވީ އެކަންކުރީ އަނިޔާކުރި ވަކިވަކި އޮފިސަރުން އޭނާ އަށް ނޭނގޭތީ ކަމަށެވެ. އަނިޔާކުރި ވަކިވަކި އޮފިސަރުން އަދި ފާހަގަ ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ އެޗްއާރުސީއެމާއި ފުލުހުންގެ އިތުރުން ކަރެކްޝަނުން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.