Roadha Mihaaru
ޕްރިންސް ހެރީގެ ދަރިކަލުންގެ އާ ފޮޓޯއެއް

ޕްރިންސް ހެރީގެ ދަރިކަލުންގެ އާ ފޮޓޯއެއް

18 ޖޫން 2019

ޕްރިންސް ހެރީގެ ދަރިކަލުން އާޗީ ހެރިސަން މައުންޓްބެޓަން ވިންޑްޒާގެ އާ ފޮޓޯއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިންސް ހެރީގެ ދަރިކަލުން އާޗީ ހެރިސަން މައުންޓްބެޓަން ވިންޑްޒާގެ އާ ފޮޓޯއެއް ދައްކާލައިފި އެވެ.

އާދީއްތަ ދުވަހު ފާހަގަކުރި ފާދާޒް ޑޭއާ ދިމާކޮށް، ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ރަސްމީ އިންސްޓަގްރާމްގައި ދައްކައިލި ފޮޓޯގައި ފެންނަނީ ހެރީގެ އުނގުތެރޭގައި، އިނގިލީގައި ހިފައިގެން ކެމެރެއާ ދިމާއަށް ބައްލަވަން އޮތް ތަނެވެ. އެ ފޮޓޯގެ ކެޕްޝަނުގައި އާޗީގެ ފަރާތްފުޅުން ހެރީ އަށް ބައްޕައިންގެ ދުވަހުގެ ތަހުނިޔާ ކިޔާފައިވެ އެވެ.

ހެރީ އާއި މޭގަންގެ އަލަތު ދަރިކަލުން އުފަންވެވަޑައިގަތީ މިދިޔަ މަހުގެ 6 ގަ އެވެ. އެ ދަރިކަލުންގެ މޫނު އެއްކޮށް ފެންނަ ފޮޓޯއެއް މިހާތަނަކަށް އަދި ހިއްސާއެއް ނުކުރެ އެވެ. އެހެންވެ ގިނަ ބަޔަކު އަދިވެސް ތިބީ އާޗީގެ މޫނު އެއްކޮށް ފެންނާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ހެރީގެ ބޭބޭފުޅު ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަންއާ ހިލާފަށް ހެރީ އާއި މޭގަން ދަރިކަލުންގެ ކަންކަން މާބޮޑަށް މީޑިއާއަކާ ހިއްސާއެއް ނުކުރައްވަ އެވެ.