05 ސެޕްޓެމްބަރ 2016
ތަފާތު ގިނަ އުފެއްދުންތަކާ އެކު ކޮންމެ އަހަރަކު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒު، ހޮޓެލް އޭޝިއާ އެގްޒިބިޝަން މިއަދު ދަރުބާރުގޭގައި ފަށައިފި އެވެ.
ތަފާތު ގިނަ އުފެއްދުންތަކާ އެކު ކޮންމެ އަހަރަކު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒު، ހޮޓެލް އޭޝިއާ އެގްޒިބިޝަން މިއަދު ދަރުބާރުގޭގައި ފަށައިފި އެވެ.
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް އިން އިންތިޒާމްކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ފެއާގައި ރާއްޖެ އާއި ބޭރުގެ އެކި ގައުމުތަކުގެ 175 ފަރާތަކުން ބައިވެރިވެ އެވެ. މިއީ މި ފެއާ ކުރިޔަށް ގެންދާ 12 ވަނަ އަހަރެވެ.
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ފެއާ ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއީ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ތަފާތު އުފެއްދުންތައް ވިއްކަން ރާއްޖޭގެ އެކި ފަރާތްތަކާއި ބޭރުގެ ފަރާތްތަކަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ސްޓޯލެއްގައި ހުރި ޖޫހުގެ އުފެއްދުމެއް ޓޫރިޒަމް މިނިސްޓަރަށް ދައްކާލަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
"މިފަދަ ފެއާތައް ބޭއްވުމަކީ ވަރަށް މުހިން ކަމެއް. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފާހަގަކުރެވިފައި ވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި. އެހެންކަމުން އިންޑަސްޓްރީގެ ކުރިއެރުމަށް އާ އުފެއްދުންތަކާއި ޓެކްނޮލޮޖީ ވަރަށް ބޮޑަށް ބޭނުންވެފައިވޭ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ފެއާއާ އެކު ކުރިޔަށްގެންދާ ކަލިނަރީ ޗެލެންޖް ފަދަ ބައިނަލްއަގުވާމީ ހަރަކާތްތަކުން ރާއްޖެ ވަރަށް ބޮޑަށް އިސްތިހާރުވެގެންދާނެ ކަމަށެވެ.
"ޓޫރިޒަމް އިންޑަސްޓްރީ މިއަންނަނީ ވަރަށް ބޮޑަށް ބަދަލުވަމުން. އަދި ސަރުކާރުން ވެސް މިދަނީ އިންޑަސްޓްރީ ފުޅާކުރުމަށް މަސައްކަތްކުރަމުން. އެގޮތުން ވައުދާ އެއްގޮތަށް ކޮންމެ އަހަރަކު ވެސް އާ ރިސޯޓްތަކެއް އެބަ ހުޅުވާ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާ ރިސޯޓްތައް ހުޅުވުމާ އެކު ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެންދާނެ ކަމަށެވެ. އަދި އެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ނެރެން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒުގެ ސްޓޯލެއް: މިތަނުގައި އެކި ބާވަތްތަކުގެ އުފެއްދުންތައް ދައްކާލަން ބަހައްޓާފައިވޭ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
ފެއާ ކުރިޔަށްދާއިރު ކެއްކުމުގެ ތަފާތު ހުނަރު ދައްކައިދޭ މުބާރާތަކާއި ހާއްސަ ސެމިނާތަކެއް ވެސް ކުރިޔަށް ގެންދެ އެވެ. އޭގެ އިތުރުން މައުލޫމާތު ދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކާއި ކަމާ ގުޅޭ ތަޖުރިބާކާރުން ހިމެނޭ ހާއްސަ ޕެނަލެއް ވެސް ހަރަކާތްތެރިވެ އެވެ.
މިފަހަރުގެ ހޮޓެލް އޭޝިއާ ފެއާގައި ރިސޯޓްތަކުގެ ކޮޓަރިތަކަށް ބޭނުންވާ ތަފާތު ސާމާނާއި ލޯންޑްރީ، އެއާކަންޑިޝަނިން، ސާފުތާހިރުކޮށް ބެލެހެއްޓުމާ ގުޅޭ ސާމާނާއި ކޭޓަރިންއަށް ބޭނުންވާ ސާމާނު ވެސް ދައްކާލަން ބަހައްޓާފައިވެ އެވެ. އޭގެ އިތުރުން ބަގީޗާ ހެއްދުމާ ގުޅޭ ސާމާނާއި ތަފާތު އެކި ވައްތަރުގެ ފަރުނީޗަރާއި ކުނި ނައްތާލަން ބޭނުންކުރާ ސާމާނާއި ޒަމާނީ ސެކިއުރިޓީ ސިސްޓަމްތައް ވެސް އެބަ ހުއްޓެވެ.
