ލ. ގަމު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
11 ޖޫން 2019
ލ. ގަމު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ގަމުގެ ގެއެއްގައި ކުއްޔަށް ދޭ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިއަދު މެންދުރު ފެނުނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި އެ މީހާގެ ހަށިގަނޑު އޮތީ ހަރުވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ މީހާއަކީ ޗުއްޓީ އަށް އެ ރަށަށް ގޮސް އުޅުނު މީހެކެވެ. އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ގެސްޓް ހައުސްއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ
ގެސްޓްހައުސްއެއްގައ ޒުވާނަކު މަރުވެފައި އޮއްވާ ފެނިިއްޖެ
ފަޒީލްގެ ބައެއް ވާހަކަތަކާ މެދު ފުލުހުންގެ ޝައްކުތަކެއް
އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް
ޒަކިއްޔާގެ މަރު: ދައުވާ ކުރުމާމެދު ޕީޖީއާއެކު މަޝްވަރާ
މާވަށު ޒުވާނާގެ ހަށިގަނޑު ތަހުލީލަށް މާލެ ގެނެސްފި
ވިނަރެސް ޓަވަރުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެ
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަނީ