Roadha Mihaaru
ކޮކޯ ޝީކް އިން "ހައިޑްރާ ފޭޝަލް" ތައާރަފްކުރަނީ

ކޮކޯ ޝީކް އިން "ހައިޑްރާ ފޭޝަލް" ތައާރަފްކުރަނީ

14 ފެބުރުއަރީ 2019

މޫނުމަތީގެ ހަންގަނޑުގެ ކުލަ އެއްވަރު ނުވެގެން ޝަކުވާކުރާ މީހުންނަށް އުފާވެރި މިއީ އުފާވެރި ޚަބަރެކެވެ. މޫނުމަތީގައި ހުންނަ ލައް ފަދަ އެއްޗެހި ނައްތާލަން ބޭނުންވާ މީހުންނަށް ވެސް މިއީ ހިތްހަމަޖެހުމެކެވެ. އެއީ، މާލެއިން "ހައިޑްރާ ފޭޝަލް" ގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހުނީތީ އެވެ.

ނޫރާ ރަޝީދު ނޫރާ ރަޝީދު

މޫނުމަތީގެ ހަންގަނޑުގެ ކުލަ އެއްވަރު ނުވެގެން ޝަކުވާކުރާ މީހުންނަށް އުފާވެރި މިއީ އުފާވެރި ޚަބަރެކެވެ. މޫނުމަތީގައި ހުންނަ ލައް ފަދަ އެއްޗެހި ނައްތާލަން ބޭނުންވާ މީހުންނަށް ވެސް މިއީ ހިތްހަމަޖެހުމެކެވެ. އެއީ، މާލެއިން "ހައިޑްރާ ފޭޝަލް" ގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހުނީތީ އެވެ.

"ހައިޑްރާ ފޭޝަލް"ގެ ހިދުމަތް ދޭން ފަށަނީ ވެލާނާގެ ކައިރީގައި ހުންނަ ޔުނިސެކްސް ސެލޫނެއް ކަމަށްވާ ކޮކޯ ޝީކް އިން ނެވެ. ފުރަތަމަ ފަހަރަށް މާލެއިން މިހިދުމަތްދޭން ކޮކޯ ޝީކުން ފަށަނީ "ހައިޑްރާ ފޭޝަލް"ގެ ދިއްލީ ޑިސްޓްރިބިއުޓާ އިން ދޭ ހާއްސަ ތަމްރީނުތަކަކަށް ފަހު އެވެ.

މި ހަފުތާ ބަންދުގައި ކޮކޯ ޝީކުގައި ޓްރެއިނިންތައް ބޭއްވުމަށް ފަހު، އާދިއްތަ ދުވަހުން ފެށިގެން ހިދުމަތް ދޭން ފަށާނެ އެވެ. "ހައިޑްރާ ފޭޝަލް" ހަދަން އެންމެ ފުރަތަމަ ބުކިން ހައްދާ ހަތަރު ކަސްޓަމަރުންނަށް ހިލޭ ހިދުމަތް ދޭނެ އެވެ.

ކޮކޯ ޝީކް ސެލޫން

ކޮކޯ ޝީކް ސެލޫން

ހައިޑްރާ ފޭޝަލް ޓްރީޓްމަންޓަށް ފަހު "އަން އީވަން"ކޮށް ހުންނަ ކުލަތައް އެއްކުލަކޮށްދީ، ބްރައުން ސްޕޮޓްތަކާއި، ހަންގަނޑުގެ ޓެކްސްޗާ އެއްވަރުކޮށްދޭނެ އެވެ.

ހައިޑްރާ ފޭޝަލްގެ އިތުރުން ވެސް މި ބާވަތުގެ އެކި ހިދުމަތްތައް މިތަނުން ދެ އެވެ. މިދިޔަ ސެޕްޓެމްބަރު ސޮފްޓް އޯޕަނިންއެއްގައި ހުޅުވައިގެން މިހާރު ވެސް ހިދުމަތްދެމުން އަންނަ މި ސެލޫން މާޗު މަހުގެ ފަހުކޮޅު ރަސްމީކޮށް ހުޅުވައި، ހިދުމަތް އިތުރަށް ފުރިހަމަކުރަން ވަނީ ނިންމައިފަ އެވެ.

ކޮކޯ ޝީކް ސެލޫން

ކޮކޯ ޝީކް ސެލޫން

މިތަނުން ލިބޭ ހުރިހާ ހިދުމަތްތަކަކީ ވެސް އަންހެނުންނާއި ފިރިހެނުންނަށް ވެސް ހާއްސަ ޓްރީޓްމަންޓްތަކެކެވެ.

