01 ޖޫން 2019
ފިތުރު އީދު ނަމާދުގެ ޖަމާއަތް ވީހާވެސް ބޮޑުކުރުމަށް މިފަހަރު ވެސް މާލޭގައި އީދު ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމްގައި ކަމަށް އިސްލީމިކް މިނިސްޓްރީން ބުނެފި އެވެ.
ފިތުރު އީދު ނަމާދުގެ ޖަމާއަތް ވީހާވެސް ބޮޑުކުރުމަށް މިފަހަރު ވެސް މާލޭގައި އީދު ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމްގައި ކަމަށް އިސްލީމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިިނިސްޓްރީން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޑެޕިއުޓީ މިނިސްޓަރު އަހްމަދުﷲ ޖަމީލް ވިދާޅުވީ ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން މިފަހަރު ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސަމުން އަންނަ ކަމަށެވެ.
އެގޮތުން ހަމަޖައްސާފައިވާ އިންތިޒާމްތަކާ އެއްގޮތަށް މީހުން ތަރުތީބުކުރަން އޮފިޝަލުން ތިބޭ އިރު ބަންގްލަދޭޝް މީހުން ވެސް އޮފިޝަލުންގެ ގޮތުގައި ތިބޭނެ އެވެ. އެއީ އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން އީދު ނަމާދަށް ދާނެތީ އެމީހުންގެ ކަންތައް ހަމަޖެއްސުމަށެވެ.
އަހުމަދުﷲ ވިދާޅުވީ އީދު ނަމާދަށް ދާ މީހުން އެ ސަރަހައްދަށް ކުނިނޭޅުމަށް ބާރު އެޅުމުގެ ގޮތުން މިފަހަރު އެތަނުގައި ޑަސްބިންތައް ވެސް ބަހައްޓާނެ ކަަމަށެވެ.
ފުލުހުން ބުނީ އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ދާ މީހުންގެ ވެހިކަލްތަކުން މަގުތައް ތޮއްޖެހުމުގެ މައްސަލަ ކުރީ ފަހަރުތަކުގައި ފާހަގަވެފައި ވާތީ ވެހިކަލް ޕާކް ކުރަން ސްޓޭޑިއަމްގެ ވެލި ދަނޑު ހަމަަޖައްސާފައިވާ ކަމަށެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ސްޓޭޑިއަމްގައި ބާއްވަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. މާޅޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ހުސް ބިންތަކުގައި، އީދު ނަމާދުގެ ބޮޑު ޖަމާއަތް ހަދަ އެވެ.
އީދު ނަމާދުގެ ބޮޑު ޖަމާއަތް މާފަންނު ސްޓޭޑިއަމްގައި
މި ފަހަރު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު އޮންނާނެ
ރާއްޖެއަށް ވެސް މާދަމާއަކީ އީދު ދުވަސް
އީދު ނަމާދު ވަގުތަށް މާލޭގެ ޓްރެފިކަށް ބަދަލު ގެންނަނީ
މާލޭގައި އީދު ނަމާދުގެ ބޮޑު ޖަމާއަތެއް ނޯންނާނެ
މާދަމާ އަކީ ފަހު ރޯދަ، އީދަކީ އާދިއްތަ ދުވަސް
އީދު ނަމާދު ކުރާނީ ގޭގައި: އިސްލާމިކް މިނިސްޓްރީ
އީދު މުބާރަކު، މާދަމާ އަކީ ފިތުރު އީދު
"އީދު ކުރަން އެންގީ ލަންކާގައި އުޅޭ ދިވެހިންނަށް"
މާދަމާ އަކީ ފިތުރު އީދު ދުވަސް