11 ޖޫން 2019
މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ ލޯނަށް ހުށައެޅި ގިނަ ދަރިވަރުންތަކެއް ޑިސްކޮލިފައިވުމުގެ މައްސަލަ ކުރިމަތިވުމާ އެކު، އަލުން ފުރުސަތު ހުޅުވާލާ އިރު ލޯނުގައި ކިޔެވުމުގެ އުސޫލުތަކަށް ކުއްލި ބޮޑު ބަދަލެއް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ގެނެސްފި އެވެ.
މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ ލޯނަށް ހުށައެޅި ގިނަ ދަރިވަރުންތަކެއް ޑިސްކޮލިފައިވުމުގެ މައްސަލަ ކުރިމަތިވުމާ އެކު، އަލުން ފުރުސަތު ހުޅުވާލާ އިރު ލޯނުގައި ކިޔެވުމުގެ އުސޫލުތަކަށް ކުއްލި ބޮޑު ބަދަލެއް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ގެނެސްފި އެވެ.
ފޯމްތައް ޑިސްކޮލިފައިވުމުގެ މައްސަލަ އާއި އަލަށް ގެންނަ ބަދަލުތަކާ ބެހޭ ގޮތުން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު އަލުން ހުޅުވާލާ އިރު ދަރިވަރުން ބޭނުން ކޮންމެ ގައުމަކަށް ވެސް ކިޔަވަން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކުރިން ނަމަ ދެވެނީ ސަރުކާރުން ކަނޑައަޅާފައިވާ ގައުމުތަކަށް އެކަންޏެވެ.
އާ އުސޫލުގެ ދަށުން ބޭނުން ގައުމަކަށް ކިޔަވަން ދެވުނަސް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުން ދޭ ލޯނަށް ވުރެ އިތުރަށް ހިނގާ ހަރަދު ކުރަން ޖެހޭނީ ދަރިވަރުން އަމިއްލައަށެވެ.
"އެހެން ގައުމުތަކަށް [ކިޔަވަން ދާން ލޯނު] ލިބޭނީ 100 ޕަސެންޓުގެ އިތުރަށް [ދޭ ލޯނުގެ އިތުރަށް[ ދާ ހަރަދު ދަރިވަރު އަމިއްލައަށް ދައްކާ ނަމަ،" މިނިސްޓަރު ވިދާޅުވި އެވެ.
ލޯނުގައި ބޭރު ގައުމުތަކުގައި ކިޔަވަން މާޗު މަހު ކަނޑައެޅި 242 ޖާގައަށް 993 ދަރިވަރުން ކުރިމަތިލިޔަސް ޝަރުތު ހަމަވެގެން ފުރުސަތު ލިބުނީ އެންމެ 79 ދަރިވަރަކަށެވެ. އެހާ ގިނަ ބައެއްގެ ފޯމް ޑިސްކޮލިފައިވުމުން އާންމުންނާއި ސިޔާސީ މީހުންގެ ވެސް ވަރަށް ބޮޑު ފާޑުކިޔުމެއް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި އެ މިނިސްޓްރީއަށް އޮތީ އަމާޒުވެފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެހާ ގިނަ ބަޔަކު ޑިސްކޮލިފައިވީ ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ލޯނަށް އެދުނު އިރު ބައެއް ޑޮކިއުމެންޓްސް މަދުވުން ފަދަ ސަބަބުތަކާ ހެދި އެވެ. އެކަމަކު ބާކީ އޮތް 163 ޖާގައަށް އަލުން މިއަދު ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
ސަރުކާރު ލޯނުގައި ބޭނުން ގައުމަކަށް ކިޔަވަން ދާން ފުރުސަތު ދެނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ލޯނަކީ ދަރިވަރު އަނބުރާ ދައްކަން ޖެހޭ އެއްޗަކަށް ވާތީ އެވެ.
މިފަހަރު ފުރުސަތު ހުޅުވާލާ އިރު ޕޯޓަލްގައި އިތުރު ފީޗާސްތަކެއް ހިމެނޭނެ ކަމަށް ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ކުރިން ފޯމް ހުށައެޅި ދަރިވަރުންނަށް އެ މީހުންގެ ޕްރޮފައިލަށް ބަދަލު ގެނެސް، ގޯސްކޮށް ހުރި ކަންތައް ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި ދެ ފުށް ހިމަނަން ޖެހޭ ސެޓްފިކެޓްތަކާއި އެހެން އެއްޗެހި ވެސް ކުރިއަށް ވުރެ ފަސޭހައިން ޕޯޓަލް އިން މިފަހަރު ދެނެގަނެވޭނެ ގޮތް ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޕޯޓަލަށް ދިމާވާ މައްސަލައެއްގެ ސަބަބުން އެއްވެސް ދަރިވަރަކު ޑިސްކޮލިފައި ނުކުރާނެ ކަމަށެވެ.
ލޯނު ލަސްވަނީ އެއްފަހަރާ ގިނަ ފޯމުތަކެއް ހުށަހެޅުމުން
ކިޔެވުން މެދުކަނޑާލި 120 ދަރިވަރަކަށް ފުރުސަތު ދެނީ
ތައުލީމުގެ ލޯނު ލިބޭ ދަރިވަރުންގެ އަދަދު އިތުރުކޮށްފި
ލޯނުން ބާކީވި ފައިސާއިން ކިޔަވަން އިތުރު ފުރުސަތު ދެނީ
މަތީ ތައުލީމް ލޯނު: ގިނަ ދަރިވަރުން ޑިސްކޮލިފައިވެއްޖެ
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށްފި
އިދާރީ ފީ ކުޑަކޮށް މަތީ ތައުލީމްގެ ލޯނަށް ހުޅުވާލައިފި
މަތީ ތައުލީމުގެ ލޯނަށް ހާހަކަށް ވުރެ ގިނަ ދަރިވަރުން
މަތީ ތައުލީމަށް 340 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ލޯނު ލިބޭ ދަރިވަރުންގެ ނަންތައް އިއުލާނުކޮށްފި