ހަމުގެ މައްސަލަތަކަށް ހާއްސަ ކްލިނިކެއް ވެސް ސެލޫންގައި ހުންނައިރު މޭކަޕް އަދި އިސްތަށިގަނޑަށް ފަރުވާ ދިނުމާއި ވެކްސިން އަދި ތްރެޑިން ވެސް ހެދޭނެ އެވެ. އަދި އާތްރައިޓިސް ހުންނަ މީހުންނަށް ހާއްސަ "ކްރަޔޯ ތެރަޕީ" އަދި މެނިކިއު، ޕެޑިކިއު ފޯރުކޮށްދޭން އަންނަނީ ތައްޔާރުވަމުންނެވެ. އެ ކްލިނިކުގައި ހާއްސަ ޑާމިޓޮލޮޖިސްޓެއްގެ އިތުރުން ވިޒިޓިން ޑާމިޓޮލޮޖިސްޓެއް ވެސް މަސައްކަތްކުރާނެ އެވެ. "ކްރަޔޯ ތެރަޕީ" އިން "އާތްރައިޓިސް" އަދި "މަސަލް ޕެއިން" ހުންނަ މީހުން ހާއްސަ މެޝިނަކަށް ލުމަށްފަހު ދެތިން މިނެޓަށް ފްރީޒްކޮށްލައި ތަދުފިލުވާލަދެ އެވެ.

އެ މެޝިން ތެރެއަށް އެރެން ބޭނުންނުވާ މީހުންނަށް ވެސް އެ ހިދުމަތް ލިބޭނެ އެވެ. ހިދުމަތްދޭނީ ދާއިރާއިން ތަމްރީނު ހާސިލްކޮށްފައިވާ ޕްރޮފެޝަނަލުންނެވެ.

ކޮކޯ ޝީކް ސެލޫން

ކޮކޯ ޝީކް ސެލޫން

ބޮލުގައި ހަންފޮޅުމުގެ މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް ވެސް މިއީ ހާއްސަ ތަނެކެވެ. ހެއާ އަށް ސެލޫންގެ އެއް ފްލޯ ހާއްސަ އެވެ. "ކޮކޯ ޝީކް ސިގްނޭޗާ ޓްރީމަންޓް" އަކީ ބޮލުގެ ހަންފޮޅުމާއި އިންތަށި ފޭބުމުގެ މައްސަލަ ހުންނަ މީހުން އެންމެ އެކަށީގެންވާ ފަރުވާ އެވެ. ހާއްސަ މެޝިނެއް ބޭނުންކޮށްގެން، ބޮލުގެ ތަލައިގައި ހުންނަ ބެކްޓީރިއާތައް މަރާލައި އަވަސް ނަތީޖާއެއް ދައްކައިދެ އެވެ. ކެމިކަލް ފްރީ މި ޕްރޮޑަކްޓްގެ އާފްޓަ ކެއާ ވެސް ކޮކޯ ޝީކުން ލިބޭނެ އެވެ. އޭގެތެރޭގައި ހާއްސަ ބްރޭންޑްތަކުގެ ޝޭމްޕޫ އާއި ސިރަމް ހިމެނެ އެވެ.

މީގައި، ޖުމްލަ ހަ ޓްރީމަންޓު ނަގަން ޖެހޭއިރު ދެ ޓްރީމަންޓުން ނަތީޖާ ފެންނަ ކަމަށްވެ އެވެ. އޭގެތެރޭގައި ކެރާސްތޭ، ލޯރިއަލް، ޝީ ހިމެނެ އެވެ. އަދި ބަލްމަން ބްރޭންޑް ވެސް ތައާރަފްކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

ބްރައިޑަލް ރޫމާއި ވީއައިޕީ ރޫމެއް ވެސް އެ ސެލޫންގައި ހުންނައިރު އަންހެން އަދި ފިރިހެން ކަސްޓަމަރުންނަށް ވަކިން ބޭނުންކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އާއިލާ އާއި ރައްޓެހިން ހިމެނޭ ބްރައިޑަލް ޕެކޭޖުތަކާއި، ވަކި ދުވަހަކަށް ނަލަ ހެދި ރީތިވާން ބޭނުންވާ މީހުންނަށް ވެސް ހާއްސަ ޕެކޭޖުތަކެއް ބްރައިޑަލް ޕެކޭޖުތަކުގެ ތެރޭގައި ވަނީ ހެޔޮއަގުގައި ހިމަނައިފަ އެވެ.

ކޮކޯ ޝީކުގައި މަސައްކަތްކުރަމުން އަންނަ މީހުންގެ ތެރޭގައި މި ދާއިރާގައި މަސައްކަތްކުރާތާ ސާދަ ވަރަކަށް އަހަރުވެފައިވާ މުވައްޒަފުން ވެސް ހިމެނެ އެވެ. ތަމްރީނު ލިބިފައިވާ ޒުވާން މުވައްޒަފުން ވެސް މަސައްކަތްކުރާނެ އެވެ. އެންމެންގެ ފޭވަރިޓް ރޮޖާ ވެސް އުޅޭނެ އެވެ.