31 މެއި 2019
ރާއްޖެ އަކީ ދުޅަހެޔޮ ބަޔަކު އުޅޭ ގައުމަކަށް ހެދުމަށްޓަކައި މިއަދަކީ ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަކަށް ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.
ރާއްޖެ އަކީ ދުޅަހެޔޮ ބަޔަކު އުޅޭ ގައުމަކަށް ހެދުމަށްޓަކައި މިއަދަކީ ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަކަށް ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިއަދު ނެރުއްވި ހިތާބެއް ގައި ރައީސް ވިދާޅުވީ، ރައްޔިތުން ދުންފަތާ ދުރުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި، މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް ކަމަށެވެ. އެއީ މި އަހަރުގެ ޖެނުއަރީ 31 ގައި ގެޒެޓްކުރި "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ގަވާއިދު" އަށް މިއަދު އަމަލުކުރަން ފަށާފައިވާތީ އެވެ.
އެ ގަވައިދުގައި، ވަކި ސިނގިރޭޓު ވިއްކުން މަނާވުމާއި އިންޒާރުގެ ފޮޓޯ ޖަހައިގެން ނޫނީ، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާވުން ހިމެނެ އެވެ. އެކަމަކު މިއަދު ތަންފީޒުކުރަން ފަށާފައިވަނީ ވަކި ސިނގިރޭޓު ވިއްކުމާބެހޭ ބަޔަށެވެ. ސިނގިރޭޓު ފޮށީގެ އިންޒާރުގެ ފޮޓޯ ޖަހަން ފަށާނީ އަންނަ ޖުލައި 31 ން ފެށިގެންނެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު އިފްތިތާހު ކުރަން މިދިޔަ ޖެނުއަރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (މ) އަދި ހެލްތު މިނިސްޓަރު އަމީން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރައީސް ވަނީ އެ ގަވާއިދަށް ފުރިހަމައަށް އަމަލުކުރަން އެދިވަޑައިގެންފަ އެވެ. އަދި މުޅި މުޖުތަމައުގެ މަސްލަހަތަށްޓަކައި ހަދާފައިވާ ގާނޫނާއި ގަވައިދުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރަން ވެސް ގޮވާލައްވާފައި ވެ އެވެ.
“މި ދެންނެވި ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަކީ، ތިޔައިން ކޮންމެ ރައްޔިތެއްގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް، އުފެއްދުންތެރި އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ،”ރައީސްގެ ހިތޯބުގައި ވެ އެވެ.
އެމަނިކުފާނު ވަނީ ދުންފަތުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން ފަރުދީ ފެންވަރުގައި މަސައްކަތް ކުރަން ވެސް އިލްތިމާސް ކުރައްވައިފަ އެވެ.
"ދުންފަތުގެ ވަބާއިން މިންޖުވެފައިވާ، ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެއް އުޅޭ ޖަޒީރާ ރާއްޖެއަކަށް މި ގައުމު ހެދުމަށްޓަކައި، މިއަދަކީ އަޅުގަނޑުމެން ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަކަށް ހަދަމާތޯ އެވެ،" ރައީސް ވިދާޅުވި އެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި އެމަނިކުފާނު ވިދާޅުވީ، ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގައި، ކޮންމެ އަހަރަކު ވެސް ހަތް މިލިއަނަށް ވުރެ ގިނަ މީހުން މަރުވާ ކަމަށެވެ. އޭގެ ތެރެއިން، 890،000 އަށް ވުރެ ގިނަ މީހުންނަކީ، އެހެން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ފަހު، ދޫކުރާ ދުމުގެ ސަބަބުން، ޖެހޭ ބަލިތަކުގައި މަރުވާ މީހުންނެވެ.
"ރާއްޖޭގައި ވެސް މިހާރު އެންމެ ގިނަ ބަޔަކު ބަލިމަޑުކަމުގައި އުޅެ، ނުއުމުރުގައި (ޕްރިމެޗުއަރކޮށް) މަރުވެގެންދާ ބޮޑެތި ބަލިތަކުގެ ތެރޭގައި، ފުއްޕާމޭގެ ކެންސަރާއި، މިހާތަނަށް ފަރުވާއެއް ހޯދިފައި ނެތް، ފުއްޕާމޭގެ ބައްޔެއް ކަމަށްވާ ސީ.އޯޕީޑީ (ފުއްޕާމޭގައި ދޮހާއި ދަވަ ހެދުމުގެ ސަބަބުން، ވޭންދެނިވި ގޮތަކަށް އާންމުކޮށް ކެއްސުމާއި، ވަރަށް އުނދަގުލުން ނޫނީ ނޭވާ ނުލެވުން މެދުވެރިވާ ބައްޔެއް) ހިމެނެ އެވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
"ދުންފަތާ ދެކޮޅު ކަންތަކުން ހެޔޮ ނަތީޖާ އަންނާނެ"
ވަކި ސިނގިރޭޓް ވިއްކުން ތިން މަސް ފަހުން މަނާ!
އާސަންދައިގެ ބޮޑު ހޭދައެއް ދުންފަތާ ގުޅޭ ބަލިތަކަށް!
ވަކި ސިނގިރެޓް ނުވިއްކޭ ގަވާއިދު ލަސްވާތީ ކަންބޮޑުވުން
ގައިންގަޔަށް ނާރާ ބަލިތައް ގުޅިފައިވަނީ ދުންފަތާ:ރައީސް
އާބާދީގެ 23 ޕަސެންޓް ދުންފަތުގެ އިސްތިއުމާލު ކުރޭ
ދުންފަތް ބޭނުންކުރުމުގެ ސަގާފަތް ބަދަލުވެ މާ ނުރައްކާ!
ޑިއުޓީއާ އެކު ދުންފަތުގެ އަގު ބޮޑުވެއްޖެ
އެމެރިކާގައި ސިނގިރެޓް ވިއްކާ އުމުރު 21 އަށް
އިންޒާރުގެ މަންޒަރު ނުޖަހައި ދުންފަތް އެތެރެކުރުން މަނާ