31 މެއި 2019
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް އަހަރަކު 1.6 ބިލިއަން ރުފިޔާ ހޭދަކުރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް އަހަރަކު 1.6 ބިލިއަން ރުފިޔާ ހޭދަކުރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެޗްޕީއޭއިން ނެރުނު ރިޕޯޓުގައި ބުނިގޮތުގައި ރާއްޖެ އަށް އެވްރެޖްކޮށް އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު ހުރީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް ބުންޏެވެ.
ރާއްޖޭގައި އަހަރަކު ގާތްގަނޑަކަށް 84 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުންނެވެ. އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް އެންމެ ގިނައިން ހަރަދުކޮށްފައިވާ ހަތް ބައްޔަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުން ހުރި ބަލިތަކެކެވެ. އޭގެ ތެރޭގައި ފުއްޕާމޭގެ ބަލިތައް ހިމެނެ އެވެ.
އެންމެ ފަހުން 2016-2017 ގައި ހެދި ޑެމޮގްރަފިކް ހެލްތު ސާވޭއިން 15-49 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 42.4 ޕަސެންޓް ފިރިހެން އަދި 2.7 ޕަސެންޓް އަންހެނުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. އޭގެ ކުރިން 2014 ވަނަ އަހަރު ހެދި 13-17 އަހަރާ ދެމެދުގެ ކިޔަވާކުދިންގެ "ގްލޯބަލް ޔޫތު ބޭސް ސްކޫލް ސްޓޫޑެންޓް ބޭސް ސާވޭ" އިން ދައްކާގޮތުގައި ޖުމްލަ 12.3 ޕަސެންޓް ދަރިވަރުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. ފިރިހެން ކުދިންނަށް ބަލާއިރު 17.5 ޕަސެންޓް ފިރިހެން އަދި 6.8 ޕަސެންޓް އަންހެން ދަރިވަރުންނެވެ.
"މި ދިރާސާއިން ފާހަގަވެފައިވާ ނަތީޖާތަކަށް ބަލާއިރު ކުޑަކުދިން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާކަމީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެކެވެ،" ރިޕޯޓުގައި ބުންޏެވެ.
"މިހެންކަމުން، އާއްމު ސިއްހަތަށް ހުރި އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައި ބެލެވިފައިވާ އަދި ސިއްހަތާ ބެހޭ އިދާރާތަކުން ހާއްސަ ސަމާލުކަމެއް ދީގެން ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ އެއް އާދައަކީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ،"
ދުންފަތުގެ އިސްތިއުމާލުކުރުމަކީ އޭގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު 22 ޕަސެންޓް ގުނަ އިތުރުވެގެންދާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު 30 ޕަސެންޓް އިތުރުވެ އެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ބަލިމަޑު ކަމުގައި އުޅެ އަދި ޅައުމުރުގައި މަރުވާން މެދުވެރިވާ ބޮޑެތި ބަލިތަކުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރާއި ފަރުވާއެއް ނެތް ފުއްޕާމޭގެ ބައްޔެއް ކަމުގައިވާ ސީއޯޕީޑީ ހިމެނެ އެވެ. އެއީ ފުއްޕާމޭގައި ދޮހާއި ދަވަ ހެދުމުގެ ސަބަބުން ނޭވާލާން ދަތިވާ ހާލަތަކަށްދާ ބައްޔެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ ފަސް މީހުންކުރެ އެކަކަށް ފުއްޕާމޭގެ އެފަދަ ބަލިތައް ޖެހޭއިރު، ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުންފަތުގެ ސަބަބުން ކޮންމެ ހަތަރު ސިކުންތަކުން މީހަކު މަރުވެ އެވެ. އަހަރެއްގެ މައްޗަށް އަށް މިލިއަން މީހުން މަރުވެ އެވެ. އޭގެ ތެރެއިން ދުންފަތުން ނުސީދާ ދުމުގެ އަސަރުކޮށްގެން އެއް މިލިއަން މީހުން މަރުވާކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ.
ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައި ވަރުގަދަ ކެމްޕޭނެއް
ދުންފަތުން ރާއްޖޭގައި އަހަރަކު 150 މަރު!
ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގައި!
އާބާދީގެ 23 ޕަސެންޓް ދުންފަތުގެ އިސްތިއުމާލު ކުރޭ
ދުންފަތް ބޭނުންކުރުމުގެ ސަގާފަތް ބަދަލުވެ މާ ނުރައްކާ!
މިއީ ދުންފަތަށް ނޫނެކޭ ބުނާ ދުވަހަކަށް ހަދަމާ: ރައީސް
އާ ސަރުކާރުގެ ދުންފަތާ ދެކޮޅު ހަނގުރާމަ ވަރުގަދަ!
ވަކި ސިނގިރޭޓް ވިއްކުން ތިން މަސް ފަހުން މަނާ!
ދުންފަތާ ދެކޮޅު މަސައްކަތަށް ގޮންޖެހުން ގިނަ:މިނިސްޓަރު
ރާއްޖޭގައި ވޭޕް މަނާކުރާ ބިލް ތަސްދީގުކޮށްފި