11 ޖޫން 2019
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރިޔާސަތާ މިއަދު ހަވާލުވެވަޑައިގަތުމާ ގުޅިގެން އޭނާ ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރިޔާސަތާ މިއަދު ހަވާލުވެވަޑައިގަތުމާ ގުޅިގެން އޭނާ ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފި އެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރުގެ ނައިބު ރައީސް ކަމަށް އީވާ އިންތިޚާބުކޮށްފައި ވަނީ މަޖިލިހުގެ 76 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެބެންގެދެދަރި ކޮއްކޯފުޅު އީވާ އަކީ އެ މަގާމް ފުރުއްވާނެ ދެ ވަނަ އަންހެން މެމްބަރެވެ.
އީވާއަކީ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ޖެހިޖެހިގެން ތިން ވަނަ ދައުރެއް ކާމިޔާބުކުރެއްވި މެމްބަރެވެ. މިހާރު ފެށިގެން އެދަނީ މަޖިލިހުގައި 15 އަހަރު ފުރިހަމަކުރެއްވުމުގެ މަސައްކަތެވެ.
މަޖިލިހުގެ ޖަލްސާގައި އީވާ ވަނީ ބައިގަޑިއިރެއް ހާއިރު ވަންދެން މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވައިފަ އެވެ. އެއަށް ފަހު، އީވާ ވަނީ މަޖިލިހުގެ ރިޔާސަތު ނަޝީދާ ހަވާލު ކުރައްވައިފަ އެވެ.
ދެ ވަނަ ޖުމްހޫރިއްޔާއާ އެކު 1968 ވަނަ އަހަރު އެކުލަވައިލި ގާނޫނުއަސާސީގެ ދަށުން އަދި 1998 ވަނަ އަހަރު ފާސްކުރި ގާނޫނުއަސާސީގެ ދަށުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވަޒީރެއްގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ.
އެހެން އެކަން އޮއްވާ 2008ގެ އޮގަސްޓް މަހު މިހާރުގެ ގާނޫނުއަސާސީ ތަސްދީގުކުރަން ފެށުމާ އެކު، އޭރު ހިނގަމުންދިޔަ މަޖިލިސް އިންތިގާލީ މަޖިލީހަކަށް ބަދަލުވެ، މަޖިލީހުގެ ރިޔާސަތައް ބޭފުޅުން އިންތިހާބުކުރަން ޖެހުނެވެ. އެ އިންތިހާބުގައި ނައިބް ރައީސަކަށް އިންތިހާބުވެވަޑައިގެންނެވި އަނީސާ އަކީ އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.
އެކަމަކު ރާއްޖޭގައި މަތިގެ އާއި ތިރިގޭގެ އުސޫލުން، ޑިސެމްބަރު 1952 އިން އޮގަސްޓް 1953އާ ހަމަޔަށް މަޖިލިސް އޮތްއިރު ސެނެޓުގެ (މަތިގެ) ރައީސްކަން ފާތިމަތު އިބްރާހިމް ދީދީ (ތުއްތު ގޮމާ) ކުރެއްވި އެވެ.
އަނީސާ މަޖިލިހުގެ ނައިބު ރައީސް ކަމުގައި ހުންނެވީ އޮގަސްޓް 2008 އިން މޭ 2009 ގެ ނިޔަލަށެވެ. އަނީސާ ވެސް މަޖިލިހުގެ ނައިބު ރައީސް ކަމަށް ވަޑައިގަތީ އޭރުގައި ތިއްބެވި މެމްބަރުންގެ ސިއްރު ވޯޓަކަށް ގޮސްގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމް ފުރުއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ފުރަތަމަ ބޭފުޅާގެ ޝަރަފާ އެކު ނަޝީދު ވެސް ވަނީ ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ. ނަޝީދަކީ ރައީސްކަން ކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ފުރަތަމަ ބޭފުޅާ ވެސް މެ އެވެ.
ކުރީގެ ރައީސުންގެ ތެރެއިން މުހައްމަދު އަމީން ދީދީ އާއި އިބްރާހިމް ނާސިރާއި މުހައްމަދު ވަހީދު އަދި އަބްދުﷲ ޔާމީން ވަނީ ރައީސްކަން ކުރެއްވުމުގެ ކުރިން މެމްބަރުކަން ކުރައްވައިފަ އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 25 އަހަރު މެމްބަރުކަން ކުރައްވައިފަ އެވެ.
މޫސަ: އިދާރީ މޭޒު އުސްކުރުމުގެ ފަސޭހަ މިހާރު އެނގޭނެ
ބޮޑު އަޣުލަބިއްޔަތަކުން މަޖިލިހުގެ ރައީސްކަން ނަޝީދަށް
މަޖިލިހުގެ ރައީސް ކަނޑައެޅުމުގައި ނަޝީދުގެ ނުފޫޒު!
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
ސުޕްރީމް ކޯޓުގައި މަޖިލިސް ތަމްސީލްކުރައްވާނީ އޭޖީ
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!
އެމްޑީޕީ މެންބަރުން ތަޅުމުން ނުނިކުމެ އިހުތިޖާޖުގައި
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
ސަރުކާރު ބަންދަސް މަޖިލިސް ބާއްވަން ނިންމައިފި