29 މެއި 2019
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށް މި އަހަރުގެ މިހާތަނަށް ހަރަދު ކޮށްފައިވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރުގެ އެންމެ 10 ޕަސެންޓްކަން ހާމަވެއްޖެ އެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށް މި އަހަރުގެ މިހާތަނަށް ހަރަދު ކޮށްފައިވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރުގެ އެންމެ 10 ޕަސެންޓްކަން ހާމަވެއްޖެ އެވެ.
ޕީއެސްއައިޕީގެ މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓުގައި ވަނީ ހަތް ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ ރިޕޯޓްތައް ދައްކާ ގޮތުގައި ފަސް މަސް ތެރޭގައި މި މަޝްރޫއުތަކަށް ހަރަދު ކުރެވިފައިވަނީ އެންމެ 7.1 މިލިއަން ރުފިޔާ އެވެ.
މި އަހަރަށް ފާސް ކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރެއިން ލޭންޑް އެންޑް ބިލްޑިން އަށް 1.9 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައި ވާއިރު ފަސް މަސް ތެރޭ ހަރަދުކުރީ އޭގެ ތެރެއިން 1.5 މިލިއަން ރުފިޔާ އެވެ.
މަގުތަކާއި ބުރިޖާއި އެއާޕޯޓުތަކަށް 2.2 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައި ވާއިރު މި މުއްދަތުގެ ތެރޭގައި ހަރަދު ކޮށްފައި ވަނީ 3.6 މިލިއަން ރުފިޔާ އެވެ.
ބަޖެޓުގެ 23.4 ޕަސެންޓް ކަނޑައަޅާފައި ވަނީ ޕީއެސްއައިޕީގެ މަޝްރޫއުތަކަށެވެ. މި ފައިސާ 702 މަޝްރޫއަކަށް ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މިއަހަރު ފެށުނު އިރު ވެސް ހިނގަމުންދާ 315 މަޝްރޫއަކާއި ލަފާ ކުރެވޭ 387 މަޝްރޫއެކެވެ.
މީގެ ތެރެއިން އަހަރު ފެށުނު އިރު ކުރިއަށް ދާ މަޝްރޫއުތަކަށް 4.6 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓުން ވަނީ ފާސްކޮށްފަ އެވެ. އަދި 2.4 ބިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ.
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
ހަ މަސް ވެއްޖެ، ސަރުކާރުގެ ދުވެލި ކިހިނެއް؟
އިބޫގެ ފުރަތަމަ އަހަރު ވެސް ބޮޑެތި މަޝްރޫއުތަކެއް
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
އަންނަ އަހަރު ބޯހިޔާވަހިކަމަށް 4.8 ބިލިއަން ރުފިޔާ
31 ބިލިއަންގެ މަޝްރޫއު ހިންގަން ލިބުނީ 5 ބިލިއަން
ބޮޑެތި މަޝްރޫއުތަކަށް ކުރި ހޭދަ ދަށަށް!
"ބަޖެޓު ކުރި 672 ޕްރޮޖެކްޓަށް ހަރަދު ނުހިނގާ"
ކެޕިޓަލް ހަރަދު 1.5 ބިލިއަން ރުފިޔާ ދަށް
5މިލިއަނަށް ވުރެ ބޮޑު ބީލަންތައް "ބީލަން ޕޯޓަލް"އަށް