13 ޖޫން 2019
ދައުލަތުގެ ތެރޭގައި ހިންގާފައިވާ ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދަން މި ވެރިކަމުގެ ފުރަތަމަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ މަސައްކަތްތައް ލަސް ކަމަށް ސަރުކާރުން މިއަދު އެއްބަސްވެއްޖެ އެވެ.
ދައުލަތުގެ ތެރޭގައި ހިންގާފައިވާ ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދަން މި ވެރިކަމުގެ ފުރަތަމަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ މަސައްކަތްތައް ލަސް ކަމަށް ސަރުކާރުން މިއަދު އެއްބަސްވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އެ ކޮމިޝަންގެ މަސައްކަތްތައް އޮތީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު އެކަން ލަސްވި އެއް ސަބަބަކީ ކޮމިޝަނަށް ގާނޫނީ ބާރު ނުލިބުން ކަމަށް ވިދާޅުވި އެވެ.
ކޮރަޕްޝަން މައްސަލަތައް ބެލުން އޮންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ކަމަށް ވިޔަސް އެ ކޮމިޝަންގެ އިތުބާރާ މެދު ސުވާލު އުފެއްދުމުން ރައީސްގެ ނިންމުމަކަށް ވީ ކޮމިޝަން އުފެއްދުމަށް ފަހު ގާނޫނީ ބާރުވެރިކަން ދިނުމެވެ. އެ ބިލް މަޖިލީހަށް ހުށަހެޅި ނަމަވެސް 18 ވަނަ މަޖިލީސް ނިންމާލީ ތަފާތު ސަބަބުތައް ދައްކައި ބިލް ފާސްނުކޮށެވެ.
ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމާ ގުޅޭ ބިލް އަލުން މަޖިލީހަށް ހުށަހަޅާފައިވާ ކަން ފާހަގަކުރައްވައި ހޫދު ވިދާޅުވީ އެ ބިލް ފާސްވެ ގާނޫނީ ބާރުވެރިކަން ލިބުމާ އެކު ކޮމިޝަންގެ މަސައްކަތް އަވަސްވާނެ ކަމަށެވެ.
"ކޮމިޝަންގެ މަސައްކަތް ސްލޯ، އިނގޭތޯ. ރައީސް ވެސް ވިދާޅުވެފައި އޮތީ އެ މަސައްކަތް އޮތީ ހަ މަސް ދުވަހުން ނިންމާ ގޮތަށޭ،" ހޫދު ވިދާޅުވި އެވެ.
ބިލް ފާސްވުމާ އެކު، ހޫދު ވިދާޅުވި ގޮތުގައި، ކޮމިޝަންގެ މަސައްކަތްތައް ވެސް އާއްމުކުރާނެ އެވެ.
ކޮރަޕްޝަނަށް މި ސަރުކާރުގައި އޮތީ "ޒީރޯ ޓޮލަރެންސް" ސިޔާސަތު ކަން ތަކުރާރު ކުރައްވައި ހޫދު ވިދާޅުވީ ޚިޔާނާތުގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން ހުޅުވާލުމުން ވިސްލްބްލޯވާ ޕޯޓަލް އަށް 400 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅި ކަމަށެވެ. އެ މައްސަލަތައް ކޮރަޕްޝަން ބަލާ ކޮމިޝަނުން ބެލުމަށް ފަހު ސުވާލު އުފެދޭ 18 މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮރަޕްޝަން ބަލާ ކޮމިޝަނުން ތަހުގީގު ކުރާ އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތެވެ. އެ މައްސަލައިގެ ތަހުގީގު ފަށައި، އެކި މިނިސްޓްރީއާ ގުޅުން ހުރި ކަންކަމުގައި ބައެއް އެންގުންތައް ވެސް ވަނީ އަންގައިފަ އެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީން ދޫކުރި އެއްވެސް ރަށެއްގެ ހިއްސާ ބަދަލުކުރުން ފަދަ ކަމެއް ނުކުރަން ޓޫރިޒަމް މިނިސްޓްރީ އަށް އެންގުން ހިމެނެ އެވެ.
މައުސޫމާ މެދު ވެސް އަމަލުކުރީ އެއް އުސޫލަކުން
އޭސީސީ ރިޕޯޓް ރައީސަށް ކުރިއަކުން ނުލިބޭ: ތަރުޖަމާން
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
މަގާމުގެ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް
މެމްބަރުންގެ ބަސް: ހިޔާނާތްތައް ބެލުމުގައި ފެއިލްވެއްޖެ
ރައީސްގެ ކަންބޮޑުވުމާ ގުޅިގެން އޭސީސީން މަޝްވަރާ އަށް
އޭސީސީން ސުވާލުކުރާތީ މިނިސްޓަރު ސަމީރު ޝަކުވާކުރެއްވި
އަދުރޭ އާއި އާރިފު މުޅިން ވެސް ދެއްކީ ސިޔާސީ ވާހަކަ!
މަހްލޫފްގެ މައްސަލައިގައި ފާހަގަވި ކަންކަން ރައީސަށް
ރައީސަށް ކުރި ތުހުމަތަށް އަލީ އާރިފާ ސުވާލުކޮށްފި