10 ޖޫން 2019
ގެއެއް ތަޅަނިކޮށް ކޮންކްރީޓްގަނޑެއް ވެއްޓި، އިންވެގެން ހުރި ގެއެއްގެ ފާރަށް މިއަދު ގެއްލުންވެއްޖެ އެވެ.
ގެއެއް ތަޅަނިކޮށް ކޮންކްރީޓްގަނޑެއް ވެއްޓި، އިންވެގެން ހުރި ގެއެއްގެ ފާރަށް މިއަދު ގެއްލުންވެއްޖެ އެވެ.
ފުލުހުުން ބުނި ގޮތުގައި މި ހާދިސާ ހިނގީ މ. ގުލްބަހާރުގޭގެ އިމާރާތް ތަޅަނިކޮށް، ކޮންކްރީޓްގަނޑެއް ވެއްޓިގެންނެވެ. ވެއްޓުނު ކޮންކްރީޓްގަނޑު ޖެހުނީ އެ ގެއާ ޖެހިގެން ހުރި މ. ސަމަންދާރުގޭގެ ދެ ވަނަ ބުރީގެ ފާރުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. މި ހާދިސާގައި ސަމަންދާރުގޭގެ ފާރުން ބައެއް ތެޅި، ފާރުގައި ބާގަނޑެއް ހެދިފައިވާ ތަން ފޮޓޯތަކުން ފެނެއެވެ.
ސަމަންދާރުގޭގެ ފާރުގައި ކޮންކްރީޓްގަނޑުން ޖެހި ބާގަނޑެއް ހެދިފައި -- ފޮޓޯ: ފުލުުހުން
އަދި އެ ގޭ ތެރެއަށް ކޮންކްރީޓާއި ގާ ވެސް އެޅިފައިވެ އެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު މާލެ ސިޓީ ކައުންސިލާ ހިއްސާކޮށްފައި ކަމަށާއި ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުން ކަމަށެވެ.
ސަމަންދާރުގޭގެ ފާރު ފޫ ގޮސް، އެ ގޭ ތެރެއަށް ކޮންކްރީޓާއި ގާ އެޅިފައި -- ފޮޓޯ: ފުލުހުން
ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މިދިޔަ އަހަރު ވަނީ ކުޑަ ކުއްޖަކު މަރުވެފަ އެވެ. އެއަށްފަހު އިމާރާތްކުރުމުގެ ގަވާއިދާއި ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރަން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ.
އިމާރާތެއްގެ ދެވަނަ ބުރިން ބިދޭސީއަކު ވެއްޓިއްޖެ
ބެލްކަންޏަކުން ފިލާގަނޑެއް ވެއްޓި މީހަކު ޒަހަމްވެއްޖެ
އިމާރާތަކުން ދަގަނޑެއް ވެއްޓި، މީހަކަށް އަނިިޔާވެއްޖެ
ހަދަމުންދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓިއްޖެ
ހުރަވީ ބިލްޑިންގްގެ ޝީޓުން ބައެއް ވެއްޓިއްޖެ
ދެމައިން އެޑްމިޓުކޮށްފައި؛ ފިރިމީހާ އިތުރު ވޭނެއްގައި!
މާލޭ މިސްކިތެއްގެ ދޮރުގައި ރޯކުރަން މަސައްކަތްކޮށްފި
މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އޮތް މީހަކަށް ފަރުވާދެނީ
މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާ ކޮށްފި
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި