ސަލްވަޑޯ، ބްރެޒިލް (ޖޫން 22) - އަލެކްސިސް ސަންޗޭޒްގެ ގޯލުން 2-1 އިން އިކުއެޑޯ ބަލިކޮށް ކޮޕާ އެމެރިކާގެ އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން ޗިލީ މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
22 ޖޫން 2019
ސަލްވަޑޯ، ބްރެޒިލް (ޖޫން 22) - އަލެކްސިސް ސަންޗޭޒްގެ ގޯލުން 2-1 އިން އިކުއެޑޯ ބަލިކޮށް ކޮޕާ އެމެރިކާގެ އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން ޗިލީ މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޗިލީ ވަނީ ހަ ޕޮއިންޓް ހަަމަކޮށްފަ އެވެ. ގްރޫޕްގެ ފަހު މެޗުގައި ދެ ވަނައިގައި އޮތް އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ޗިލީ އަށް ދެ ވަނަ ކުއާޓާގެ ފުރުސަތު ލިބޭނެ އެވެ.
ރޭގެ މެޗުގެ އަށް ވަނަ މިނިޓްގައި ޗިލީ އަށް ލީޑުނަގައިދިނީ ހޯސޭ ފުއެންޒަލީޑާ އެވެ. މެޗުގެ 26 ވަނަ މިނިޓްގައި އިކުއެޑޯ އަށް އެއްވަރުކޮށްދިނީ ކުރިން ވެސްޓް ހޭމް ޔުނައިޓެޑާއި ވިގަން އެތުލެޓިކްސް އަށް ކުޅުނު ފޯވާޑް އެނާ ވެލެންސިއާ އެވެ. އޭނާ މި ގޯލު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަ މިނިޓް ތެރޭގައި ސަންޗޭޒް ޗިލީ މޮޅުކޮށްދިން ލަނޑު ޖެހިއިރު، މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުުކުރި ދެ ވަނަ ގޯލެވެ. އަނިޔާއާ ތަފާތު ގިނަ މައްސަލަތަކުގެ ސަބަބުން ފޯމު ގެއްލިފައިވާ ސަންޗޭޒަށް މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބު ކޮށްދެވުނީ އެންމެ ގޯލެކެވެ.
އުމުރުން 30 އަހަރުގެ ސަންޗޭޒް ބުނީ ރޭގެ މެޗުގައި އޭނާގެ ކުޑަހުޅަށް އަނިޔާވެފައިވާ ކަމަށާއި އެކަމަކު އެހާ ސީރިއަސް އަނިޔާއެއް ނޫން ކަމަށެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި އުރުގުއޭއާ ދެކޮޅަށް ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބުންޏެވެ.
ޗިލީގެ އިތުރުން މެޗެއް ބާކީ ނުކުޅެ އޮއްވައި ކުއާޓާގެ ޖާގައެއް ޔަގީންކުރީ ކޮލަމްބިއާ އެވެ. ގްރޫޕް ބީގައި ކޮލަމްބިއާ ވަނީ އާޖެންޓީނާ އާއި މި ފަހަރު މުބާރާތުގައި ދައުވަތު ދީގެން ކުޅެމުން އަންނަ އޭޝިއާގެ ޗެމްޕިއަން ގަތަރު ބަލިކޮށްފަ އެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް އޭގެ ފަހު މެޗުތަކެވެ. އެއް ވަގުތެއްގައި ދެ މެޗު ކުޅޭއިރު، ބޮލިވިއާ ބައްދަލުކުރާނީ ވެނެޒުއޭލާއާ އެވެ. ބްރެޒިލް ނުކުންނާނީ ޕެރޫއާ ދެކޮޅަށެވެ. ދެ މެޗު ވެސް ފަށާނީ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރެވެ.
ވޯލްޑްކަޕުން އިކުއެޑޯގެ ބޭރުކުރަން ޗިލީން ހުށަހަޅައިފި
ޗިލީ އަށް މިއަހަރުގެ ވޯލްޑް ކަޕުގެ އުންމީދު ކުޑަވެއްޖެ
ކޮޕަ އެމެރިކާގައި އޮތީ ކޮރަޕްޝަން: މެސީ
ޗެމްޕިއަން ޗިލީ ބަލިކޮށް ޕެރޫ ފަައިނަލަށް
އާޖެންޓީނާ ސެމީ އަށް، ވާދަކުރާނީ ބްރެޒިލާ
ޗިލީ ބަލިކޮށް އުރުގުއޭ ގްރޫޕްގެ އެއް ވަނަ ހޯދައިފި
ޗެމްޕިއަން ޗިލީން ފުރަތަމަ މެޗުގައި ޖަޕާން ބަލިކޮށްފި
އިކުއެޑޯގެ ކާޓެލްތަކުން އަހަރަކު 30 ބިލިއަނުގެ ޑީލް!
ފަހު ވަގުތުކޮޅުގައި ލަނޑު ޖަހަން މާޓިނޭޒް ވަރެއް ނެތް
އިކުއެޑޯގެ އުންމީދީ ރިޔާސީ ކެންޑިޑޭޓް އަވަހާރަކޮށްލައިފި