ފެއާގައި ހިމެނޭ ކަލިނަރީ ޗެލެންޖްގައި 75 ތަނަކުން 500 އެއްހާ ކައްކާއިން ވާދަކުރެ އެވެ.
ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ސްޓޯލެއްގައި ހުރި ފަރުނީޗަރުތަކެއް --ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
"ކެއްކުމުގެ ހުނަރު ދެއްކުމުގެ ޝޯގެ އެންމެ ބޮޑު ބޭނުމަކީ އިންޑަސްޓްރީއަށް ބޭނުންވާ ތަފާތު ކާބޯތަކެތި ސަޕްލައި ކޮށްދޭ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުން. އަދި މި ފެއާގެ ވެސް އެންމެ ބޮޑު ބޭނުމަކީ އިންޑަސްޓްރީއަށް ބޭނުންވާ ތަފާތު އެކި ބާވަތްތައް އުފައްދާ އަދި ސަޕްލައިކުރާ ފަރާތްތަކާއި އިންޑަސްޓްރީއާ ގުޅުވައިދިނުން. މިތަނަކީ އެއް ފުރާޅެއްގެ ދަށުން ގިނަ ބާވަތްތައް ލިބޭނެ ތަނެއް،" މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސްގެ ސީއީއޯ އާސިމް މުހުތާރު ވިދާޅުވި އެވެ.
އެ ފެއާގައި މޭވާގެ ބާވަތްތައް ވިއްކާ ސްޓޯލެއްގައި ހުރި މެލޭޝިއާ މީހަކު ބުނީ ރާއްޖެއަށް ތަފާތު އެކި ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ގިނަ އަދަދަކަށް އެކްސްޕޯޓްކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ މެލޭޝިއާގައި ފުޅާ ދާއިރާއެއްގައި މޭވާ އާއި ތަރުކާރީ ހައްދާ ސަޕްލައިކުރާ ބައެއް. މި ފެއާގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އިތުރު މާކެޓްތައް ހޯދުން،" އޭނާ ބުންޏެވެ.
ހޮޓެލް އޭޝިއާ ފެއާގެ ސްޓޯލަކުން މީހަކަށް އައިސްކްރީމް ދެނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
ގިނަ އަދަދެއްގެ ކާބޯތަކެތި އުފައްދައި، ސަޕްލައިކުރާ ސްރީ ލަންކާގެ ކުންފުންޏެއްގެ އޮފިޝަލަކު ބުނީ ރާއްޖެއަކީ އެ ކުންފުނީގެ ވަރަށް ބޮޑު މާކެޓެއް ކަމަށެވެ. އަދި ރާއްޖޭގައި ބާއްވާ މިކަހަލަ ވަރަށް ގިނަ ފެއާތަކުގައި ބައިވެރިވެގެން ވަރަށް ގިނަ ކަސްޓަމަރުން ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުސަތެއް. މިތަނަށް ޒިޔާރަތްކުރާނެ އެކި ރިސޯޓްތަކުގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިން ގިނަ އަދަދަކަށް. އޭގެ ސަބަބުން އަޅުގަނޑުމެން ދޭން ބޭނުންވާ ހުރިހާ މައުލޫމާތެއް ސީދާ ލިބިގެންދާނެ،" އޭނާ ބުންޏެވެ.
ހޮޓެލް އޭޝިއާ ފެއާއަށް ދިން ދަރުބާރުގެ އަތުލައިފި
ހޮޓެލް އޭޝިއާ ފެއާ 175 ބައިވެރިންނާއެކު ފަށައިފި
ޓޫރިޒަމަށް ޕްރޮމޯޓްކުރަން ހާއްސަ މަސައްކަތްތަކެއް
ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމަށް ވަނުން ރަނގަޅެއް ނޫން
އައިޓީބީއާ ގުޅިގެން ފޮރިންގެ އިސް ނެގުމަށް ތައުރީފު
ޒަމީރަށް އޮތް ޔަގީންކަމަކީ ޕްރޮޖެކްޓްތައް އަވަސްވާނެކަން
ޑަބްލިއުޓީއެމްގައި ރާއްޖޭގެ 181 މަންދޫބުން ބައިވެރިވެއްޖެ
ޕޮޒިޓިވްވި ގިނަ މީހުންނަކީ އިޓަލީގެ ޓޫރިސްޓުން
ފުވައްމުލަކުގައި 500 ކޮޓަރީގެ ސިޓީ ހޮޓަލެއް އަޅަނީ
އެފްރިކާ އިން ގަމަށް ނޮވެމްބަރު މަހު ދަތުރުތައް ފަށަނީ