07 ސެޕްޓެމްބަރ 2016
ދ. މާއެނބޫދޫ ސްކޫލުގެ ޕްރިންސިޕަލް މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ދ. މާއެނބޫދޫ ސްކޫލުގެ ޕްރިންސިޕަލް މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ހައްޔަރުކުރީ ކާކުކަން ފުލުހުން އާންމުކޮށްފައި ނުވިޔަސް، ފުލުސް އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން މާއެނބޫދޫގެ ގެއެއް ފާސްކޮށް ރޭ ދަންވަރު 47 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
"އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކޯޓު އަމުރެއްގެ ދަށުން، އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ބަލައި ފާސްކުރިއިރު އެ ކޮޓަރި ތެރޭގައި ހުރި އަލަމާރި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި އެ ގޭގެ ސިޓިން ރޫމްގައި ހުރި މޭޒެއްގެ މަތިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ،" ބަޔާނުގައި ވެ އެވެ.
ފުލުހުން ބުނީ އެ މީހާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެތީގެ ދެ ބާވަތަކަށް ޕޮޒެޓިވް ވެފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޓަކައި މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ޑްރަގާ އެކު ޕްރިންސިޕަލަކު ހައްޔަރުކޮށްފި
119 ކިލޯ ޑްރަގް:އެކަކު ދޫވި މައްސަލަ ހައިކޯޓަށް
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ކުށްކުރާ ވަރު މި އަހަރު ދަށް: ފުލުހުން
ޑްރަގް އޮޕަރޭޝަނެއްގައި މާލެއިން ފަސް މީހުން ހައްޔަރު
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ހަށިވިއްކާ ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ސީިރިއަސް