Roadha Mihaaru
ކޮކޯ ޝީކުން އިންސްޓޯލްމަންޓް ޕްލޭނެއް ތައާރަފުކޮށްފި

ކޮކޯ ޝީކުން އިންސްޓޯލްމަންޓް ޕްލޭނެއް ތައާރަފުކޮށްފި

27 މެއި 2019

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބިއުޓީ ޓްރީމަންޓްގެ ހިދުމަތް ދެމުން އަންނަ ކޯކޯ ޝީކުން "ޓްރީޓްސް އިން ބިޓްސް"ގެ ނަމުގައި އިންސްޓޯލްމަންޓް ޕްލޭނެއް ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބިއުޓީ ޓްރީމަންޓްގެ ހިދުމަތް ދެމުން އަންނަ ކޯކޯ ޝީކުން "ޓްރީޓްސް އިން ބިޓްސް"ގެ ނަމުގައި އިންސްޓޯލްމަންޓް ޕްލޭނެއް ތައާރަފުކޮށްފި އެވެ.

ކޮކޯ ޝީކްގެ މި ޕްލޭނުގެ ދަށުން 2،500ރ އިން މަތީގެ ކޮންމެ ޕްލޭނަކަށް ތިން އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ. މީގެ ތެރޭގައި ސްޕާގެ ހިދުމަތާއި ސެލޯންގެ އިތުރުން ސްކިން ކެއާގެ ހިދުމަތް ހިމެނެ އެވެ.

ކޮކޯ ޝީކުން ބުނި ގޮތުގައި މި ސްކީމްގެ ދަށުން ކަސްޓަމަރުން ބޭނުންވާ އެހެން ހިދުމަތްތައް ވެސް ޕްލޭންގެ ތެރެއަށް އެޑްކޮށްލެވޭނެ އެވެ. އަދި އެ ހިދުމަތްތަކަށް ވަގުތުން ފައިސާ ނުދެއްކޭ ފަރާތްތަކަށް ތިން ދުވަހުން ފައިސާ ދައްކާލެވޭނެ ކަމަށް ވެސް ކޮކޯ ޝީކުން ބުންޏެވެ.

ކޮކޯ ޝީކުގެ ޕްރައިވެޓް އަދި ބްރައިޑަލް ރޫމްތައް-- ފޮޓޯ:ކޮކޯ ޝީކް

ކޮކޯ ޝީކުގެ ޕްރައިވެޓް އަދި ބްރައިޑަލް ރޫމްތައް-- ފޮޓޯ:ކޮކޯ ޝީކް

މި ސްކީމުގެ ދަށުން ފުރަތަމަ ފަހަރަށް ޕޭމަންޓުގެ 50 ޕަސެންޓު ދައްކާލެވޭއިރު ބާކީ ޕޭމަންޓް 25 ޕަސެންޓް 25 ޕަސެންޓަށް ބަހާލެވެ އެވެ. ނުވަތަ ދެ ފަހަރު މަތިން ދައްކާލެވޭ ގޮތަށް ވެސް ހަމަޖައްސައިދެ އެވެ.

ކޮކޯ ޝީކުން ބުނީ މިފަދަ ޕްލޭނެއް ތައާރަފުކުރީ ކަސްޓަމަރުންނަށް ފަސޭހައިން ޓްރީޓްމަންޓްތައް ހެދުމުގެ ފުރުސަތު ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ކޮކޯ ޝީކުގެ މެނިކިޔޯ އަދި ޕެޑިކިޔޯއަށް ހާއްސަ ފްލޯ -- ފޮޓޯ:ކޮކޯ ޝީކް

ކޮކޯ ޝީކުގެ މެނިކިޔޯ އަދި ޕެޑިކިޔޯއަށް ހާއްސަ ފްލޯ -- ފޮޓޯ:ކޮކޯ ޝީކް

ކޮކޯ ޝީކުން އަންނަނީ ހަށިގަނޑުގެ އާދައިގެ ރިހުންތަކަށް ކްރަޔޯތެރަޕީގެ ފަރުވާދޭން ވެސް ތައްޔާރުވަމުންނެވެ. މި ހިދުމަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އަންނަ ބުރާސްފަތި ދުވަހު ސެޝަނެއް ބާއްވަން ކޮކޯ ޝީކުން ވަނީ ނިންމައިފަ އެވެ.

ކޮކޯ ޝީކުން ބާއްވާ މި ސެޝަނުގައި ތަފާތު ދާއިރާތަކުން ތަޖުރިބާކާރުން މައުލޫމާތު ދޭއިރު ލޭޒާ ހެއާ ރިމޫވަލް އާއި ވޮޓް ރިމޫވަލްގެ އިތުރުން ބެލެންސާގެ ހިދުމަތާ ގުޅޭ ގޮތުން ވެސް ބައިވެރިންނާ މައުލޫމާތު ހިއްސާ ކުރާނެ އެވެ.

މި ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކޮކޯ ޝީކްގެ ނަންބަރު 7950077 އަށް ގުޅުމަށް ފަހު ނަން ނޯޓު ކުރަން ޖެހެ އެވެ.