Roadha Mihaaru
ކޫލް އެންޑް ކޫލްގެ އާ އުފެއްދުންތަކެއް ތައާރަފުކޮށްފި

ކޫލް އެންޑް ކޫލްގެ އާ އުފެއްދުންތަކެއް ތައާރަފުކޮށްފި

02 ޖޫން 2019

އެކި ބްރޭންޑްތަކުގެ އާ ޕްރޮޑަކްޓްތައް ރާއްޖެ އަށް ލޯންޗް ކުރާ ލިލީ އިންޓަނޭޝަނަލުން "ކޫލް އެންޑް ކޫލް"ގެ ތިން ޕްރޮޑަކްޓެއް ލޯންޗްކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެކި ބްރޭންޑްތަކުގެ އާ ޕްރޮޑަކްޓްތައް ރާއްޖެ އަށް ލޯންޗް ކުރާ ލިލީ އިންޓަނޭޝަނަލުން "ކޫލް އެންޑް ކޫލް"ގެ ތިން ޕްރޮޑަކްޓެއް ލޯންޗްކޮށްފި އެވެ.

ލިލީ އިން އިއްޔެ ލޯންޗް ކޮށްފައި ވަނީ "ކޫލް އެންޑް ކޫލް" ބްރޭންޑުގެ ބޮޑީ ވޮޝް އާއި، ފޭޝަލް ސްކްރަބްގެ އިތުރުން ހޭންޑް ސެނިޓައިޒާ އެވެ.

"ކޫލް އެންޑް ކޫލް"އިން  މިއަދު ލޯންޗް ކުރި ބޮޑީި ވޮޝް-- ފޮޓޯ: ކޫލް އެންޑް ކޫލް

"ކޫލް އެންޑް ކޫލް"އިން މިއަދު ލޯންޗް ކުރި ބޮޑީި ވޮޝް-- ފޮޓޯ: ކޫލް އެންޑް ކޫލް

މި ޕްރޮޑަކްޓްތައް ލޯންޗު ކުރުމަަށް ބޭއްވި ރަސްމިއްޔާތުގައި ލިލީގެ މާކެޓިން މެނޭޖާ މުހައްމަދު ތަސްލީމް ވިދާޅުވީ އެ ކުންފުނިން ލޯންޗު ކުރި "ކޫލް އެންޑް ކޫލް" ބްރޭންޑުގެ ތިން ޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރަނީ ޔޫއޭއީ އާއި ޖަރުމަންވިލާތުން ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި މި ޕްރޮޑަކްޓްތަކަށް ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ތަސްލީމް ވިދާޅުވި އެވެ.

"ކޫލް އެންޑް ކޫލް މި ބްރޭންޑަކީ ރާއްޖެ އަށް 2014 ވަނަ އަހަރު އައި ބްރޭންޑް. މިއަދު އަޅުގަނޑުމެން ތައާރަފު ކުރި ތިން ޕްރޮޑަކްޓަކީ ވެސް ޖާމަނީ އާއި ޔޫއޭއީން އުފައްދާ ޕްރޮޑަކްޓްތަކެއް. އަޅުގަނޑުމެން މި ޕްރޮޑަކްޓްތައް ޕްރޮމޯޓް ކުރުމަށް ޕްރޮމޯޝަންތައް ވެސް ބާއްވާނަން،" ތަސްލީމް ވިދާޅުވި އެވެ.

"ކޫލް އެންޑް ކޫލް"އިން  މިއަދު ލޯންޗު ކުރި ހޭންޑް ވޮޝް-- ފޮޓޯ: ކޫލް އެންޑް ކޫލް

"ކޫލް އެންޑް ކޫލް"އިން މިއަދު ލޯންޗު ކުރި ހޭންޑް ވޮޝް-- ފޮޓޯ: ކޫލް އެންޑް ކޫލް

ލިލީ އިންޓަނޭޝަނަލުން ލޯންޗް ކޮށްފައިވާ ތިން ޕްރޮޑަކްޓަކީ ވެސް ދުނިޔޭގެ މާކެޓުގައި މަގުބޫލް ތިން ޕްރޮޑަކްޓެކެވެ. އަދި ހާއްސަކޮށް މިއަދު ލޯންޗު ކުރި ހޭންޑް ސެނިޓައިޒާ އަކީ މާކެޓުގައި އެންމެ ކުރީގައި އުޅޭ ސެނިޓައިޒާ އެވެ.

"ކޫލް އެންޑް ކޫލް" ބްރޭންޑް ރާއްޖެ އަށް 2014 ވަނަ އަހަރު ތައާރަފު ކޮށްފައިވާއިރު ރާއްޖޭގައި ވަނީ މި ބްރޭންޑްގެ ތަފާތު ޕްރޮޑަކްޓްތައް ލޯންޗުކޮށްފަ އެވެ.

"ކޫލް އެންޑް ކޫލް" އަކީ 1992 ވަނަ އަހަރު ދުނިޔޭގެ ބާޒާރަށް އައި ބްރޭންޑެކެވެ. މި ބްރޭންޑަކީ ޔޫއޭއީގެ ބްރޭންޑެކެވެ.