Roadha Mihaaru
ރިސޯޓެއްގެ ކުނިން ފަޅު ރަށެއް ގޮނޑުކޮށްލައިފި!

ރިސޯޓެއްގެ ކުނިން ފަޅު ރަށެއް ގޮނޑުކޮށްލައިފި!

06 ޖޫން 2019

ބ. އަތޮޅުގެ ރިސޯޓަކުން އެ އަތޮޅު ކެންދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކެޔޮދު އަށް ކުނިއަޅާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބ. އަތޮޅުގެ ރިސޯޓަކުން އެ އަތޮޅު ކެންދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކެޔޮދު އަށް ކުނިއަޅާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރީތި ދޮންވެލި ގަނޑެއް އޮންނަ ކެޔޮދޫގެ ގޮނޑުދޮށް މިހާރު ވަނީ ކުނިން ފުރާލައިފަ އެވެ. ސޯޝަލްމީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބޮޑެތި ކަޅު ކޮތަޅުތަކުގައި ބަހައްޓާފައި ހުރި ކުނިތަކުގެ ތެރޭގައި ރިސޯޓެއްގެ ލޯގޯ ޖެހި ކޮތަޅުތަކެއް ވެސް ފެނެ އެވެ.

ކެޔޮދު އަކީ ބ. އަތޮޅުގެ ރަށްރަށުގެ މީހުން ދަތުރުދާ ރަށެކެވެ. ދިގުފަރު ރިސޯޓުން ވެސް އެ ރަށަށް ޓޫރިސްޓުން ދަތުރު ގެންދިޔަ އެވެ. އެކަމަކު އެ ރިސޯޓުން ވެސް ވަނީ އެ ރަށަށް ޓޫރިސްޓުން ގެންދިއުން ހުއްޓާލައިފަ އެވެ.

ކެޔޮދޫ ގޮނޑުދޮށަށް ކުނި ޖަމާކޮށްފައި: އީޕީއޭއިން އަންނަނީ އެ މައްސަލަ ބަލަމުން

ކެޔޮދޫ ގޮނޑުދޮށަށް ކުނި ޖަމާކޮށްފައި: އީޕީއޭއިން އަންނަނީ އެ މައްސަލަ ބަލަމުން

ކެންދޫގެ ބައެއް މީހުން ބުނިގޮތުގައި އެ ކުންޏަކީ ކައިރި ރިސޯޓަކުން އެ ރަށަށް އަރުވާ ކުންޏެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ވިއްކައިގެން ނަފާ ހޯދާ ރިސޯޓުތަކުން އެފަދަ ކަންކަން ކުރާތީ ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ތިމާވެއްޓަށް ގެއްލުންދޭ އެފަދަ ކަންކަން ރިސޯޓުތަކުން ކުރާއިރު، އެ މައްސަލަ ހައްލު ކުރާނީ ކިހިނެއްތޯ ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކެޔޮދޫ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މީހަކު ކޮށްފައިވާ ޕޯސްޓެއް--

އެ ގޮތަށް ކުނި އެޅުމަކީ ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. އަދި އެގޮތަށް އަމަލު ކުރާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ފެންމަތިވުމުން އީޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކެޔޮދޫއަށް ކުނި ޖަމާ ކުރާ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރިސޯޓްތަކުން އުކާލާ ކުނި ކަނޑަށް އަޅާ މައްސަލަ އަކީ ވެސް ގިނަ ބައެއްގެ ކަންބޮޑުވުމެވެ. އެ ކުނިތައް ރަށްރަށަށް ލަށްގައިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.