05 ޖޫން 2019
ތްރީއޭ ޓްރޭޑިން ކޮމްޕެނީން ދައުލަތަށް ދައްކަންޖެހޭ ކުއްޖާއި ޖޫރިމަނާ ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާ އަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކޯޓަށް ހާޒިރުނުވުމުން މައްސަލަ ބާތިލްކޮށްފި އެވެ.
ތްރީއޭ ޓްރޭޑިން ކޮމްޕެނީން ދައުލަތަށް ދައްކަންޖެހޭ ކުއްޖާއި ޖޫރިމަނާ ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާ އަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކޯޓަށް ހާޒިރުނުވުމުން މައްސަލަ ބާތިލްކޮށްފި އެވެ.
ނަމަވެސް މައްސަލަ އަލުން ހުށަހެޅުމުގެ އިހްތިޔާރު އަދި އޮންނާނެ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު މައްސަލަ ބާތިލްކުރީ ކޯޓަށް ހާޒިރުވުމުގެ ޗިޓާ މީރާ އިން ހަވާލުވުމަށް ފަހު މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރުނުވުމުން، ކޯޓަށް މީހުން ހާޒިރުކުރުމުގެ ގަވައިދުގެ ދަށުންނެވެ.
މިއީ ޓޫރިޒަމް މިނިސްޓްރީ އާއި ތްރީއޭއާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ލީޒް ރެންޓާއި ލޭންޑް ރެންޓް އަދި މި ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާއާ އެކު ތިން މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދަން ކޮށްފައި އޮތް ދައުވާއެކެވެ.
ތްރީއޭ އަކީ ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވާ އަދި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަލީ ޝިޔާމުގެ އާއިލީ މަސްލަހަތު ހިމެނޭ ކުންފުންޏެކެވެ. ފައިސާގެ މައްސަލަތަކުގައި ލައިންސަންސް ބާތިލްކޮށްފައިވާ ހަ ރިސޯޓަކަށް އަލުން ލައިސަންސް ދޭން ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހު ނިންމި އިރު އޭގެ ތެރޭގައި ވެސް ތްރީއޭ ކުންފުނީގެ ތިން ރިސޯޓެއް ހިމެނެ އެވެ. އެހެންވެ މީރާ އިން އެ ކުންފުނިތަކާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް ދެން ކުރިއަށް ގެންދެވިދާނެތޯ އެ ހިސާބުން ވަނީ ސުވާލު އުފެދިފަ އެވެ.
އަލުން ލައިސަންސް ދިން ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ، ފިލިތެޔޮ އާއި ހޮނޑާފުއްޓާއި މެދުފުށި ނިސްބަތް ވަނީ އަލީ ޝިޔާމްގެ އާއިލާއަށެވެ. ހޮޑާފުށީގެ ވެރިޔާ އަކީ އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީ އެވެ. އަދި ފިލިތެޔޮ އަކީ އަލީ ޝިޔާމްގެ އައިލާގެ ކުންފުނި ތްރީއޭ ޓްރޭޑިން އެވެ. މި ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ހަމްޒާގެ އާއިލާގެ ވެސް ކުންފުންޏެކެވެ. އަލީ ޝިޔާމާއި ހަމްޒާ އަކީ ދެބެއިންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަލީ ޝިޔާމް ކައިވެނި ބައްލަވައިގެން އުޅުއްވަނީ އެއް ގެއެއްގެ ދެ ބޭފުޅުންނާ އެވެ.
ނަމަވެސް މި ނިންމުމަކީ ވަކި ބަޔަކަށް މަންފާ ހޯދައިދޭން ކުރެއްވި ކަމެއް ނޫން ކަމަށާއި ތްރީއޭ އާއި އެހެން ކުންފުނިތަކާ މެދު ވެސް އަމަލުކުރީ އެއް ހަމަޔަކުން ކަމަށެވެ.
ލޯނު ނުދެއްކުމުން ދޮޅިޔަދޫ ވިއްކާލަން އަންގައިފި
ތްރީއޭ އިން 2.7 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
ޔޮޓް ޓުއާސްގެ 29މ ޑޮލަރުގެ މައްސަލަ ހައި ކޯޓަށް
ރާފުށީގެ ކުއްޔަށް 12 މިލިއަން ޑޮލަރު ދައުލަތަށް
ވިލާ އިން ދައްކަންޖެހޭ ފައިސާއިން ބައެއް ދައްކައިފި
މެދުފުށީގެ ޖޫރިމަނާ އަށް 2.6 މިލިއަން ޑޮލަރު
މަޑޫގަލީގެ ކުއްޔަށް 3.9 މިލިއަން ދައްކަން އަންގައިފި
ތެލުވެލިގާގެ ކުއްޔާއި ޖޫރިމަނާ ދައްކަން ހުކުމްކޮށްފި
ފައިސާ ނުދައްކާ 13 މައްސަލައެއް މީރާ އިން ކޯޓަށް
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި