ދ. ކުޑަހުވަދޫގައި ހުންނަ މީރާގެ އޮފީހުގެ ތިޖޫރީގައި ހުރި 62،393ރ. ގެ ހަތަރު ޗެކާއި އިތުރު ފައިސާތަކެއް ވަގަށް ނަގައިފި އެވެ.
30 މެއި 2019
ދ. ކުޑަހުވަދޫގައި ހުންނަ މީރާގެ އޮފީހުގެ ތިޖޫރީގައި ހުރި 62،393ރ. ގެ ހަތަރު ޗެކާއި އިތުރު ފައިސާތަކެއް ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ މީރާގެ އޮފީސް ފަޅާލައިގެން ތިޖޫރި ވަގަށް ނެގި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:30 ހާއިރު ކަމަށެވެ.
އެ ތިޖޫރީގައި 1،500ރ. އާއި 100 ޑޮލަރާއި 4،682 ރެވެނިއު ސްޓޭމްޕާއި އަހަރީ ފީގެ 50 ސްޓިކާ ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، ހަތަރު ޗެކްގައި ހިމެނޭ ފައިސާގެ އަދަދު 249،672ރ. އަށް އަރާނެ އެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
މި ރޯދަ މަހުގެ ތެރޭގައި މާލެ އާއި ބައެއް ރަށްރަށުގައި ވައްކަމާއި ފޭރުމުގެ ގިނަ ޖަރީމާތަކެއް ވަނީ ހިންގައިފަ އެވެ. އެގޮތުން، ހުޅުމާލޭގައި ހުންނަ ސިޓީ އޮންލައިން އޭޝިއާ ކައިރިން ދިޔަ މީހެއްގެ އަތުން އިއްޔެ ރޭ 15،000 ޑޮލަރާއި 150،000ރ. ވަނީ ފޭރިގެންފަ އެވެ. އެ ފައިސާތައް ފޭރިގަތީ ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ވިިޔަސް، އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ހުޅުމާލޭގައި ދާދި ފަހުން އާދަޔާ ޚިލާފަށް ބޮޑެތި އަދަދުތަކުން ފޭރުން ވަރަށް ބޮޑަށް އާންމުވި އެވެ. މި ފަހުން ފޭރުނީ އެފަދަ ކަމެއް އެތަނުގައި ނުހިނގާތާ ދުވަސްކޮޅެއް ފަހުންނެވެ.
އެންސިސްގެ ދެ މިލިއަން ރުފިޔާ ހުޅުމާލެ އިން ފޭރިގެންފި
ބޮޑު ފޭރުމާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
މީހެއްގެ ގަޔަށް ކުލަ އެޅި މައްސަލަ ފުލުހުން ބަލަނީ
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދައިފި
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް